Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ހުސައިން އިސްމާއިލް
60 ދުވަސް ކުރިން - 22 ޖޫން 2026 17:47
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އަހުމަދު ޚަލީފާ (ކ) އަދި އެކްޓިވިސްޓް ޖަބަރީން
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އަހުމަދު ޚަލީފާ (ކ) އަދި އެކްޓިވިސްޓް ޖަބަރީން
ޚުލާސާ

ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ޔަހޫދީން ދިން ނުރައްކާތެރި ޙަމަލާއާ ގުޅިގެން އިޒުރޭލުގައި ބޭއްވި ސުލްޙަވެރި މުޒާހަރާގައި “ޖާނާއި ލެއިން އަހަރެމެން ޣައްޒާ ސަލާމަތްކުރާނަން" ބުނި ކަމަށް ޓަކައި އެއީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް އިޒުރޭލުން ނިންމައި ދެމީހަކު ޖަލަށް ލައިފި.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ދެކޮޅަށް ސުލްޙަވެރި މުޒާހަރާއެއްގައި އަޑުއުފުލި ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލު ދެ މުސްލިމަކު ޖަލަށް ލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް އިސްރާއީލުގެ ހައިފާ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލާގައި ޙުކުމް ކޮށްފައިވަނީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އުމުރުން 42 އަހަރުގެ މަޝްހޫރު ވަކީލު އަޙްމަދު ޚަލީފާއާއި، އުމުރުން 31 އަހަރުގެ އެކްޓިވިސްޓް އަދި ސޯޝަލް ވޯކަރ މުޙައްމަދު ޠާހިރު ޖަބަރީންގެ މައްޗަށެވެ. ކޯޓުން ނިންމާފައިވަނީ އަޙްމަދު ޚަލީފާ އަށްމަސް ދުވަހަށް، އަދި މުޙައްމަދު ޖަބަރީން ހަތަރުމަސްދުވަހަށް ޖަލަށް ލުމަށެވެ. މީގެ އިތުރުން ކޮންމެ މީހަކު 5،000 ނިއު އިސްރާއީލީ ޝެކެލް (ނީސް) އިން ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މި ދެމީހުންގެ މައްޗަށް އިސްރާއީލުން ދަޢުވާ އުފުލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، އަރަބި އާބާދީ ބޮޑު އުއްމުލް ފަހްމް ސިޓީގައި އިސްކޮށް ތިބެގެން ކުރިއަށް ގެންދިޔަ މުޒާހަރާއަކާއި ގުޅިގެންނެވެ. އެއީ ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ޔަހޫދީން ދިން ނުރައްކާތެރި ޙަމަލާއާ ގުޅިގެން ހިތާމަ ފާޅުކުރުމަށާއި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ބޭއްވި ސުލްޙަވެރި މުޒާހަރާއެކެވެ. އިސްރާއީލު ފުލުހުން ބާރުގެ ބޭނުންކޮށް އެ މުޒާހަރާ ރޫޅާލުމަށްފަހު، މި ދެމީހުން ހިމެނޭހެން 11 މީހަކު ހައްޔަރުކުރިއެވެ.

Advertisement

Advertisement 1

އިސްރާއީލުގެ 2016 ވަނަ އަހަރުގެ "ކައުންޓަރ-ޓެރަރިޒަމް ލޯ" (ޓެރަރިޒަމް މަނާކުރާ ޤާނޫނު) ގެ ދަށުން އުފުލި މި ދަޢުވާގައި ކޯޓުން ބުނީ "ޖާނާއި ލެއިން އަހަރެމެން ޣައްޒާ ސަލާމަތްކުރާނަން" ފަދަ ސިޔާސީ ޝިޢާރުތައް އެމީހުން ބޭނުންކުރި ކަމަށާއި އެއީ "ނުސީދާކޮށް ޓެރަރިޒަމަށް ބާރުއެޅުން" ކަމަށް ބަލައި ކުށްކުރިކަމަށް ސާބިތުވާ ކަމަށެވެ.

އިސްރާއީލްފަލަސްތީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

10 ގަޑިއިރު ކުރިން - 12:03

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

2 ދުވަސް ކުރިން - 19:36

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

10 ދުވަސް ކުރިން - 08:53

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

14 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

21 ދުވަސް ކުރިން - 14:29

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

23 ދުވަސް ކުރިން - 06:15