Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

“ފްރެންޑް-4”ހާދިސާ - ކައްޕިގެ ފަހު ބަސް: "ފުރާނަ ހިއްޕަވައި ﷲ ތިޔަބައިމީހުން އިމްތިހާން ކުރައްވާނެ"

“ފްރެންޑް-4”ހާދިސާ - ކައްޕިގެ ފަހު ބަސް: "ފުރާނަ ހިއްޕަވައި ﷲ ތިޔަބައިމީހުން އިމްތިހާން ކުރައްވާނެ"

ހުސައިން އިސްމާއިލް
3 ގަޑިއިރު ކުރިން - 6 އޯގަސްޓް 2026 22:48
ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލުމުގެ ކުރިން އެ ދޯނީގެ ކައްޕި (ކ) ދޯނީގައި ހުރެގެން ނަގާފައިވާ ވީޑިއޯގެ މަންޒަރެއްގެ ސްކްރީންޝޮޓެއް (ވ).
ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލުމުގެ ކުރިން އެ ދޯނީގެ ކައްޕި (ކ) ދޯނީގައި ހުރެގެން ނަގާފައިވާ ވީޑިއޯގެ މަންޒަރެއްގެ ސްކްރީންޝޮޓެއް (ވ).
ޚުލާސާ

ހާދިސާ ހިނގުމުގެ ގަޑިތަކެއް ކުރިން ސޯޝަލްމީދިއާ އަށް ދޯނީގެ ކައްޕި މުހައްމަދު ހަމްދޫން ދޫކޮށްލި މެސެޖުގައި “މުދަލާއި ފުރާނައިގެ އުނިކަމުން (ގެއްލުމުން) ﷲ އަޅުތަކުން އިމްތިހާނު ކުރައްވާނެ ކަމަށާއި، އެފަދަ މުސީބާތްތަކުގެ ވަގުތުގައި ކެތްތެރިވުމަށާއި ނަމާދުން އެހީތެރިކަން ހޯދުމަށް”ބުނެފައި ވެއެވެ.

ލ. އަތޮޅުން ހިލައާއި ހިލަވެލި ބަރުކޮށްގެން ހުވަދުއަތޮޅަށް ދަތުރުކުރަނިކޮށް ގއ. އެކިފަރު ކައިރިން ކަނޑުވި "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދޯނީގެ ކައްޕި މުހައްމަދު ހަމްދޫން ތ. މަޑިފުށި، ދޮންވެލި، 35އ. ކަނޑުގެ އަޑިއަށް ގެއްލުމުގެ ކުރިން ސޯޝަލް މީޑިއާއަށް ދޫކޮށްލި އަސަރުގަދަ ފަހު ވީޑިއޯއިން މުޅި ރާއްޖެ ރޮއްވާލައިފިއެވެ.

ބިޔަ ކަނޑުގެ ތެރޭގައި ދޯނި ދަތުރުކުރާ މަންޒަރު ފެންނަ އެ ވީޑިއޯގެ ފަހަތަށް އޭނާ އަޅާފައިވަނީ ކީރިތި ގުރުއާނުގެ އާޔަތްތަކެއްގެ އުރުދޫ ބަހުގެ އަސަރުގަދަ ތަރުޖަމާއެކެވެ. އޭގައި ބުނެފައިވަނީ ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމާއި، މުދަލާއި ފުރާނައިގެ އުނިކަމުން (ގެއްލުމުން) ﷲ އަޅުތަކުން އިމްތިހާނު ކުރައްވާނެ ކަމަށާއި، އެފަދަ މުސީބާތްތަކުގެ ވަގުތުގައި ކެތްތެރިވުމަށާއި ނަމާދުން އެހީތެރިކަން ހޯދުމަށެވެ. މިއީ ދޯނި ފެތި ބޮޑު މުސީބާތެއް ކުރިމަތިވުމުގެ ކުރިން އޭނާއަށް ކުރެވުނު އިހުސާސެއްގެ ސަބަބުން ދޫކޮށްލި ފަހު ވަސިއްޔަތް ކަމަށް ބުނެ ގިނަބަޔަކު ދަނީ ހިތްދަތިކަން ފާޅުކުރަމުންނެވެ.

ދޯނި އަޑިޔަށް ދިޔަ ހާދިސާ ހިނގާފައިވަނީ 5 އޮގަސްޓް 2026 ވީ ބުދަ ދުވަހުގެ ރޭ 23:22 އެހާކަންހާއިރުއެވެ. ކަނޑުގަދަވެ ދޯންޏަށް ރާޅު އަރައި ދިޔަވަމުންދާ ކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުމާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް އިން ހިންގި އޮޕަރޭޝަނުގެ ތެރޭގައި ދޯނީގައި ތިބި 7 ބިދޭސީ ފަޅުވެރިން ސަލާމަތް ކުރެވުނު ނަމަވެސް، ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދޯނި އަޑިއަށްދިޔަ ވަގުތު ދޯނިން ފެން ހިއްކުމުގެ މަސައްކަތުގައި ކައްޕިއާއެކު އުޅުނު އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލަކާއި ފުލުހުންގެ އޮފިސަރަކު ވެސް ވަނީ ދޯނި ފުރޮޅިގެން ދިޔަ ވަގުތު ގެއްލިފައެވެ.

Advertisement

Advertisement 1

މި ހާދިސާގައި ކަނޑަށް ގެއްލިފައިވާ މީހުންނަކީ ދޯނީގެ ކައްޕި މުހައްމަދު ހަމްދޫން ގެ އިތުރުން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ މީހާ އިބްރާހިމް އަހުމަދު 39އ އަދި ފުލުހުންގެ އޮފިސަރު އަލީ ނާފިއު 33އ، އެވެ.

އެމްއެންޑީއެފް ކޯސްޓްގާރޑާއި ފުލުހުން އަދި ޑްރޯން ސްކޮޑާއި މޯލްޑިވިއަންގެ ފްލައިޓްތައް ބޭނުންކޮށްގެން ވައިގެ މަގުންނާއި ކަނޑުގެ މަގުން މި ތިން މީހުން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް މިހާރުވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ.

ކަނޑުމަތީގެ ހާދިސާ
Advertisement
Advertisement

4 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެ

ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ތިން މީހަކު ގެއްލިއްޖެ

17 ގަޑިއިރު ކުރިން - 08:24

ބަންޑުންޖަހާލި އެލްސީވީން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ވަރުގަދަކޮށްފި

ބަންޑުންޖަހާލި އެލްސީވީން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ވަރުގަދަކޮށްފި

2 ދުވަސް ކުރިން - 09:14

ކޮޅުވެއްޓިން ގެއްލުނު ދެ މީހުން މިހާރު ދިރިހުރިކަމާއި މެދު ސުވާލު އުފެދޭ

ކޮޅުވެއްޓިން ގެއްލުނު ދެ މީހުން މިހާރު ދިރިހުރިކަމާއި މެދު ސުވާލު އުފެދޭ

5 ދުވަސް ކުރިން - 06:42

ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

6 ދުވަސް ކުރިން - 14:41

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

26 ދުވަސް ކުރިން - 23:36

އޮޔާދިޔަ ފަތުރުވެރިޔަކު ފުލުހުންގެ ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފި

އޮޔާދިޔަ ފަތުރުވެރިޔަކު ފުލުހުންގެ ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފި

36 ދުވަސް ކުރިން - 21:06