Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހައުސިން މަޝްރޫއު ކުރިއަށްގެންދިއުމަށް ބީއެމްއެލް އިން ސަބްސިޑަރީ ކުންފުންޏެއް!

ހައުސިން މަޝްރޫއު ކުރިއަށްގެންދިއުމަށް ބީއެމްއެލް އިން ސަބްސިޑަރީ ކުންފުންޏެއް!

މުހައްމަދު ޖަމްޝަތު
300 ދުވަސް ކުރިން - 13 ނޮވެންބަރު 2025 16:23
ބޭންކް އޮފް މޯލްޑިވްސްގެ ބިޒްނަސް ސެންޓަރު، ބޭންކުން ވަނީ ހައުސިން މަޝްރޫއަށް ސަބްސިޑަރީއެއް އުފައްދާފައި---ފޮޓޯ:ޚުލާސާ
ބޭންކް އޮފް މޯލްޑިވްސްގެ ބިޒްނަސް ސެންޓަރު، ބޭންކުން ވަނީ ހައުސިން މަޝްރޫއަށް ސަބްސިޑަރީއެއް އުފައްދާފައި---ފޮޓޯ:ޚުލާސާ
ޚުލާސާ

މިއީ ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ކުންފުންޏެއް، އެ ކުންފުނިން 3،000 ހައުސިން ޔުނިޓް އެޅުމަށް ވަނީ ަހަވާލުކޮށްފަ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ދަށުން އަޅާ އަގު ހެޔޮ ފްލެޓްތައް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި އެވެ.

މި ސްކީމުގެ ދަށުން 3،000 ހައުސިން ޔުނިޓް އެޅުމަށް ބީއެމްއެލްއާ ހަވާލުކޮށްފައިވާއިރު އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭންކުން އުފެއްދި ސަބްސިޑަރީ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް" އެވެ. މިއީ ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަގޮތަށް އުފައްދާފައިވާ ކުންފުންނެވެ.

ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްގެން އަޅާ މި 3،000 ޔުނިޓް އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމަށް މިއަދު ބީއެމްއެލްގެ ހެޑްއޮފީހުގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބްއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓުގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމް އެވެ.

Advertisement

Advertisement 1

އެ ރަސްމިއްޔާތުގައު ވާހަކަދައްކަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ސްކީމްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކުން ބައިވެރިވުމަށް ލާޒިމުކުރާއިރު، ގައުމީ ބޭންކުގެ ހައިސިއްޔަތުން މިކަމުގައި ޒިންމާދާރުކަމާއެކު އިސްނަގަންޖެހޭކަން ދެކޭކަމަށެވެ. އެހެންކަމުން މަސައްކަތްތައް ހަލުވިކޮށް، އެމްއެމްއޭގެ ހުއްދައާއެކު މިކަމަށް ހާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދަން ނިންމީކަމަށް ވިދާޅުވި އެެވެ.

ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް އިން ފްލެޓުތައް އަޅާނީ ވިލިމާލެ އަދި ހުޅުމާލޭގަ އެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި 2،700 ހައުސިން ޔުނިޓެވެ.

ބޯހިޔާވަހިކަންބީއެމްއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

މި ސަރުކާރުން އަލަށް ފެށި މަޝްރޫޢުތަކާއެކު 54 ރަށެއްގައި 8،588 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދަނީ

ރާއްޖޭގެ 54 ރަށެއްގައި 8،588 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދަނީ

3 ދުވަސް ކުރިން - 10:46

ފްލެޓާއި ގޯތި ފޯމުގެ މައުލޫމާތު އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

6 ދުވަސް ކުރިން - 12:50

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

15 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

15 ދުވަސް ކުރިން - 23:03

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

16 ދުވަސް ކުރިން - 14:50