
ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ އޮންލައިންކޮށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފި. މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ސަފީރު ދެއްވި.
4 ދުވަސް ކުރިން - 13:30
މި ޑޮކިއުމެންޓްރީއަކީ ފަލަސްތީނުގެ ކުރީގެ ރެސިސްޓެންޓް ފައިޓަރ އަދި އާޓިސްޓު އަހުމަދު ތޮބާސީގެ ދިރިއުޅުމާއި، ޖެނީން ރެފިއުޖީ ކޭމްޕުގައި ހުންނަ މަޝްހޫރު "ފްރީޑަމް ތިއޭޓާ" ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެއް. މި ފިލްމުގެ ޓީމުން ދަނީ ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލްތަކުގައި ފިލްމު ދެއްކުމަށް ރާވަމުން.
8 ދުވަސް ކުރިން - 13:09
މި ހަމަލާގައި އެންބީސީގެ ކޮރެސްޕޮންޑެންޓް މެޓް ބްރެޑްލީގެ އަތަށް ދެފަހަރެއްގެ މަތިން ހަމަލާދީފައިވާއިރު، އޭނާއާއި ޓީމުގެ އިތުރު ތިން މެންބަރަކަށް ވަނީ ކްލިނިކަކުން ފަރުވާދީފަ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި ވެސްޓް ބޭންކުން 76 ފަލަސްތީނުން ވަނީ ޝަހީދުވެފަ.
10 ދުވަސް ކުރިން - 11:13
ބައިނަލްއަގުވާމީ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޣައްޒާގައި މިހާތަނަށް 6,000 އަށްވުރެ ގިނަ މީހުންގެ ގުނަވަން ބުރިކޮށްފައިވާއިރު، މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ އުމުރުން ހަގު ކުދިން.
11 ދުވަސް ކުރިން - 22:41
ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، ޚާން ޔޫނިސްގެ ދެކުނާއި ހުޅަނގުގެ އަވަށްތަކަށް އަމާޒުކޮށް ޔަހޫދީންގެ ޓޭންކުތަކުންނާއި ބަޑީގެ ބާރުގަދަ ހަމަލާތައް ދަނީ މެދުކެނޑުމެއް ނެތި ދެމުން.
17 ދުވަސް ކުރިން - 14:34
ޔަހޫދީން ގެންދަނީ އަގްސާ މިސްކިތް މުސްލިމުންގެ އަތުން މުޅިން އަތުލުމަށް އައު ރޭވުންތަކެއް ރާވަމުން. އަންނަ ބުރާސްފަތި ދުވަހު އަގްސާ ސަރަހައްދުގައި މުޒާހަރާކޮށް އެތަން ޔަހޫދީ ކުރުމަށް އިޒުރޭލު ސަރުކާރަށް ބާރުއެޅުމަށް ޔަހޫދީން ވަނީ ނިންމާފަ.
19 ދުވަސް ކުރިން - 12:03
މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށުނު ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ފުޓްބޯޅަ ހަރަކާތްތައް މުޅިން ހުއްޓިފައި އޮތުމަށްފަހު ބާއްވާ މިފަދަ މުބާރާތް. ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކުން 44 ޓީމު ވެސް ވާދަކުރޭ.
29 ދުވަސް ކުރިން - 08:53
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުންނާއި ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، އިސްރާއީލުން ހުއްދަ ނެތްކަމަށް ބުނެ ގެދޮރު ތަޅާލަނީ ފަލަސްޠީނުގެ ބިންތަކުން އެމީހުން ބޭރުކޮށް، ޔަހޫދީ ވަޒަންވެރިންނަށް ޖާގަ ހެދުމުގެ ސިޔާސަތެއްގެ ދަށުން.
49 ދުވަސް ކުރިން - 13:45

ޣައްޒާގެ ހޮސްޕިޓަލްތަކުން ބޭހާއި މެޑިކަލް ސާމާނު ހުސްވަމުންދާތީ، ޒަހަމްވި 60 މީހުންނަށް ފުރާނަ ސަލާމަތްކުރެވޭފަދަ އެކަށީގެންވާ ފަރުވާއެއް ދިނުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ
51 ދުވަސް ކުރިން - 13:36
ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އުފައްދާފައިވާ 'އަންރުވާ' މެދުވެރިކޮށް ރާއްޖެއިން މީގެ ކުރިން ކޮންމެ އަހަރަކު ދެމުން އައީ 5,000 ޑޮލަރު ނަމަވެސް، މި ސަރުކާރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން މި އަދަދު ދިހަ ގުނަ އިތުރުކޮށް، 50,000 ޑޮލަރަށް ވަނީ ބަދަލުކުރައްވާފައި.
68 ދުވަސް ކުރިން - 13:06
ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ޔަހޫދީން ދިން ނުރައްކާތެރި ޙަމަލާއާ ގުޅިގެން އިޒުރޭލުގައި ބޭއްވި ސުލްޙަވެރި މުޒާހަރާގައި “ޖާނާއި ލެއިން އަހަރެމެން ޣައްޒާ ސަލާމަތްކުރާނަން" ބުނި ކަމަށް ޓަކައި އެއީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް އިޒުރޭލުން ނިންމައި ދެމީހަކު ޖަލަށް ލައިފި.
78 ދުވަސް ކުރިން - 17:47
ނޯވޭއިން ވަނީ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި ނިއުޒީލެންޑާ ގުޅިގެން، ފަލަސްތީނު މީހުންނަށް އަނިޔާކުރާ ހަރުކަށި ޔަހޫދީންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފަ. ވިޔަފާރި ގުޅުން ކަނޑާލުމާ ގުޅޭގޮތުން އާންމުންގެ ހިޔާލުނެގުމުގެ ވޯޓެއް ވެސް ނަގަން ވަނީ ނިންމާފަ.
80 ދުވަސް ކުރިން - 14:46
ހުޅަނގު އައްސޭރީގެ ހުރިހާ ހިސާބެއްގައި ގަވާއިދާ ހިލާފަށް އިސްރާއީލުގެ ގާތްގަނޑަކަށް 500،000 މީހުން އުޅޭ އިރު، ކޮންމެ ދުވަހަކު އެވްރެޖްކޮށް ހަފަހަރު މަތިން މުސްލިމުންގެ ގައިގައި ތަޅައި ގެތަކާއި ފިހާރަތަކާއި ދަނޑުތަކާއި ޖަނަވާރުތަކަށް ޙަމަލާދީ ޖެއްސުންކޮށް އަނިޔާވެރި ޢަމަލު ހިންގާ.
88 ދުވަސް ކުރިން - 15:02