Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލާއެކު ވިޔަފާރިކުރުން މަނާކުރަން ނޯވޭއިން ނިންމައިފި

އިސްރާއީލާއެކު ވިޔަފާރިކުރުން މަނާކުރަން ނޯވޭއިން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
62 ދުވަސް ކުރިން - 20 ޖޫން 2026 14:46
ނޯވޭ އަދި އިސްރާއީލުގެ ދިދަ---
ނޯވޭ އަދި އިސްރާއީލުގެ ދިދަ---
ޚުލާސާ

ނޯވޭއިން ވަނީ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި ނިއުޒީލެންޑާ ގުޅިގެން، ފަލަސްތީނު މީހުންނަށް އަނިޔާކުރާ ހަރުކަށި ޔަހޫދީންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފަ. ވިޔަފާރި ގުޅުން ކަނޑާލުމާ ގުޅޭގޮތުން އާންމުންގެ ހިޔާލުނެގުމުގެ ވޯޓެއް ވެސް ނަގަން ވަނީ ނިންމާފަ.

ފަލަސްތީނުގެ އިސްތިއުމާރުކޮށްފައިވާ ބިންތަކުގައި އިސްރާއީލުން ގާއިމުކޮށްފައިވާ ޣައިރުގާނޫނީ އާބާދުވުންތަކާ އެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް މަނާކުރުމަށް ނޯވޭ ސަރުކާރުން ނިންމައިފިއެވެ.

ނޯވޭގެ ހާރިޖީ ވަޒީރު އެސްޕެން ބާތު އީޑޭ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހަދާފައިވާ އާބާދުވުންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަން ކަމަށެވެ. މި ނިންމުމުގެ ދަށުން، ފަލަސްތީނުގެ ހުޅަނގު އައްސޭރި، އިރުމަތީ ގުދުސް އަދި ގައްޒާގައި އިސްރާއީލުން ހަދާފައިވާ އާބާދުވުންތަކުގައި އުފައްދާ މުދަލުގެ ވިޔަފާރިކުރުން މަނާކުރާނެއެވެ.

މީގެ އިތުރުން، އެ ސަރަހައްދުތަކުގައި ބިން ގަނެވިއްކުމާއި، އިމާރާތް ކުރުމާއި، މަރާމާތު ކުރުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އެ ސަރަހައްދުތަކުގައި ހިންގާ ވިޔަފާރިތަކާ މުއާމަލާތް ކުރުން ވެސް މަނާކުރުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement 1

އީޑޭ އިތުރަށް ވިދާޅުވީ، އިސްރާއީލުގެ އާބާދުވުންތަކުގެ ސަބަބުންނާއި ހަރުކަށި ޔަހޫދީން ފަލަސްތީނު މީހުންނަށް ދެމުންދާ އަނިޔާތަކުގެ ސަބަބުން ހުޅަނގު އައްސޭރީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. "އާންމުން މަރަމުންދާއިރު، އިގްތިސާދު ވަނީ ހީނަރުވެފައި. އަދި އެތައް ބައެއްގެ ދިރިއުޅުން ވަނީ ބަރުބާދުވެފައި. މިކަންކަން މިހާރުން މިހާރަށް ހުއްޓެންޖެހޭ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ނޯވޭއިން ވަނީ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި ނިއުޒީލެންޑާ ގުޅިގެން، ފަލަސްތީނު މީހުންނަށް އަނިޔާކުރާ ހަރުކަށި ޔަހޫދީންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ.

ނޯވޭ ސަރުކާރުން މިހާރު ވަނީ މިކަމާ ގުޅޭ ގާނޫނު އެކުލަވާލައި، އާންމުންގެ ހިޔާލަށް ހުޅުވާލާފައެވެ. މި މަޝްވަރާތައް ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 19 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާއިން މައުލޫމާތުދެއެވެ.

ނޯވޭއިސްރާއީލްފަލަސްތީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

10 ގަޑިއިރު ކުރިން - 12:03

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

2 ދުވަސް ކުރިން - 19:36

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

10 ދުވަސް ކުރިން - 08:53

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

14 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

21 ދުވަސް ކުރިން - 14:29

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

23 ދުވަސް ކުރިން - 06:15