Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
92 ދުވަސް ކުރިން - 24 އޭޕްރިލް 2026 20:47
ރޯޝަނީ ބިލްޑިން. / ފޮޓޯ: ޕީއެސްއެމް
ރޯޝަނީ ބިލްޑިން. / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ހަގީގަތާ ހިލާފު ވާހަކަ ފެތުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށް އާންމުންނަށާއި މީޑިއާތަކަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވޭ.

މުޖުތަމައުގައި ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާ ފަދަ ހިތާމަވެރި ހާދިސާތަކާ ގުޅިގެން، ހަގީގަތާ ހިލާފު ވާހަކަތަކާއި ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށް މިނިސްޓްރީ އޮފް ހެލްތުން އިލްތިމާސްކޮށްފި އެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ހިނގަމުންދާ ހިތާމަވެރި ހާދިސާތަކާމެދު ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި އެކަކު އަނެކަކަށް ހަމްދަރުދީއާއި އޯގާތެރިކަމާއެކު މުއާމަލާތް ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބާރުއަޅާފައިވަނީ މީސްމީޑިއާގައި ފަތުރާ ކަށަވަރުނުވާ މައުލޫމާތުތަކާއި ހިތްދަތި މަންޒަރުތަކުގެ ސަބަބުން، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ އަސަރުތަކެއް ކުރާނެ ކަމަށެވެ. އެހެންކަމުން، ހަގީގަތާ ހިލާފު ވާހަކަ ފެތުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށް އާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކޮށްފައިވެ އެވެ.

Advertisement

Advertisement 1

"ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަމާނާތެއް. އަނެކާގެ ވާހަކަ ކަނުލާ އަޑުއަހާލުމަކީ ނުވަތަ ދެވޭ ކުޑަ އޯގާތެރިކަމަކީވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" ބަޔާނުގައިވެ އެވެ.

ނަފްސާނީ ދަތިތަކެއް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްކާތެރި އޯގާތެރި މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ ޝާމިލު ޒިންމާއެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.

ކުޑަކުދިންމިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

14 ދުވަސް ކުރިން - 22:51

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

17 ދުވަސް ކުރިން - 20:10

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

36 ދުވަސް ކުރިން - 15:58

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

53 ދުވަސް ކުރިން - 03:12

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

55 ދުވަސް ކުރިން - 12:41

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

55 ދުވަސް ކުރިން - 20:58