
ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން "ކަނޑުފަޅުން" ދީފައިވާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ބާރުގަބުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިމިފައިވާ ކަމަށާއި، ހުޅުމާލެ 3 ހިއްކާ ނިންމައި އެތަނުން ދޭ ގޯތިތައް ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށް.
40 މިނެޓު ކުރިން - 13:55

މި މަޝްރޫޢަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެއް. މި މަޝްރޫޢުގައި ސޮއިކުރި ފަސް ފަރާތަކީ: މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ހައުސިންގ ޔުނިޓުތަކަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ބިނާކުރެވޭ ތަންތަން.
9 ދުވަސް ކުރިން - 23:50

މަޝްރޫއަށް ބޭނުންވާ އެޑްވާންސް ޕޭމަންޓް ވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނަށް ހަމަޖައްސައިދީފަ. ރައީސް ވިދާޅުވި ގޮތުގައި، ކަރުދާހުގައި ހުންނަ ކުރެހުންތަކުން ނިމުމުގެ ބަދަލުގައި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މި ދައުރުގެ ތެރޭގައި ގޭގެއަށް ވަދެވޭވަރަށް މަސައްކަތް ނިންމައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން.
27 ދުވަސް ކުރިން - 12:43

ރައީސް ވިދާޅުވީ 13 ރަށެއްގެ މަޝްރޫއަށް އެޑްވާންސް ފައިސާ ދީފައިވާ ކަމަށާއި، މާލެ ސަރަހައްދުގެ މަސައްކަތްތައް ޖުލައި މަހު ފެށޭނެ ކަމަށް. އަދި 2028 ގެ މެދާ ހަމައަށް ގިނަ މަޝްރޫއުތައް ނިމޭނެ ކަމަށާއި، އަމާޒަކީ ދައުރުގެ ތެރޭގައި މަސައްކަތް ނިންމައި މީހުން އާބާދުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި.
27 ދުވަސް ކުރިން - 12:43

ތަރުޖަމާނު މުންދު ވިދާޅުވީ، ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށްދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް. ލީސް-ޓު-އޯން މޮޑެލްއަށް ދޫކުރާ މި ފްލެޓްތައް 2028 ގެ މެދުތެރެއަށް ނިންމުމަށް އަމާޒުކޮށްފައިވާއިރު، މިއީ ރައްޔިތުންނަށް ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް.
27 ދުވަސް ކުރިން - 14:56

ރައީސް މުޢިއްޒުގެ ސަރުކާރުން ވިދާޅުވަމުން ގެންދަވަނީ، ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ އެއްވެސް ރައްޔިތަކީ ބޯހިޔާވަހިކަމުން މަޙްރޫމްވެފައިވާ މީހަކަށް ނުހެދުމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށް.
36 ދުވަސް ކުރިން - 09:20

ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ 20 މެއި ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 15 ޖޫން އާ ހަމައަށް.
77 ދުވަސް ކުރިން - 13:54

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ގައުމުގެ މިނިވަންކަމަށް ފަހު ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމަށާއި، މި ހައްގު ސިފައިންނަށް ކަށަވަރުކޮށްދެއްވާނެ ކަމަށް.
77 ދުވަސް ކުރިން - 23:30

މާލެ ސަރަހައްދުގެ ގިނަ ބިންތަކަކީ ގޯތި ދޫކޮށްފައިވާ ބިންތަކަށް ވުމުން، ފްލެޓް އެޅުމަށް ބިން ހޯދުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި
90 ދުވަސް ކުރިން - 18:45

ފެސިލިޓީ ދިނުމުގައި، ކަސްޓަމަރުގެ އާމްދަނީ ވަޒަންކުރާގޮތް ބަލާއިރު، ލިބޭ ސާވިސް ޗާޖަށްވެސް ބަލާނެ. ހުށަހަޅާ އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީ.
93 ދުވަސް ކުރިން - 15:30

ހަ ކެޓަގަރީއަކުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ވަނީ އިތުރުކޮށްފަ
103 ދުވަސް ކުރިން - 12:33

ރައީސް ވިދާޅުވީ، ގޯތި ލިބިފައިވީ ނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އެޅޭނެ ގޮތެއް ނެތް އާއިލާތަކަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް.
114 ދުވަސް ކުރިން - 12:05

މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 1,250 އަކަފޫޓުގެ ގޯތި.
115 ދުވަސް ކުރިން - 20:15