Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

About UsPrivacy PolicyEditorial PolicyAdvertiseTerms

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހިންމަފުށީ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހިންމަފުށީ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހައްވާ މިރުފާ
66 ދުވަސް ކުރިން - 25 މާޗް 2026 21:23
ހިމަފުށި ސިއްހީ މަރުކަޒު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން---ފޮޓޯ:ޚުލާސާ
ހިމަފުށި ސިއްހީ މަރުކަޒު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން---ފޮޓޯ:ޚުލާސާ
ޚުލާސާ

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 11.24 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭގައި ނިންމުމަށް.

ކ.ހިންމަފުށިގައި ސަރުކާރުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސިއްހީ މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ކ.ހިންމަފުށީގައި ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެގޮތުން އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު، އަހްމަދު ޝަރީފު އަބްދުލް ރަހްމާން ޔޫސުފު އެވެ.

އެމްޓީސީސީއިން ބުނީ ހިންމަފުށީ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް އިތުރު ކުރާ އިމާރަތް ހަދާނީ 5767 އަކަފޫޓުގެ ސަރަހައްދެއްގައި ކަމަށެވެ. އަދި އެމްޓީސީސީން ހިންމަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއަކީ 11.24 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭގައި އެ ކުންފުނިން ނިންމަންޖެހޭ މަޝްރޫއެކެވެ.

ހިންމަފުއްޓަކީ ގާތްގަނޑަކަށް 1310 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެގޮތުން ރައްޔިތުންނަށްޓަކައި ސަރުކާރުން ރާވާފައިވާ މަޝްރޫއުގެ މަސައްކަތް ފުރިހަމަވުމުން އެ ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އެމްޓީސީސީ ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އެމްޓީސީސީއިން ބުނީ ވޭތުވެދިޔަ 45 އަހަރުތެރޭ އެ ކުންފުނިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްނިންމައިފަ ކަމަށެވެ. އެގޮތުން އެ ކުންފުނިން ކާމިޔާބުކަމާއެކު ނިންމާ މަޝްރުއޫތަކުގެ ސަބަބުން މުޅި ރަށުގެ އާބާދީއަށް ފާހަގަކުރެވޭ ފައިދާތަކެއް ކުރާ ކަމަށް އެމްޓީސީސީން ވަނީ ފާހަނގަކޮށްފަ އެވެ.

ކ.ހިންމަފުށީގައި ތަރައްގީކުރާ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން އެ ރަށުގެ ރައްޔިތުން ދަތުރު ފަތުރުކުރުމަށް ޓަކައި އުފުލަންޖެހޭ ތަކުލީފާއި ހަރަދު ކުޑަވާނެ އެވެ.

އެމްޓީސީސީމިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާކ. ހިންމަފުށި
Ad
Ad

ގުޅޭ ޚަބަރުތައް

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

44 މިނެޓު ކުރިން - 15:02

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަނީ

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަނީ

1 ގަޑިއިރު ކުރިން - 14:47

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

1 ގަޑިއިރު ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

14 ގަޑިއިރު ކުރިން - 00:50

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

15 ގަޑިއިރު ކުރިން - 00:39

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

16 ގަޑިއިރު ކުރިން - 22:50

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%