Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޢަޒުމު ކަނޑައަޅަންވީ އިޤުތިޞާދީ އަދި ސިޔާސީގޮތުން ރާއްޖެ މިނިވަންކަންމަތީ ބޭއްވުމަށް: ނައިބު ރައީސް

ޢަޒުމު ކަނޑައަޅަންވީ އިޤުތިޞާދީ އަދި ސިޔާސީގޮތުން ރާއްޖެ މިނިވަންކަންމަތީ ބޭއްވުމަށް: ނައިބު ރައީސް

އައިޝަތު ރުވާ ރިފްޢަތު
736 ދުވަސް ކުރިން - 4 ސެޕްޓެންބަރު 2024 14:31
ނައިބު ރައީސް  ޙުސައިން މުޙައްމަދު ލަޠީފް ޕޮޓޯ: ޚުލާސާ
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ޕޮޓޯ: ޚުލާސާ
ޚުލާސާ

ނައިބު ރައީސް ވިދާޅުވެފައިވަނީ، ޤައުމުގެ މިނިވަންކަމަށް އެއްވެސް ގޮތަކުން އުނިކަމެއް އަތުވެދާނެ ފަދަ ކަމަކަށް ޖާގައެއް ނުދެއްވާނެ ކަމަށް.

ކޮންމެ ދިވެއްސަކުވެސް ޤައުމުގެ އިޤުތިޞާދީ އަދި ސިޔާސީ މިނިވަންކަން ދެމެހެއްޓުމަށް ޢަޒުމު ކަނޑައަޅަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.

ނައިބު ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދަކީ ހުރިހާ ޒަމާނަކަށް އޮތް ނަމޫނާއެކެވެ. އަދި ދިވެހިންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ޤައުމީ ދުވަހުގައި ޢަޒުމު ކަނޑައެޅުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބޮޑުތަކުރުފާނުގެ ޖިހާދުން ޢިބުރަތް ޙާސިލްކޮށް ޤައުމުގެ ޙައްޤުގައި ޖިހާދުކުރާނެ ޚިދުމަތްތެރި ދަރިންތަކެއް ބިނާކުރުމަށް އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންޖެހޭ. ސަރުކާރުގެ ސިޔާސަތަކީ އެންމެ ފުރަތަމަ މި ޤައުމަށް އިސްކަންދިނުމުގެ ސިޔާސަތު. ރައީސް އަބަދުވެސް ގެންދަވަނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ދިވެހިންގެ އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވުމަށް މަސައްކަތްކުރައްވަމުން." ނައިބު ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ނައިބު ރައީސް ވިދާޅުވީ، ޤައުމުގެ މިނިވަންކަމަށް އެއްވެސް ގޮތަކުން އުނިކަމެއް އަތުވެދާނެ ފަދަ ކަމަކަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަދި ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގައި، ޤައުމަށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށް އެންމެހައި ރައްޔިތުންނަށް ގޮވާލެއްވިއެވެ.

ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިއީ 1573 ވަނަ އަހަރު ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންވި ދުވަހެވެ. އެދުވަހު 6 ބޭކަލަކު ޖިހާދުކޮށްގެން ދިވެހިރާއްޖެއަށް މިނިވަންކަން ހޯދައިދެއްވިއެވެ. މި ދުވަހުގެ ބަޠަލަކީ ހއ. އުތީމަށް އުފަން އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގައުމީ ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަދު ބަޔަކު ގޯޅި އެޅިޔަސް، މުޅި ރާއްޖެ އެއިރުވެސް ނުކުތީ ޤައުމީ ފަޅިއަށް - ރައީސް

“މަދުބަޔަކު ގޯޅި އެޅިޔަސް، މުޅި ރާއްޖެ އެއިރުވެސް ނުކުތީ ޤައުމީ ފަޅިއަށް”

26 ދުވަސް ކުރިން - 14:34

ލިބިފައިވާ ހައްގުތަކާއި ލުއިތައް ބޭނުންކުރިޔަސް، މަސައްކަތުގެ ވަގުތު އަމާނާތްތެރިވޭ – ރައީސް

ހައްގުތަކާއި ލުއިތައް ބޭނުންކުރިޔަސް، މަސައްކަތުގެ ވަގުތު އަމާނާތްތެރިވޭ – ރައީސް

26 ދުވަސް ކުރިން - 14:01

ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބާއި އޭރުގެ ރާއްޖޭގެ ހާލަތު އެނބުރިގެން ދިޔަ ގޮތް ހަނދާނަން ގެންނަންޖެހޭ: ރައީސް

"ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބު ހަނދާނަށް ގެންނަންޖެހޭ"

26 ދުވަސް ކުރިން - 13:47

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

26 ދުވަސް ކުރިން - 13:46

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

26 ދުވަސް ކުރިން - 13:22

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސް ހުޅުއްވައިދެއްވައިފި

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސް ހުޅުއްވައިދެއްވައިފި

26 ދުވަސް ކުރިން - 11:05