Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޯހިޔާވަހިކަން އެންމެނަށް: ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލާން ޖެނުއަރީގައި ހުޅުވާލަނީ

ބޯހިޔާވަހިކަން އެންމެނަށް: ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލާން ޖެނުއަރީގައި ހުޅުވާލަނީ

މުހައްމަދު ޖަމްޝަތު
296 ދުވަސް ކުރިން - 17 ނޮވެންބަރު 2025 14:15
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތައް--- ފޮޓޯ:ޚުލާސާ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތައް--- ފޮޓޯ:ޚުލާސާ
ޚުލާސާ

މި މަޝްރޫއުގެ ދަށުން 7،500 ފްލެޓު ދޫކުރާނެ. ފްލެޓުތަކަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން މާޗް އާ ހަމަޔަށް

ގެދޮރުވެރިކުރުމުގެ ސަރުކާރުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، ފްލެޓް ދޫކުރާ ފުރަތަމަ ސްކީމުގެ އުސޫލު އާންމުކޮށްފިއެވެ.

ފުރަތަމަ ބުރުގައި 7,500 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ފްލެޓް ދޫކުރަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ރަށްވެހިވެފައި ނުވާ، ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކެވެ. އަދި މީގެއިތުރުން ހާއްސަ އިސްކަންދޭ ކެޓަގަރީއިން ޔުނިޓް ދޫކުރުމަށް ވަނީ ހިމަނާފައެވެ.

Advertisement

Advertisement 1

1. މާލޭގެ ރަށްވެހިން – 4،000 ހައުސިން ޔުނިޓް

  1. އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 2500 ފްލެޓް
  2. މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 1000 ފްލެޓް
  3. ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 500 ފްލެޓް

2. މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް - 1500

3. ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޔުނިޓު ދޫކުރަން ހަމަޖެހިފައިވާ ގޮތް:

  1. 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން - 100
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް - 100
  3. އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް - 250
  4. މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް - 50
  5. މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން - 200
  6. މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝިއަރީގެ މުވައްޒަފުން - 100
  7. މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް - 100
  8. މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތައް - 50
  9. ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފްލެޓް ލިބިފަ ނުވާ ފަރާތްތައް - 300
  10. ހާއްސަ އެސެސްމަންޓެއްގެ ދަށުން، ބޯހިޔާވަހިކަން ނެތް ފަގީރު އާއިލާތަކަށް ދޭ ބޯހިޔާވަހިކަން - 50
  11. ދިވެހިންގެ ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން - 100
  12. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުން - 100
  13. ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުން - 200

މީގެ އިތުރުން އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަ 300 ފްލެޓް ހިމެނެ އެވެ. މި ކެޓަގަރީގައި ޖުމްލަ 26 އިދާރާ/މުއައްސަސާ ހިމެނެއެވެ. އެއީ:

  1. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  2. ރައްޔިތުންގެ މަޖިލީހުގެ އިދާރާ
  3. އެޓާނީ ޖެނެރަލްގެ އޮފީސް
  4. ފޮރިން ސާވިސް
  5. ޖުޑިޝަލް ސާވިސް ކޮމިޝަން
  6. އިލެކްޝަންސް ކޮމިޝަން
  7. ސިވިލް ސާވިސް ކޮމިޝަން
  8. ހިއުމަން ރައިޓްސް ކޮމިޝަން
  9. އެންޓި ކޮރަޕްޝަން ކޮމިޝަން
  10. އޮޑިޓާ ޖެނަރަލް އޮފީސް
  11. ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް
  12. މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
  13. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
  14. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
  15. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
  16. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން
  17. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
  18. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ
  19. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
  20. މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު
  21. ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީސް
  22. އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓަސް އޮފީސް
  23. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
  24. ވަޒީފާއާބެހޭ ޓްރައިބިއުނަލް
  25. ލޯކަލް ގަވަމަންޓް އޮތޯރިޓީ
  26. ޓެކްސް އެޕީލް ޓްރައިބިއުނަލް

ފްލެޓަށް އެދި ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި ޕޮއިންޓް ދޭނެ އުސޫލުތަކުގެ ގަވާއިދު މިހާރުވަނީ ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ. މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 04 ޖަނަވަރީ 2026 އިން ފެށިގެން 03 މާޗު 2026 ގެ ނިޔަލަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. ފޯމު ހުށައަޅާނީ ސަރުކާރުން ބޯހިޔާވާހިކަމުގެ މަޝްރޫއުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާ hiyaavehi.housing.gov.mv މެދުވެރިކޮށެވެ.

އެގޮތުން އެޕްލިކޭޝަން ހުށަހެޅޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު"ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުންނެވެ.

ބޯހިޔާވަހިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

މި ސަރުކާރުން އަލަށް ފެށި މަޝްރޫޢުތަކާއެކު 54 ރަށެއްގައި 8،588 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދަނީ

ރާއްޖޭގެ 54 ރަށެއްގައި 8،588 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދަނީ

3 ދުވަސް ކުރިން - 10:46

ފްލެޓާއި ގޯތި ފޯމުގެ މައުލޫމާތު އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

6 ދުވަސް ކުރިން - 12:50

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

15 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

15 ދުވަސް ކުރިން - 23:03

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ!

17 ދުވަސް ކުރިން - 12:03