Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅަނގު އައްސޭރީގައި މިއިން ޒަމާނަކު ނުކުރާވަރަށް އިޒުރޭލުން ދަނީ މުސްލިމުންނަށް އަނިޔާ ކުރަމުން - އދ

ހުޅަނގު އައްސޭރީގައި މިއިން ޒަމާނަކު ނުކުރާވަރަށް އިޒުރޭލުން ދަނީ މުސްލިމުންނަށް އަނިޔާ ކުރަމުން - އދ

ހުސައިން އިސްމާއިލް
77 ދުވަސް ކުރިން - 12 ޖޫން 2026 15:02
އިޒުރޭލުގެ ސިފައިން ތަކެއް ހުޅަނގުއައްސޭރީގައި ހަތިޔާރާއެކު.
އިޒުރޭލުގެ ސިފައިން ތަކެއް ހުޅަނގުއައްސޭރީގައި ހަތިޔާރާއެކު.
ޚުލާސާ

ހުޅަނގު އައްސޭރީގެ ހުރިހާ ހިސާބެއްގައި ގަވާއިދާ ހިލާފަށް އިސްރާއީލުގެ ގާތްގަނޑަކަށް 500،000 މީހުން އުޅޭ އިރު، ކޮންމެ ދުވަހަކު އެވްރެޖްކޮށް ހަފަހަރު މަތިން މުސްލިމުންގެ ގައިގައި ތަޅައި ގެތަކާއި ފިހާރަތަކާއި ދަނޑުތަކާއި ޖަނަވާރުތަކަށް ޙަމަލާދީ ޖެއްސުންކޮށް އަނިޔާވެރި ޢަމަލު ހިންގާ.

ހުޅަނގު އައްސޭރީގައި މިއިން ޒަމާނަކު ނުކުރާވަރަށް އިޒުރޭލުން ދަނީ މުސްލިމުންނަށް އަނިޔާ ކުރަމުން ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)އިން ބުނެފިއެވެ.

އދ.އިން ބުނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަށް ދުވާލަކު އެތައް ފަހަރަކު އަނިޔާ ދެމުންދާ ކަމަށެވެ.

އެތަނުގައި ތިބި އިސްރާއީލުގެ ވަޒަންވެރިން ގެންދަނީ މުސްލިމުން ދިރިއުޅޭ ތަންތަނަށް ގެއްލުންދީ ގެރިބަކަރި ފަދަ ޖަނަވާރުތަކަށް އަނިޔާކޮށް ވަގަށް ނަގައި، ފިހާރަތައް ތަޅައި މުސްލިމު ރައްޔިތުންގެ ގައިގައި ތަޅައި ކުޑަކުދިންނަށް ވެސް އަނިޔާ ދެމުންނެވެ.

Advertisement

Advertisement 1

އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އާ ހަވާލާދީ އދ. އިން ބުނީ އިޒުރޭލުގެ ވަޒަންވެރީން ހުޅަނގުއައްސޭރީގައި އެވްރެޖްކޮށް ދުވާލަކު 6 ފަހަރު މަތިން އަނިޔާ ދެމުންދާ ކަމަށެވެ.

މި ހަމަލާތަކުގެ އަސަރު ހުޅަނގު އައްސޭރީގެ ހުރިހާ ހިސާބެއްގައި ވެސް 230 އަށް ވުރެ ގިނަ ކޮމިއުނިޓީތަކަށް ކޮށްފައިވާ ކަމަށާއި، ހަމަ މިދިޔަ ހަފްތާގައި ވަޒަންވެރިންގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 30 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ، މުދަލާއި މުހިންމު އިންފްރާސްޓްރަކްޗާގެ އިތުރުން ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ހުޅަނގު އައްސޭރި ހިފުމަށް އަމާޒުކޮށްގެން އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެ އެވެ.

ހުޅަނގު އައްސޭރީގެ ހުރިހާ ހިސާބެއްގައި ގަވާއިދާ ހިލާފަށް އިސްރާއީލުގެ ގާތްގަނޑަކަށް 500،000 މީހުން ދިރިއުޅެމުންދާއިރު، އިތުރު 250،000 މީހުން ދިރިއުޅެނީ ހިފާފައިވާ އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ބިމުގައި ބިނާކޮށްފައިވާ އާބާދީތަކުގައެވެ.

އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރީން ވަނީ ގުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި މަދުވެގެން 1،169 ފަލަސްތީނުން ޝަހީދުކޮށްލައި، 12،600 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްފައެވެ.

we

ހުޅަނގު އައްސޭރިފަލަސްތީންއިސްރާއީލްޔުނައިޓެޑް ނޭޝަންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

15 ގަޑިއިރު ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

7 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

8 ދުވަސް ކުރިން - 12:03

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

9 ދުވަސް ކުރިން - 19:36

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

18 ދުވަސް ކުރިން - 08:53