
ތުރްކިޔޭގެ ކެމިކަލް ބަރުކޮށްގެން ދިޔަ އާގުބޯޓަކާއި ދަގަނޑު ބަރުކޮށްގެން ދިޔަ އާގުބޯޓެއް އެކްސިޑެންޓްވި ހާދިސާގައި ބޮޑެތި ގެއްލުންތަކެއްލިބި، ދަގަނޑު ބަރުކޮށްގެންދިޔަ ބޯޓު ވަނީ އެންމެ 11 މިނެޓު ތެރޭގައި ކަނޑުގެ އަޑިއަށް ފެތިފަ.
7 ދުވަސް ކުރިން - 22:18
ތުރްކިޔޭ އަށް ދަތުރުކުރަނިކޮށް މި ހާދިސާ ހިނގީ ކަނޑުގަދަވެގެން. މިހާތަނަށް 8 މީހުންގެ ހަށިގަނޑު ފެނިފައިވާއިރު ވީނުވީއެއް ނޭނގި 23 މީހަކު ވަނީ ގެއްލިފައި. މައްސަލައިގެ ތަހުގީގަށް ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންތަކެއް ވަނީ ހައްޔަރުކޮށްފަ.
9 ދުވަސް ކުރިން - 09:01
އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް ވައިގެމަގުން 17،220 އަކަ ނޯޓިކަލް މޭލު ބަލާފައިވާއިރު، ކަނޑުމަގުން 2،790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފަ. އަދި މީގެ އިތުރުން އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފަ.
23 ދުވަސް ކުރިން - 13:41
މި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ޑްރޯނާއި މަނަވަރުގެ އިތުރުން އެމެރިކާ ނޭވީގެ މަތިންދާބޯޓެއް ވަނީ ބޭނުންކޮށްފަ. ނަމަވެސް، 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ދޯނި އަޑިއަށް ގޮސްފައިވާތީ، 11 ދުވަސް ވެފައިވާ މި ހާދިސާގައި ގެއްލުނު މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ވަނީ ބެލެވިފަ.
23 ދުވަސް ކުރިން - 10:07
މިހާތަނަށް ކުރި މަސައްކަތުން ދޯނި އަޑިއަށް ދިޔަ ސަރަޙައްދާއި އޭގެ ވަށައިގެންވާ ބޮޑު ސަރަޙައްދެއް ބަލައި ފާސްކުރެވިފައިވީ ނަމަވެސް، ގެއްލުނު މީހުންގެ އެއްވެސް ހިލަމެއް އަދި ނުފެނޭ.
25 ދުވަސް ކުރިން - 23:42
މިހާތަނަށް ވައިގެ މަގުން 6،112 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 1،370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފަ. މި ހާދިސާ ހިނގާފައިވަނީ ޖުމްލަ 8 މީހުންނާއެކު ހިލައާއި ހިލަވެލި ބަރުކޮށްގެން "ފްރެންޑް 4" ދޯނި ދަތުރުކުރަމުން ދަނިކޮށް.
32 ދުވަސް ކުރިން - 23:26
ހާދިސާ ހިނގުމުގެ ގަޑިތަކެއް ކުރިން ސޯޝަލްމީދިއާ އަށް ދޯނީގެ ކައްޕި މުހައްމަދު ހަމްދޫން ދޫކޮށްލި މެސެޖުގައި “މުދަލާއި ފުރާނައިގެ އުނިކަމުން (ގެއްލުމުން) ﷲ އަޅުތަކުން އިމްތިހާނު ކުރައްވާނެ ކަމަށާއި، އެފަދަ މުސީބާތްތަކުގެ ވަގުތުގައި ކެތްތެރިވުމަށާއި ނަމާދުން އެހީތެރިކަން ހޯދުމަށް”ބުނެފައި ވެއެވެ.
34 ދުވަސް ކުރިން - 22:48
މި ހާދިސާ ހިނގާފައިވަނީ ޖުމްލަ 8 މީހުންނާއެކު ހިލައާއި ހިލަވެލި ބަރުކޮށްގެން އެ އުޅަނދު ދަތުރުކުރަމުން ދަނިކޮށް. ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 7 މީހަކު މިހާތަނަށް ވަނީ ސަލާމަތްކުރެވިފަ. ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ ހުއްޓުމެއްނެތި ކުރަމުން.
34 ދުވަސް ކުރިން - 08:24
އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ބޭނުންކޮށްގެން ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވޭ. ކޯސްޓްގާޑުގެ ހާއްސަ ޑައިވަރުން ވަނީ ކަނޑުގެ އަޑިން 675,120 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފަ.
36 ދުވަސް ކުރިން - 09:14
އޭގައި 10 މީހުން ތިބިއިރު ކަނޑު ގަދަވެ ބަންޑުންޖަހާލުމުގެ ސަބަބުން ސަލާމަތްވީ 8 މީހުން. އެމްއެންޑީއެފުން ދަނީ އެ ދެމީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް މިހާރުވެސް ހިންގަމުން.
39 ދުވަސް ކުރިން - 06:42
މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 8 ބިދޭސީން. އޭގެ ތެރޭގައި ހިމެނޭ ބާކީ 2 ބިދޭސީން އަދިވެސް ނުފެންނާތީ، އެ މީހުން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހިންގަމުން.
40 ދުވަސް ކުރިން - 14:41
މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި އިންޑިއާގެ 32 ފަތުރުވެރިންނާއި ހަތަރު ފަޅުވެރިން ތިބި. މި ހާދިސާގައި 21 މީހަކު ސަލާމަތްކުރެވިފައިވޭ. ބާކީ ތިބި މީހުންނަށް ދަނީ ފަރުވާ ދެމުން. މި ހާދިސާގައި ގިނަ ބަޔަކު މަރުވީ ލޯންޗުގެ އެތެރޭގައި ތާށިވުމުގެ ސަބަބުން.
59 ދުވަސް ކުރިން - 23:36
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރު. އެ ވަގުތަކީ މާލެއިން ދ. ވާނީއަށް ފުލުހުންގެ "ލޯންޗް 54" ދަތުރުކުރަމުންދިޔަ ވަގުތެއް. ޗައިނާ ފަތުރުވެރިޔާގެ ހާލު ރަނގަޅު. އަދި ރައްކާތެރިކަމާއެކު އޭނާ ޗުއްޓީ ހޭދަކުރަމުންދިޔަ ރިސޯޓަށް އަނބުރާ ގެންގޮސްދީފައިވާ ކަމަށްވެސް ފުލުހުން ބުނޭ.
70 ދުވަސް ކުރިން - 21:06