
އަދުގެ ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ހިނގަމުންދާއިރު، މި ދައުރުގެ ތެރޭގައި ގިނަ ރައްޔިތުންތަކަކަށް އެ އިމާރާތްތަކުގައި ދިރިއުޅެން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި.
2 ދުވަސް ކުރިން - 16:20
މީގެ ތެރޭގައި ފްލެޓާއި ރޯހައުސްގެ އިތުރުން އަމިއްލަ ބިންތަކުގައި ގެދޮރު އެޅުމަށް އެހީތެރިވުން ހިމެނޭ. މި 5 އަހަރުގެ ދައުރުގައި ހުރިހާ މަސައްކަތެއް ނިންމުމަށް އަމާޒުހިފާފައިވާއިރު، 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ޔުނިޓު އެޅުމަށް ވަނީ އިޢުލާނުކޮށްފަ.
3 ދުވަސް ކުރިން - 10:46
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފޯމުތަކުގައިވާ މައުލޫމާތު ފުށުއަރާނަމަ، އެކަން އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި. އަދި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު ޑިސެމްބަރު މަހު މެދުތެރޭގައި ނެރުމަށް ވަނީ ނިންމާފަ.
6 ދުވަސް ކުރިން - 12:50
ޝަރުތުހަމަވި ބާކީ 629 ފަރާތަށް ކުރިއަށް އޮތް މަސްތަކުގައި ފައިސާ ދޫކުރަން ފެށޭނެ. މިއީ 5 އިންސައްތައިގެ ޕްރޮފިޓް ރޭޓުގައި، ފައިސާ އަނބުރާ ދެއްކުމަށް 25 އަހަރާ ހަމައަށް މުއްދަތު ލިބޭގޮތަށް އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދާ ފައިނޭންސިންގ ސްކީމެއް.
15 ދުވަސް ކުރިން - 12:38
މިއީ މީގެކުރިން އެންމެ ބޮޑު ރަށް ކަމަށްވާ ލ. ގަމަށްވުރެ (609 ހެކްޓަރު) ބޮޑު ސަރަހައްދެއް. ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި 1،150 ހެކްޓަރުގެ މި "އިކޯ ސިޓީ" މަޝްރޫއުގެ އަމާޒަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުން.
15 ދުވަސް ކުރިން - 23:03
މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަނީ ރަސްމީ އިދާރާތަކުގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއަކުން. މިހާރު ފޯމު ޗެކްކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، ހުރިހާ މުޢާމަލާތެއް ހިނގާނީ ޕޯޓަލް މެދުވެރިކޮށް ދެފުށް ފެންނަ ގޮތަށް. އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަކީ މި ސިޔާސަތުގެ މައިގަނޑު މަގްސަދު.
17 ދުވަސް ކުރިން - 12:03
މައުލޫމާތުގައި ފުށުއެރުމެއްވާނަމަ ޕޯޓަލުން އަންގައި، އިސްލާހުކުރަން ލިޔުން ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެ. އަދި ބަދަލުތައް އެސް.އެމް.އެސް އިން ވެސް އަންގާނެ. މުއްދަތުގައި ޖަވާބު ނުދީފިނަމަ އެޕްލިކޭޝަން ބާތިލުވާނެ.
18 ދުވަސް ކުރިން - 13:47
ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން "ކަނޑުފަޅުން" ދީފައިވާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ބާރުގަބުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިމިފައިވާ ކަމަށާއި، ހުޅުމާލެ 3 ހިއްކާ ނިންމައި އެތަނުން ދޭ ގޯތިތައް ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށް.
45 ދުވަސް ކުރިން - 13:55
މި މަޝްރޫޢަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެއް. މި މަޝްރޫޢުގައި ސޮއިކުރި ފަސް ފަރާތަކީ: މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ހައުސިންގ ޔުނިޓުތަކަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ބިނާކުރެވޭ ތަންތަން.
54 ދުވަސް ކުރިން - 23:50
މަޝްރޫއަށް ބޭނުންވާ އެޑްވާންސް ޕޭމަންޓް ވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނަށް ހަމަޖައްސައިދީފަ. ރައީސް ވިދާޅުވި ގޮތުގައި، ކަރުދާހުގައި ހުންނަ ކުރެހުންތަކުން ނިމުމުގެ ބަދަލުގައި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މި ދައުރުގެ ތެރޭގައި ގޭގެއަށް ވަދެވޭވަރަށް މަސައްކަތް ނިންމައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން.
72 ދުވަސް ކުރިން - 12:43
ރައީސް ވިދާޅުވީ 13 ރަށެއްގެ މަޝްރޫއަށް އެޑްވާންސް ފައިސާ ދީފައިވާ ކަމަށާއި، މާލެ ސަރަހައްދުގެ މަސައްކަތްތައް ޖުލައި މަހު ފެށޭނެ ކަމަށް. އަދި 2028 ގެ މެދާ ހަމައަށް ގިނަ މަޝްރޫއުތައް ނިމޭނެ ކަމަށާއި، އަމާޒަކީ ދައުރުގެ ތެރޭގައި މަސައްކަތް ނިންމައި މީހުން އާބާދުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި.
72 ދުވަސް ކުރިން - 12:43
ތަރުޖަމާނު މުންދު ވިދާޅުވީ، ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށްދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް. ލީސް-ޓު-އޯން މޮޑެލްއަށް ދޫކުރާ މި ފްލެޓްތައް 2028 ގެ މެދުތެރެއަށް ނިންމުމަށް އަމާޒުކޮށްފައިވާއިރު، މިއީ ރައްޔިތުންނަށް ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް.
73 ދުވަސް ކުރިން - 14:56
ރައީސް މުޢިއްޒުގެ ސަރުކާރުން ވިދާޅުވަމުން ގެންދަވަނީ، ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ އެއްވެސް ރައްޔިތަކީ ބޯހިޔާވަހިކަމުން މަޙްރޫމްވެފައިވާ މީހަކަށް ނުހެދުމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށް.
81 ދުވަސް ކުރިން - 09:20