ރައީސް ވިދާޅުވީ އިޖްތިމާޢީ އޮއިވަރުތަކުގައި ޒުވާން ޖީލު ހިމެނިގެންދާއިރު، އޭގެ ނޭދެވޭ އަސަރު ވަޒަންކުރެވެނީ ވަރަށް މަދު ބަޔަކަށްކަން.
736 ދުވަސް ކުރިން - 13:03
ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި 180 އަށް ވުރެ ގިނަ ގައުމުގައި ދިވެހި އައިޑެންޓިޓީ ދެމެހެއްޓުމާ ބެހޭ ގޮތުން އެ ސެންޓަރުން ވަނީ ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކޮށްފަ. ސަގާފީ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށް، ދިވެހި ގައުމިއްޔަތުގެ އަސާސީ އުސޫލުތަކާ ބެހޭ ގޮތުން 800 އަށް ވުރެ ގިނަ ފަންނީ ބޭފުޅުންނަށް ތައުލީމު ދީފަ
736 ދުވަސް ކުރިން - 12:29
އެއީ މެންބަރ ޝިޕް ކޮލެޖެއް. މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާނެ ކޮލެޖެއް. މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚާ އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ލެންސުތަކުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިޔުން. ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުން.
736 ދުވަސް ކުރިން - 12:25
ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، ދިވެހިންގެ ޒަމާންވީ ރަނގަޅު ސިފަތަކާއި އަސްލުވަންތަކަން އިޢާދަކުރުމަށް ރައީސް އިސްކަންދެއްވާތީ ޝުކުރު އަދާކުރައްވާ ކަމަށް.
736 ދުވަސް ކުރިން - 11:50
ދިވެހިރާއްޖޭގެ ޝަރަފުވެރިކަމުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ލިބިދީފައިވާ ބާރުގެ ދަށުން ރައީސް ދެއްވި މި ޝަރަފުވެރި އެވޯޑާއި ޙަވާލުވެވަޑައިގަތީ ޝައިޚް ހުސައިން ސަލާހުއްދީންގެ ކާފަދަރިފުޅު އަހުމަދު ޝިހާބު.
736 ދުވަސް ކުރިން - 11:07