Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

ހުސައިން އިސްމާއިލް
2 ގަޑިއިރު ކުރިން - 15 އޯގަސްޓް 2026 10:54
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އުތީމުން ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފަ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އުތީމުން ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފަ.
ޚުލާސާ

މި އަހަރުގެ ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި އުތީމުގައި ފާހަގަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެއް. މިފަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި އުތީމު ރައްޔިތުންނަށް، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު އެރުވުމަށް ވަނީ ހަމަޖެހިފަ.

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިލަދުންމަތީ އުތުރުބުރީ އުތީމަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން، އުތީމު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ކުރައްވާ މި ޒިޔާރަތުގައި ޤައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، ބޮޑުތަކުރުފާނު ދޮރާށި ހުޅުއްވައިދެއްވުމާއި، "ވާހަކަ ވައު" ހުޅުއްވައިދެއްވުމުގެ އިތުރުން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement

Advertisement 1

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އުތީމު ރައްޔިތުންނަށް، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު އެރުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހި ދަޢުލަތުގެ ޢިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފާއި އިނާމު ދެއްވުންވެސް މި ޖަލްސާގައި ކުރިއަށްގެބްދަވާނެއެވެ.

މި އަހަރުގެ ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި އުތީމުގައި ފާހަގަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގައުމީ ދުވަސްހއ. އުތީމު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

8 މިނެޓު ކުރިން - 13:22

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސް ހުޅުއްވައިދެއްވައިފި

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސް ހުޅުއްވައިދެއްވައިފި

2 ގަޑިއިރު ކުރިން - 11:05

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް: ރައީސް

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް: ރައީސް

21 ގަޑިއިރު ކުރިން - 15:37

2027 އަކީ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ނިންމާނެ އަހަރަށް ވެގެންދާނެ: ރައީސް

"2027 އަކީ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ނިންމާނެ އަހަރަށް ވެގެންދާނެ"

22 ގަޑިއިރު ކުރިން - 15:08

ޤައުމަށް ލިބުނު ކޮންމެ އަނިޔާއެއްގެ ފަހަތުގައިވަނީ ޚިޔާނާތްތެރިން: ރައީސް

ޤައުމަށް ލިބުނު ކޮންމެ އަނިޔާއެއްގެ ފަހަތުގައިވަނީ ޚިޔާނާތްތެރިން: ރައީސް

1 ދުވަސް ކުރިން - 10:57

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންފި

1 ދުވަސް ކުރިން - 10:08