އެއް ކޮޓަރީގެ ފްލެޓުތަކުގައި ހާލުގައި އުޅޭ ފަރާތްތަކަށް ވަރަށް އަވަހަށް ގޮތެއް ނިމޭނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 19 ގަޑިއިރު ކުރިން - 4 ޑިސެންބަރު 2025 23:59
ރައީސް ޑރ. މުޢިއްޒު މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޢިއްޒު މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެކަމާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމައި ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށާއި އެކަމުގައި ހުރި ދަތިތައް ތިމަން މަނިކުފާނަށް އިނގިލައްވާ ކަމަށް ރައީސް ވިދާޅުވި

އެއް ކޮޓަރީގެ ފުލެޓުތަލުގައި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްއޫރުގެ ތެރެއިން ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނު ރައްޔިތުންނާ ބައްދަލުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހައްލެއް ގެނެސްދެއްވުމުގެ ގޮތުން ސަރުކާރު ތެރެއިން އެކަން ބަލަމުންދާ ކަމަށާއި އެކަމާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމައި ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށާއި އެކަމުގައި ހުރި ދަތިތައް ތިމަން މަނިކުފާނަށް އިނގިލައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓް ދޫކޮށްލާފައި ގޯއްޗަށްލެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި، ގޯތީގެ މައްސަލަ ހައްލުކުރެވިގެންދާއިރު ާލޭގެ ރަށްވެހިންނަށް ހާއްސަކުރެވޭ 10،000 ގޯތި ރަސްމޭލެއިން ދޫކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ދޫކުރި ފުލެޓުތަކުގެ ތެރޭގައި ހިމެނޭ އަލަތު ކައިވެނި ކެޓަގަރީއަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެ ކެޓަގަރީ އުވިގެން ދިޔައީ ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ކަޓަގަރީއަށް ފުލެޓް ލިބުނު މީހުންނަށް ރަނގަޅު ގޮތެއް ހައްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ މޭޔަރު ކަމުގައި އެ ފުލެޓުތައް ބައްލަވައިލައްވަން ޒިޔާރަތް ކުރި ކަމަށާއި އަދި އެ ފުލެޓުތައް ވެސް ހުރި ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ ފުލެޓުތަކަށް ހެދި އެއްޗެއް ހެދީ ކަމަށާއި، ފަހުން އެތަންތަނެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ސަރުކާރުން އަލަތު ކައިވެންޏަށް ކަނޑައެޅި ފުލެޓުތައް އަނބުރާ ރައްދުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ މީގެ ކުރިން ވައުދުވެފަ އެވެ. އެކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ އެ ފުލެޓުތައް ލިބޭނެ ކަމަށް ލިޔުން ލިބުނު މީހުންނަށް މި ސަރުކާރުން ހިންގާ ހައުސިން ސްކީމްތަކުގެ ތެރެއިން ލިބޭނެ ކަމަށާއި އެ ވައުދު ފުއްދަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެއްވެސް ފަރާތެއްގެ އަތުން އަތުލާފައި އޮތް އެއްޗެއް ވިއްޔާ އެމަނިކުފާނު ވައުދުވި ގޮތަށް އެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް އެ ފުލެޓުތައް ދޭއިރު ނިމިދިޔަ ސަރުކާރުގެ 4،000 ފުލެޓުތަކުގެ ތެރެއިން އޭގެ ފަރާތަކަށް ލިބުނުތޯ އާއި ގޯއްޗެއް އޭގެ ފަހުން ލިބުނިތޯ ނުވަތަ ނޫންތޯ ޗެކް ކުރެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައިގައި ވަކި ވަކި ފަރުދުން ހުށަހެޅުއްވި ޝަކުވާ އާއި ޝުއޫރުތަކަށް ވަކިވަކިން ސަރުކާރު ތެރެއިން ބަލަމުންދާނެ ކަމަށާއި އެކަންކަން ބަލަމުންދާނެ ކަމަށެވެ. ކުރިއަށް އޮތް 3 އަހަރުތެރޭ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް މިރޭގެ ޖަލްސާގައި ވެސް ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%