ރައީސް ވިދާޅުވީ ހިޔާ ފުލެޓް ލިބުނު ފަރާތްތަކުގެ އެގްރީމަންޓު ބަދަލުވެގެންދާއިރު ޖުމްލަ އަގުން ދެ ލައްކަ ރުފިޔާ، އެމަނިކުފާނު ދެންނެވި ގޮތަށް އުނިވެގެންދާނެ ކަމަށް.
264 ދުވަސް ކުރިން - 14:48
ތިން ކޮޓަރީގެ ފުލެތް ލިބުނު ފަރާތްތަކުން ދައްކަން ޖެހޭނީ 10،000 ރުފިޔާ. ދެ ކޮޓަރީގެ ފުލެޓް ލިބުނު ފަރާތްތަކުން ދައްކަން ޖެހޭނީ 7،000 ރުފިޔާ.
264 ދުވަސް ކުރިން - 14:12
ރައީސް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ނިންމައި މިމަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭވަރުވާނެކަމަށް
266 ދުވަސް ކުރިން - 13:50
އެއް ކޮޓަރި ލިބިފައިވާ މީހުން، މިހާރުގެ ފުލެޓު ދޫކޮށް ތިން ކޮޓަރީގެ ފުލެޓަށް ބަދަލުވެވޭ ގޮތަށް އުސޫލު އާންމުކުރިކަން ރައީސް އިއުލާނުކުރެއްވި
266 ދުވަސް ކުރިން - 23:07
އެކަމާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމައި ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށާއި އެކަމުގައި ހުރި ދަތިތައް ތިމަން މަނިކުފާނަށް އިނގިލައްވާ ކަމަށް ރައީސް ވިދާޅުވި
278 ދުވަސް ކުރިން - 23:59
މިފަހަރު ދޫކުރަނީ 15،00 ގޯއްޗާއި 75،00 ފްލެޓް، 3 ކޮޓަރީގެ ފްލެޓުތަކުގެ ކުލި 10،000 އަށް ވުރެ ބޮޑުނުވާނެކަމަށް ރައީސް ވިދާޅުވި
295 ދުވަސް ކުރިން - 10:30
މި ގޯތިތަށް ދޫކުރަން ހަމަޖެހިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ އިން
296 ދުވަސް ކުރިން - 14:42
މި މަޝްރޫއުގެ ދަށުން 7،500 ފްލެޓު ދޫކުރާނެ. ފްލެޓުތަކަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން މާޗް އާ ހަމަޔަށް
296 ދުވަސް ކުރިން - 14:15
މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ. ރައީސް ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް
297 ދުވަސް ކުރިން - 16:17
މިއީ ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ކުންފުންޏެއް، އެ ކުންފުނިން 3،000 ހައުސިން ޔުނިޓް އެޅުމަށް ވަނީ ަހަވާލުކޮށްފަ
300 ދުވަސް ކުރިން - 16:23
މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓާއި ހުޅުމާލޭގައި 2،700 ހައުސިން ޔުނިޓް އަޅާނެ
300 ދުވަސް ކުރިން - 15:52
ރައީސް ވިދާޅުވީ މި އަަހރު ނިމުމުގެ ކުރިން 3000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށާއި އެކި ގައުމުތަކުގެ އެހީގައި ވެސް ހައުސިން ޔުނިޓްތަކެއް އެޅޭނެކަމަށް.
302 ދުވަސް ކުރިން - 16:14