Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ފާތިމަތު އަނަން މުހައްމަދު
5 ގަޑިއިރު ކުރިން - 31 އޯގަސްޓް 2026 13:09
"ފްރީޑަމް ތިއޭޓާ" ގައި ޕަލަސްތީނުގެ އާޓިސްޓު އަޙްމަދު ތޮބާސީ
"ފްރީޑަމް ތިއޭޓާ" ގައި ޕަލަސްތީނުގެ އާޓިސްޓު އަޙްމަދު ތޮބާސީ
ޚުލާސާ

މި ޑޮކިއުމެންޓްރީއަކީ ފަލަސްތީނުގެ ކުރީގެ ރެސިސްޓެންޓް ފައިޓަރ އަދި އާޓިސްޓު އަހުމަދު ތޮބާސީގެ ދިރިއުޅުމާއި، ޖެނީން ރެފިއުޖީ ކޭމްޕުގައި ހުންނަ މަޝްހޫރު "ފްރީޑަމް ތިއޭޓާ" ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެއް. މި ފިލްމުގެ ޓީމުން ދަނީ ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލްތަކުގައި ފިލްމު ދެއްކުމަށް ރާވަމުން.

މަޝްހޫރު ރޮކް ބޭންޑް 'ޕިންކް ފްލޮއިޑް' ގެ ކޯ-ފައުންޑަރ ރޮޖާ ވޯޓާސް، ފަލަސްތީނުގެ އާޓިސްޓެއްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ޑޮކިއުމެންޓްރީ 'ފްރީޑަމް ތިއޭޓާ' ގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ސޮއިކޮށްފިއެވެ.

ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ފާހަގަކޮށްލެވޭ ރޮޖާ ވޯޓާސްއަކީ ވެނިސް ފިލްމު ފެސްޓިވަލްއިން ފަލަސްތީނަށް ތާއީދުކޮށް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި ދާދިފަހުން ނެރުނު އޯޕަން ލެޓާގައި ސޮއިކުރި ސަތޭކައަށްވުރެ ގިނަ އާޓިސްޓުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ޑައިރެކްޓަރު ރިޝީ ޕެލްހަމް އުފައްދާ މި ޑޮކިއުމެންޓްރީއަކީ ފަލަސްތީނުގެ ކުރީގެ ރެސިސްޓެންޓް ފައިޓަރ އަދި އާޓިސްޓު އަހުމަދު ތޮބާސީގެ ދިރިއުޅުމާއި، ޖެނީން ރެފިއުޖީ ކޭމްޕުގައި ހުންނަ މަޝްހޫރު "ފްރީޑަމް ތިއޭޓާ" ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދާނީ އިސްރާއީލުގެ ހަމަލާތަކާއި ހަމަނުޖެހުންތަކުގެ ތެރޭގައިވެސް އެ ތިއޭޓާ ހިންގުމަށް ތޮބާސީ ކުރާ ހިތްވަރުގަދަ މަސައްކަތްތަކެވެ.

Advertisement

Advertisement 1

މި ފިލްމުގެ ޝޫޓިންގ 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންގޮސްފައިވާއިރު، މިހާރު ފިލްމު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގެ އެންމެ ފަހުގެ މަރުހަލާގައެވެ. ފިލްމުގެ އޮރިޖިނަލް ސައުންޑްޓްރެކް ތައްޔާރުކުރުމުގައި ފަލަސްތީނުގެ މަޝްހޫރު އާޓިސްޓުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި މަޝްހޫރު ޓެކްނޯ ޑީޖޭ އަދި ޕްރޮޑިއުސަރު ސަމާ އަބްދުލްހާދީ ހިމެނެއެވެ.

ލަންޑަންގެ 'ބޭތުޓަބް ފިލްމްސް' އިން ޕެލްހަމް އަދި ސުޒާން ހާބް ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޓީމުން ދަނީ ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލްތަކުގައި ފިލްމު ދެއްކުމަށް ރާވަމުންނެވެ.

ފަލަސްތީންޑޮކިއުމެންޓްރީރޮޖާ ވޯޓާސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

10 ދުވަސް ކުރިން - 12:03

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

20 ދުވަސް ކުރިން - 08:53

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

41 ދުވަސް ކުރިން - 13:45

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%