
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުންނާއި ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، އިސްރާއީލުން ހުއްދަ ނެތްކަމަށް ބުނެ ގެދޮރު ތަޅާލަނީ ފަލަސްޠީނުގެ ބިންތަކުން އެމީހުން ބޭރުކޮށް، ޔަހޫދީ ވަޒަންވެރިންނަށް ޖާގަ ހެދުމުގެ ސިޔާސަތެއްގެ ދަށުން.
4 ދުވަސް ކުރިން - 13:45

ޣައްޒާގެ ހޮސްޕިޓަލްތަކުން ބޭހާއި މެޑިކަލް ސާމާނު ހުސްވަމުންދާތީ، ޒަހަމްވި 60 މީހުންނަށް ފުރާނަ ސަލާމަތްކުރެވޭފަދަ އެކަށީގެންވާ ފަރުވާއެއް ދިނުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ
6 ދުވަސް ކުރިން - 13:36

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އުފައްދާފައިވާ 'އަންރުވާ' މެދުވެރިކޮށް ރާއްޖެއިން މީގެ ކުރިން ކޮންމެ އަހަރަކު ދެމުން އައީ 5,000 ޑޮލަރު ނަމަވެސް، މި ސަރުކާރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން މި އަދަދު ދިހަ ގުނަ އިތުރުކޮށް، 50,000 ޑޮލަރަށް ވަނީ ބަދަލުކުރައްވާފައި.
23 ދުވަސް ކުރިން - 13:06

ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ޔަހޫދީން ދިން ނުރައްކާތެރި ޙަމަލާއާ ގުޅިގެން އިޒުރޭލުގައި ބޭއްވި ސުލްޙަވެރި މުޒާހަރާގައި “ޖާނާއި ލެއިން އަހަރެމެން ޣައްޒާ ސަލާމަތްކުރާނަން" ބުނި ކަމަށް ޓަކައި އެއީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް އިޒުރޭލުން ނިންމައި ދެމީހަކު ޖަލަށް ލައިފި.
33 ދުވަސް ކުރިން - 17:47

ނޯވޭއިން ވަނީ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި ނިއުޒީލެންޑާ ގުޅިގެން، ފަލަސްތީނު މީހުންނަށް އަނިޔާކުރާ ހަރުކަށި ޔަހޫދީންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފަ. ވިޔަފާރި ގުޅުން ކަނޑާލުމާ ގުޅޭގޮތުން އާންމުންގެ ހިޔާލުނެގުމުގެ ވޯޓެއް ވެސް ނަގަން ވަނީ ނިންމާފަ.
35 ދުވަސް ކުރިން - 14:46

ހުޅަނގު އައްސޭރީގެ ހުރިހާ ހިސާބެއްގައި ގަވާއިދާ ހިލާފަށް އިސްރާއީލުގެ ގާތްގަނޑަކަށް 500،000 މީހުން އުޅޭ އިރު، ކޮންމެ ދުވަހަކު އެވްރެޖްކޮށް ހަފަހަރު މަތިން މުސްލިމުންގެ ގައިގައި ތަޅައި ގެތަކާއި ފިހާރަތަކާއި ދަނޑުތަކާއި ޖަނަވާރުތަކަށް ޙަމަލާދީ ޖެއްސުންކޮށް އަނިޔާވެރި ޢަމަލު ހިންގާ.
43 ދުވަސް ކުރިން - 15:02

އުމުރުން 70 އަހަރުގެ ޔޫސުފް ދޫކޮށްލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ހަނގުރާމަ ފެށުނު އިރު ހައްޔަރުކުރި ފަހުން ޖެހިޖެހިގެން ފަސް ފަހަރު އޭނާގެ ބަންދުގެ އަމުރު އާކުރުމަށް ފަހު އެވެ.
43 ދުވަސް ކުރިން - 13:14

ޒައެނިސްޓުން ދިން ހަމަލާގައި 2819 މީހުން ވަނީ ޒަޚަމް ވެސް ވެފަ. ހަނގުރާމައިގައި މިހާތަނަށް ޣައްޒާ އިން ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު 172،927 އަށް ވަނީ އަރާފަ.
55 ދުވަސް ކުރިން - 20:23

ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ބިންތަކާއި އާންމު ބިންތައް އިސްރާއީލުގެ އިދާރާތަކުގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދައިފި
56 ދުވަސް ކުރިން - 11:03

މި ހަމަލާތަކުގައި 10 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވޭ. މިއީ ޣައްޒާގެ އަމަންއަމާންކަން ބަލަހައްޓަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދިން ހަމަލާއެއް.
63 ދުވަސް ކުރިން - 22:45

އޭނާ ޝަހީދުވި ކަމަށް ނިންމައި އޭނާގެ މައްޗަށް ކަށުނަމާދު ވެސް ކޮށްފައިވޭ. ޖަލުގައި ހުރިކަން އެނގުނީ މިނިވަންވި އަސީރެއްގެ ފަރާތުން.
78 ދުވަސް ކުރިން - 00:09

ދަރިފުޅު އުފަންވުމަށްފަހު އޭގެ ވަގުތުކޮޅަކަށްފަހު ޔަހްޔާ ހޮސްޕިޓަލުން ނިކުތީ ދަރިފުޅަށް ބޭނުންވާ ތަކެތި ގެނެސްދޭން. ނަމަވެސް އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައި އޭނާ ވަނީ މަރުވެފައި.
79 ދުވަސް ކުރިން - 00:55

ގުދުސްގެ ސިލްވާން ސަރަހައްދުގެ ގެތައް ތަޅާލަން އިޒުރޭލުން އަމުރު ނެރެފި.
87 ދުވަސް ކުރިން - 18:08