Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޯހިޔާވަހިކަން އެންމެނަށް: 15،000 ގޯތި ދޫކުރުމުގެ އުސޫލު އާންމުކޮށްފި، ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ބޯހިޔާވަހިކަން އެންމެނަށް: 15،000 ގޯތި ދޫކުރުމުގެ އުސޫލު އާންމުކޮށްފި، ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

މުހައްމަދު ޖަމްޝަތު
251 ދުވަސް ކުރިން - 17 ނޮވެންބަރު 2025 14:42
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ"---ފޮޓޯ:ޚުލާސާ
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ"---ފޮޓޯ:ޚުލާސާ
ޚުލާސާ

މި ގޯތިތަށް ދޫކުރަން ހަމަޖެހިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ އިން

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެދަށުން ގޯތި ދޫކުރާ ފުރަތަމަ ސްކީމަށް އަންނަ ޖެނުއަރީ 4 އިން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިހާރު ވަނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން ބިން ދޫކުރުމުގެ އުސޫލު ގެޒެޓުކޮށްފައެވެ.

ޖުމްލަ 15000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާ، މި ގޯތިތައް ބެހިފަވާ ކެޓަގަރީތައްވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ. މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލުގެދަށުން ދޫކުރުމަށް ހަމަޖެހިފަވަނީ 1،250 އަކަފޫޓުގެ ގޯތިތަކަވެ.

Advertisement

Advertisement 1

މާލެ ރަށްވެހިން - 10،000 ގޯތި. އޭގެ ތެރެއިން:

  1. އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 7000 ގޯތި
  2. މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 1000 ގޯތި
  3. ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 2000 ގޯތި

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން:

  1. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން - 3000 ގޯތި

ހާއްސަ ކެޓަގަރީތަކުގެތެރޭގައި ހިމެނޭ ދެ ބައި:

  1. މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމްވެފައިވާ ފަރާތްތައް – 500 ގޯތި
  2. މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް - 1500 ގޯތި

ގޯއްޗަށް އެދި ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި ޕޮއިންޓްދޭނެ އުސޫލުތަކުގެ ގަވާއިދު މިހާރުވަނީ ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ.މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ 04 ޖެނުއަރީ 2026އިން ފެށިގެން 03 މާޗު 2026ގެ ނިޔަލަށެވެ. ފޯމު ހުށައަޅާނީ ސަރުކާރުން ބޯހިޔާވާހިކަމުގެ މަޝްރޫއުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާ hiyaavehi.housing.gov.mv މެދުވެރިކޮށެވެ.

އެގޮތުން އެޕްލިކޭޝަން ހުށަހެޅުއްވޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުންނެވެ.

ބޯހިޔާވަހިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

1 ގަޑިއިރު ކުރިން - 13:55

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

9 ދުވަސް ކުރިން - 23:50

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

27 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

27 ދުވަސް ކުރިން - 12:43

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

28 ދުވަސް ކުރިން - 14:56

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

36 ދުވަސް ކުރިން - 09:20