Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވައުދުވިގޮތަށް ހިޔާ ފުލެޓަށް ދައްކަންޖެހޭ ޖުމްލަ އަގުން ދެ ލައްކަ ރުފިޔާ އުނިކޮށްދޭނަން: ރައީސް

ވައުދުވިގޮތަށް ހިޔާ ފުލެޓަށް ދައްކަންޖެހޭ ޖުމްލަ އަގުން ދެ ލައްކަ ރުފިޔާ އުނިކޮށްދޭނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
216 ދުވަސް ކުރިން - 19 ޑިސެންބަރު 2025 14:48
ރައީސް ޑރ. މުޢިއްޒު ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޢިއްޒު ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ހިޔާ ފުލެޓް ލިބުނު ފަރާތްތަކުގެ އެގްރީމަންޓު ބަދަލުވެގެންދާއިރު ޖުމްލަ އަގުން ދެ ލައްކަ ރުފިޔާ، އެމަނިކުފާނު ދެންނެވި ގޮތަށް އުނިވެގެންދާނެ ކަމަށް.

ހިޔާ ފުލެޓަށް ވަނުމަށް ކުރި ހޭދައިގެ އެވަރެޖް އަދަދެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި ދެ ލައްކަ ރުފިޔާގެ އަގު ވީހާވެސް އަވަހަށް އެގްރީމަންޓުން އުނިކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ފޭސް 2ގެ ސަލާހުއްދީން ސްކޫލުގައި އެ ސަރަހައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާ ފުލެޓުގެ ޖުމްލަ އަގުން ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި އޮންނާނެ ކަމަށާއި، އެކަން ކުރުމަށް އެޗްޑީސީގައި އެމަނިކުފާނު ދަންނަވާފައި އޮންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާ ފުލެޓް ލިބުނު ފަރާތްތަކުގެ އެގްރީމަންޓު ބަދަލުވެގެންދާއިރު ޖުމްލަ އަގުން ދެ ލައްކަ ރުފިޔާ، އެމަނިކުފާނު ދެންނެވި ގޮތަށް އުނިވެގެންދާނެ ކަމަށެވެ.

Advertisement

Advertisement 1

ހިޔާ ފުލެޓަށް ނިމިދިޔަ ސަރުކާރުން މީހުން ވެއްދީ އެތަނުގެ ފިނިޝިން ނުނިންމާ ހަމައެކަނި ހަތަރު ފާރު ނިންމާލުމަށްފަހުގަ އެވެ. އެހެން ކަމުން އެ ރައްޔިތުންގެ އަތުން ބޮޑު އަދަދެއް އެ ފުލެޓުތަކުގެ ފިނިޝިން އަށް ވަނީ ހަރަދުވެފަ އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ވިދާޅުވީ ހިޔާ ފުލެޓަށް ވަނުމަށް އެ ފަރާތްތަކުގެ އަތުން ބޮޑު ހަރަދެއް ހިނގާފައިވާ ކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ ސަރުކާރެއްގައި އެވަރެޖް އަގެއް ޑިސްކައުންޓުގެ ގޮތުގައި ދެއްވާނެ ކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ނިމިދިޔަ އަހަރުގައި ރައީސް ވިދާޅުވި ގޮތަށް ސަރުކާރުން ވަނީ 200،000 ރުފިޔާގެ ޑިސްކައުންޓެއް ދޭން ނިންމާފަ އެވެ. މި ސަރުކާރުން ވަނީ ހިޔާ ފުލެޓުގެ ކުލި ވެސް ކުޑަކޮށްފަ އެވެ. އެގޮތުން މި ސަރުކާރާ ހަވާލުވި އިރު ކުލީގެ ގޮތުގައި ދައްކަމުން އައި އަދަދު 5،300 ރުފިޔާއިން 4،984 އަށް ވަނީ ކުޑަކޮށްފަ އެވެ. ނިމިދިޔަ ސަރުކާރުން ކުލީގެ ގޮތުގައި އެންމެ ފުރަތަމަ ނަގަމުން އައީ 7،500 ރުފިޔާ އެވެ. ނަމަވެސް 5،300 ރުފިޔާ އަށް ހެދީ ރިޔާސީ އިންތިހާބާ ދިމާކޮށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުބޯހިޔާވަހިކަންހުޅުމާލެ ފޭސް-2
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

14 ގަޑިއިރު ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

21 ގަޑިއިރު ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

1 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ދުވަސް ކުރިން - 18:38