Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަހި ދިރިއުޅުން ފުލެޓުތަކުގެ ކުލި އަދި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށްފި

ފަހި ދިރިއުޅުން ފުލެޓުތަކުގެ ކުލި އަދި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށްފި

އައިޝަތު ރުވާ ރިފްޢަތު
215 ދުވަސް ކުރިން - 19 ޑިސެންބަރު 2025 14:12
ފަހި ދިރިއުޅުން ފުލެޓުތައް---ފޮޓޯ: ޚުލާސާ
ފަހި ދިރިއުޅުން ފުލެޓުތައް---ފޮޓޯ: ޚުލާސާ
ޚުލާސާ

ތިން ކޮޓަރީގެ ފުލެތް ލިބުނު ފަރާތްތަކުން ދައްކަން ޖެހޭނީ 10،000 ރުފިޔާ. ދެ ކޮޓަރީގެ ފުލެޓް ލިބުނު ފަރާތްތަކުން ދައްކަން ޖެހޭނީ 7،000 ރުފިޔާ.

ފަހި ދިރިއުޅުން ފުލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަކޮށް މިހާރު ދައްކަންޖެހޭ އަދަދު ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އާންމުކުރައްވައިފި އެވެ.

ފަހި ދިރިއުޅުންގެ 4،000 ހައުސިން ޔުނިޓުގެ ކުލި ކުޑަ ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުން ވަނީ ރޭގެ ބައްދަލުވުމުގައި އެދިވަޑައިގެންފަ އެވެ. ފޭސް 2 ސަލާހުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި އެ ޝަކުވާތައް އަޑުއައްސަވައި ރައީސް ވިދާޅުވީ ކުއްޔާއި ބެހޭގޮތުން ރައްޔިތުން ހުށަހަޅުއްވާފައިވަނީ ވަރަށް ސީރިއަސް ޝަކުވާތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ ފަހި ދިރިއުޅުން ފުލެޓުތައް ލިބުނު ފަރާތްތަކަށް ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިން ކޮޓަރީގެ ފުލެޓުތަކަށް މެއިންޓަނަންސް ފީއާ އެއްކޮށް ދައްކަންޖެހޭ ކުލި 10،500 ރުފިޔާ އިން 10،000 ރުފިޔާ އަށް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސެކުއިރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 25،000 ރުފިޔާ އިން 8،000 ރުފިޔާ އަށް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ދެ ކޮޓަރީގެ ފުލެޓުތަކަށް ކުއްޔާއެކު ދައްކަންޖެހޭ އަދަދު 8،000 ރުފިޔާ އިން 7،000 ރުފިޔާއަށް ކުޑަކޮށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 15،000 ރުފިޔާ އިން 6،000 ރުފިޔާ އަށް ކުޑަކޮށްދެއްވާނެ ކަމަށްްވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ނިންމެވުން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ އެކްސްގައި ޕޯސްޓު ކުރައްވާފަ އެވެ.

ފަހި ދިރިއުޅުން ފުލެޓުތަކަށް ބައެއް ފަރާތްތަކުން މިހާރުވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައި އެ ފުލެޓުތަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެހެންކަމުން އެ ފަރާތްތަކުން ކުރިން އޮތް އަދަދަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާތީ އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވެ އެވެ. ބެލެވޭ ގޮތުގައި ސެކުއިރިޓީ ޑިޕޮސިޓުން ގިނަވާ ބައި ކުލިން މައާފް ކުރާނީ އެވެ.

ފުލެޓުތަކާ ގުޅޭގޮތުން މި ގެނައި ބަދަލާއެކު އެގްރީމަންޓުތަކަށް ބަދަލު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުފްލެޓްބޯހިޔާވަހިކަންމިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

19 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

1 ދުވަސް ކުރިން - 13:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

5 ދުވަސް ކުރިން - 23:50

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39