Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަލަސްތީނަށް އެހީވުމަށް މިއަހަރުވެސް 50,000 ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

ފަލަސްތީނަށް އެހީވުމަށް މިއަހަރުވެސް 50,000 ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
50 ދުވަސް ކުރިން - 2 ޖުލައި 2026 13:06
'އަންރުވާ ޕްލެޖިންގް ކޮންފަރެންސް' ގައި ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވާހަކަ ދައްކަވަނީ / ފޮޓޯ:މޯލްޑިވްސް މިޝަން
'އަންރުވާ ޕްލެޖިންގް ކޮންފަރެންސް' ގައި ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވާހަކަ ދައްކަވަނީ / ފޮޓޯ:މޯލްޑިވްސް މިޝަން
ޚުލާސާ

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އުފައްދާފައިވާ 'އަންރުވާ' މެދުވެރިކޮށް ރާއްޖެއިން މީގެ ކުރިން ކޮންމެ އަހަރަކު ދެމުން އައީ 5,000 ޑޮލަރު ނަމަވެސް، މި ސަރުކާރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން މި އަދަދު ދިހަ ގުނަ އިތުރުކޮށް، 50,000 ޑޮލަރަށް ވަނީ ބަދަލުކުރައްވާފައި.

ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސީ ހާލަތުން އަރައިގަތުމަށް އެހީވުމުގެ ގޮތުން، މިއަހަރުވެސް 50,000 ޑޮލަރު (ގާތްގަނޑަކަށް 7.7 ލައްކަ ރުފިޔާ) އެހީގެ ގޮތުގައި ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

މި މަހުގެ 1 ވަނަ ދުވަހު އދ. ގެ މައިމަރުކަޒުގައި ބޭއްވި 'އަންރުވާ ޕްލެޖިންގް ކޮންފަރެންސް' ގައި ރާއްޖޭގެ ފަރާތުން މި އެހީ އިއުލާން ކުރެއްވީ، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އުފައްދާފައިވާ 'އަންރުވާ' މެދުވެރިކޮށް ރާއްޖެއިން މީގެ ކުރިން ކޮންމެ އަހަރަކު ދެމުން އައީ 5,000 ޑޮލަރެވެ. ނަމަވެސް، މި ސަރުކާރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން މި އަދަދު ދިހަ ގުނަ އިތުރުކޮށް، 50,000 ޑޮލަރަށް ބަދަލުކުރައްވާފަ އެވެ.

Advertisement

Advertisement 1

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަލީ ނަސީރު ވިދާޅުވީ، އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ނިންމުމެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ހިމާޔަތްކުރުމާ ގުޅުންހުރި ކަމެއް ކަމަށެވެ. މީގެ އިތުރުން، އަންރުވާގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުރަމުންދާ ދޮގު ތުހުމަތުތައް ފާހަގަކުރައްވައި، އެ އެޖެންސީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލައްވާފަ އެވެ.

އަންރުވާ އަކީ 1948 ވަނަ އަހަރު އދ. އިން ފާސްކުރި ގަރާރަކުން، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިވުމަށް އުފައްދާފައިވާ ހާއްސަ ގޮފިކެވެ. ރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ގައުމެއް ނަމަވެސް، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި އެންމެ ބާރަށް އަޑުއުފުލަމުންދާ އެއް ގައުމެވެ.

ފަލަސްތީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

10 ގަޑިއިރު ކުރިން - 12:03

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

10 ދުވަސް ކުރިން - 08:53

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

31 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

33 ދުވަސް ކުރިން - 13:36

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

60 ދުވަސް ކުރިން - 17:47

އިސްރާއީލާއެކު ވިޔަފާރިކުރުން މަނާކުރަން ނޯވޭއިން ނިންމައިފި

އިސްރާއީލާއެކު ވިޔަފާރިކުރުން މަނާކުރަން ނޯވޭއިން ނިންމައިފި

62 ދުވަސް ކުރިން - 14:46