
މިއީ މިއަހަރު ފޮނުވާ ފުރަތަމަ ގްރޫޕު. މިކަމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ އެންސްޕާއަށް ވަނީ ޖަމާކޮށްފަ. އިތުރު 4 ކުއްޖަކު ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، 2024 އިން ފެށިގެން މި ފަރުވާއަށް ޒަކާތު ފަންޑުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ.
49 ދުވަސް ކުރިން - 22:51
ޔުނިސެފުން ހަދިޔާކުރި 28,000 ޑޯޒްގެ މި ވެކްސިނަކީ، ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދީފައިވާ ވަރަށް މުހިންމު އެހީއެއްކަމަށް މިނިސްޓަރީން ފާހަގަކުރި
52 ދުވަސް ކުރިން - 20:10
ސަރުކާރާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ އަމާޒަކީ އާއިލީ މައްސަލަތަކަށް ކޯޓުން ބޭރުގައި ސުލްހަވެރި ހައްލު ހޯދައިދޭނެ މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުން. މީގެ ސަބަބުން އާއިލީ ގުޅުންތައް ބަދަހިވެ، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް މަގުފަހިވާނެ.
70 ދުވަސް ކުރިން - 15:58
މި ބަދަލަކީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގެނެވޭ ބަދަލެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރޭ. ރަށަކުން ފޯމު ފުރައިދޭ ޑޮކްޓަރަކީ ޚާއްޞަ ޑޮކްޓަރަކަށް ނުވުމުގެ ސަބަބުން ދިމާވާ ދަދިތަކަށް ވެސް ހައްލު ހޯދުމުގެ ހިދުމަތްތައް ދެން ދާނީ އާދަންދައިގެ ދަށުން.
90 ދުވަސް ކުރިން - 20:58
"އުފަކާރަ" ތަމްރީނު ޕްރޮގްރާމަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް މައުލޫމާތާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ މުހިންމު ޕްރޮގްރާމެއް.
126 ދުވަސް ކުރިން - 00:52
ހަގީގަތާ ހިލާފު ވާހަކަ ފެތުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށް އާންމުންނަށާއި މީޑިއާތަކަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވޭ.
127 ދުވަސް ކުރިން - 20:47
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 50 މައްސަލައެއް ހުށަހެޅިފައިވާއިރު މީގެ ތެރޭގައި 40 އަންހެން ކުދިން ހިމެނޭ.
130 ދުވަސް ކުރިން - 18:05
ހެރިޓޭޖުގެ ދަށަށް އާޓްސް ވަނީ ބަދަލުކޮށްފައި. އަދި ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ ވަނީ އެއްކޮށްލާފައި.
137 ދުވަސް ކުރިން - 19:21
އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ހިލޭ ލިބޭނެ އިތުރު ދާއިރާތަކެއް ކަނޑައަޅާ ސަރުކާރުން އެކަން އިއުލާނުކޮށްފި،އެ އިސްލާހުގެ ދަށުން ހަ ހާލަތެއްގައި ހިލޭ ހިދުމަތް ލިބޭނެ
149 ދުވަސް ކުރިން - 09:01
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 11.24 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭގައި ނިންމުމަށް.
157 ދުވަސް ކުރިން - 21:23
މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 135 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
165 ދުވަސް ކުރިން - 14:54
ބޭސް އެތެރެކުރުމަށް ވަކި ހާއްސަ ކުންފުންޏެއް އުފެއްދުމުގެ ސަބަބުން މުޅި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެވި އެކަން ހައްލުކުރާނެ މީހުން މިހާރު އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި
170 ދުވަސް ކުރިން - 12:05
އެމްބިއުލާންސް ނެތް ރަށްރަށަށާއި، ބޭނުންކުރަމުންދާ އެމްބިއުލާންސް ބާވެ ހަލާކުވެފައިވާ ރަށްރަށަށް އައު އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ މެދުކެނޑުމެއްނެތި ކުރަމުން.
172 ދުވަސް ކުރިން - 15:36