Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

ހުސައިން އިސްމާއިލް
59 މިނެޓު ކުރިން - 15 އޯގަސްޓް 2026 13:22
ޤައުމީ ދުވަސް އިހުތިފާލުކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ.
ޤައުމީ ދުވަސް އިހުތިފާލުކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ.
ޚުލާސާ

ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ އަސްލަކީ ކީރިތި ޤުރުއާން ކަމަށްވާއިރު، އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ގެއްލި ނުރައްކަލަށް ހުށަހެޅޭތީ، މިފަދަ ޤާނޫނުތައް ހެދުން ކުރިއާލައި ހުއްޓުވޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައި އޮންނަންޖެހޭ ކަމަށް.

ދިވެހިރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ ދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ޤާނޫނެއް ރާއްޖޭގައި އުފަންނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ބޮޑު އިސްލާހެއް ހުށަހަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

މި އަހަރުގެ ޤައުމީ ދުވަސް އިހުތިފާލުކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ އަސްލަކީ ކީރިތި ޤުރުއާން ކަމަށްވާއިރު، އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ގެއްލި ނުރައްކަލަށް ހުށަހެޅޭތީ، މިފަދަ ޤާނޫނުތައް ހެދުން ކުރިއާލައި ހުއްޓުވޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައި އޮންނަންޖެހޭ ކަމަށެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ޤާނޫނުތައް ނުހެދޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަމަލީ ގޮތުން އެކަންކަން ބެލުމުގެ ހުރިހާ ޒިންމާއެއް މިހާރު މަތިކޮށްފައި ވަނީ ހަމައެކަނި ޝަރުޢީ ކޯޓުތަކަށެވެ. މީގެ ސަބަބުން، ކޯޓުތަކަށް ވަކި ޤާނޫނަކާ ގުޅޭގޮތުން އެފަދަ އިލްތިމާސެއް ނުވަތަ މައްސަލައެއް ހުށަނޭޅޭނަމަ، އެ ޤާނޫނެއްގެ އިސްލާމްވަންތަކަން ކުރިއާލައި ކަށަވަރުކުރެވޭނެ އެއްވެސް އިޖުރާއީ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ނެތެވެ. އެހެންކަމުން، މިހާރު ކަންކަން އޮތް މި އޮތުމަށް ނިމުމެއް ގެންނަވައި، ޤާނޫނުތައް ފާސްވުމުގެ ކުރިންވެސް އޭގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ވަރުގަދަ އޮނިގަނޑެއް އެކުލަވައިލުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވުމަށްޓަކައި ސަރުކާރުން ތައްޔާރުކުރާ މި އިސްލާހު މަޖިލީހަށް ހުށަހެޅުމުން، ރާއްޖޭގެ ޤާނޫނީ އަދި ދީނީ ސިޔާދަތު ހިމާޔަތްކުރުމަށް އާ ބާރެއް ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދީންރައްޔިތުންގެ މަޖިލިސްގާނޫނު އަސާސީގައުމީ ދުވަސްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލިބިފައިވާ ހައްގުތަކާއި ލުއިތައް ބޭނުންކުރިޔަސް، މަސައްކަތުގެ ވަގުތު އަމާނާތްތެރިވޭ – ރައީސް

ހައްގުތަކާއި ލުއިތައް ބޭނުންކުރިޔަސް، މަސައްކަތުގެ ވަގުތު އަމާނާތްތެރިވޭ – ރައީސް

20 މިނެޓު ކުރިން - 14:01

ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބާއި އޭރުގެ ރާއްޖޭގެ ހާލަތު އެނބުރިގެން ދިޔަ ގޮތް ހަނދާނަން ގެންނަންޖެހޭ: ރައީސް

"ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބު ހަނދާނަށް ގެންނަންޖެހޭ"

34 މިނެޓު ކުރިން - 13:47

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

35 މިނެޓު ކުރިން - 13:46

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސް ހުޅުއްވައިދެއްވައިފި

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސް ހުޅުއްވައިދެއްވައިފި

3 ގަޑިއިރު ކުރިން - 11:05

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

3 ގަޑިއިރު ކުރިން - 10:54

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް: ރައީސް

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް: ރައީސް

22 ގަޑިއިރު ކުރިން - 15:37