
މިއަދުގެ ހުރިހާ ރައްޔިތުންގެ އަޒުމަކަށް ހަދަންވީ ކާބަފައިންގެ އެ އަގުހުރި ޖިހާދުން އިބުރަތް ލިބިގަނެ، ބޭރުގެ ނުފޫޒުތަކަށް ފުރުސަތު ނުދީ، އެއް ރޫހެއްގައި އަދި އެއް ބައެއްގެ ގޮތުގައި ޤައުމީ ވިސްނުމުގައި ފިޔަވަޅުތައް ކުރިއަށް އެޅުން.
26 ދުވަސް ކުރިން - 14:34
މިއަދު ދިވެހިންގެ މެދުގައި އާލާކުރަންވީ އެންމެ މުހިންމު އަޒުމަކީ އަހުލާގީ ރަނގަޅު ސިފަތައް އަށަގެންނެވުމާއި، ތަހުޒީބީ ސިފަތަކާއި އަހުލާގީ އަގުކުރުންތައް ދައުލަތުގެ ހިންގުމުގެ ތެރޭގައި ދިރުވައި އާލާކުރުން ކަމަށް ރައީސް ވިދާޅުވި.
26 ދުވަސް ކުރިން - 14:01
ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ނުވަވަނަ ހަސަން ރަސްގެފާނު ބޭރު ބާރަކާއެކު ދީނާއި ގައުމަށް ހިޔާނާތްތެރިވުމުން، ދިވެހިން އިސްކުރީ ގައުމީ ވިސްނުން ކަމަށް. ކަޅުއޮއްފުންމި ބަންނަން މުޅި ރާއްޖޭން ދިން އެއްބާރުލުމުން ފެންނަނީ އެއްބައިވަންތަކަން ކަމަށް ރައީސް ވިދާޅުވި.
26 ދުވަސް ކުރިން - 13:47
ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ އަސްލަކީ އިސްލާމްދީންކަމަށާއި، ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރަން އުޅުމަކީ ޤައުމުގެ މިނިވަންކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމެއްކަމަށް. ދީން ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުރެވޭ ޚިޔާނާތެއްކަމަށް އެމަނިކުފާނު ހަނދާންކޮށްދެއްވި.
26 ދުވަސް ކުރިން - 13:46
ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ އަސްލަކީ ކީރިތި ޤުރުއާން ކަމަށްވާއިރު، އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ގެއްލި ނުރައްކަލަށް ހުށަހެޅޭތީ، މިފަދަ ޤާނޫނުތައް ހެދުން ކުރިއާލައި ހުއްޓުވޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައި އޮންނަންޖެހޭ ކަމަށް.
26 ދުވަސް ކުރިން - 13:22
މި ބިނާ ފަރުމާކޮށްފައިވަނީ ދިވެހި ފަންނުވެރިކަމާއި އިސްލާމީ ޙަޟާރަތުގެ ފުރިހަމަކަން ދައްކުވައިދޭ ގޮތަށް. ކަޅުއޮށްފުންމީގެ ހަ ފަހުލަވާނުން ރަމްޒުކޮށްދޭ ގޮތަށް ހަ ތަނބުގެ މައްޗަށް ބިނާކޮށްފައިވާ މި ދޮރާށީގެ ސަބަބުން ތާރީޚީ އުތީމުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމަކާއި ދިރުމެއް ލިބިގެންދޭ.
26 ދުވަސް ކުރިން - 11:05
މި އަހަރުގެ ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި އުތީމުގައި ފާހަގަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެއް. މިފަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި އުތީމު ރައްޔިތުންނަށް، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު އެރުވުމަށް ވަނީ ހަމަޖެހިފަ.
26 ދުވަސް ކުރިން - 10:54
ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ޚާއްޞަ މެސެޖުގައި މީގެ 467 އަހަރު ކުރިން "ކަނޑުގެބާޒުގެ" ނަމުން މަޝްހޫރުވި ފުރެތިކާލުންގެ އަޅުވެތިކަމަށް ރާއްޖެ ސިއްސައިގެން ދިޔައީވެސް، ޤައުމަށް ހެޔޮނޭދޭ އަމިއްލައެދުން ބޮޑު ބައެއްގެ ސަބަބުން ކަން ވަނީ ފާހަގަކުރައްވާފަ.
27 ދުވަސް ކުރިން - 10:57
ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގަ. ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެ ވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް.
27 ދުވަސް ކުރިން - 10:08
ރައީސް މިޝަރަފު އެރުވުމަށް ކަނޑައެޅުއްވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދިން އަހަންމިއްޔަތުކަމުގެ އަގު ސަރުކާރުން ވަޒަންކުރުމުގެ ގޮތުންކަމަށް ރައީސްއޮފީހުން ފާހަގަކުރި.
383 ދުވަސް ކުރިން - 13:46
ނައިބު ރައީސްގެ މި ދަތުރުފުޅަކީ ޤައުމީ ދުވަހާ ގުޅިގެން ކުރެއްވި ދަތުރުފުޅަކަށް ވުމާއެކު، އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް، އެ ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވި
732 ދުވަސް ކުރިން - 14:32
އިސްލާމީ އަޚްލާޤަކީ މުސްލިމުންގެ ދިރިއުޅުމުގެ އަސާސު، އެއީ ހެޔޮ އަޚްލާޤު، ރިވެތި އާދަތައް އަދި ރަނގަޅު ގުޅުންތައް ބިނާކުރުމުގެ މައިގަނޑު ބިންގާ. މި އާދަކާދަތައް ދިރުވައި އާލާކުރަން ޖެހެނީ އެތައް ސަބަބުތަތައް ރައީސް ޑރ. މުއިއްޒު މިއަދު ބޭއްވުނު ޤައުމީ ދުވަހުގެ ޖަލްސާގައި އަލިއަޅުވާލި.
735 ދުވަސް ކުރިން - 21:19
ނައިބު ރައީސް ވިދާޅުވެފައިވަނީ، ޤައުމުގެ މިނިވަންކަމަށް އެއްވެސް ގޮތަކުން އުނިކަމެއް އަތުވެދާނެ ފަދަ ކަމަކަށް ޖާގައެއް ނުދެއްވާނެ ކަމަށް.
736 ދުވަސް ކުރިން - 14:31