Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށަށް ފޮނުވަން ފަށައިފި

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށަށް ފޮނުވަން ފަށައިފި

މުހައްމަދު ޖަމްޝަތު
91 ދުވަސް ކުރިން - 12 މާޗް 2026 12:05
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް--- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބޭސް އެތެރެކުރުމަށް ވަކި ހާއްސަ ކުންފުންޏެއް އުފެއްދުމުގެ ސަބަބުން މުޅި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެވި އެކަން ހައްލުކުރާނެ މީހުން މިހާރު އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި

ސަރުކާރުން އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ބޭސް އެތެރެކުރަން ފަށައި، އެ ބޭސްތައް ރަށްރަށަށް ފޮނޮވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް އިއްޔެ ވިދާޅުވީ، ބޭސް އެތެރެކުރުމަށް ވަކި ހާއްސަ ކުންފުންޏެއް އުފެއްދުމުގެ ސަބަބުން މުޅި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެވި، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނެ ހާއްސަ ބަޔަކު މިހާރު ތިބި ކަމަށެވެ.

"މިހާރު އެ ކުންފުނީގެ މަސައްކަތް ފެށިގެން އެބަ ކުރިއަށްދޭ. ބޭސް އެތެރެކުރުމުގެ މަސައްކަތް ފަށައިފި. މިހާރު ބައެއް ބޭސްތައް ކުންފުނިން އެތެރެކޮށްގެން ސަޕްލައިކުރަން ފަށައިފި ރަށްރަށަށް،" މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. މި ކުންފުނީގެ ޗެއާމަންގެ މަގާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އައްޔަންކުރައްވާފައިވާއިރު، މެނޭޖިން ޑިރެކްޓަރަކީ ޑރ. ޝާހު މާހިރެވެ.

މި އާ ބަދަލާއެކު، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި 196 ފާމަސީއަކާއި، އެ ތަންތަނުގައި މަސައްކަތްކުރާ 600 އެއްހާ މުވައްޒަފުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަށް ވަނީ ބަދަލުކޮށްފައެވެ.

އެސްޓީއޯއިން ރާއްޖޭގައި ފާމަސީގެ ހިދުމަތް ދޭން ފެށީ 1984 ވަނަ އަހަރުއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯއިން ބޭސް ފިހާރަ ހިންގާތާ މިހާރު ވަނީ 10 ވަރަކަށް އަހަރުވެފައެވެ. ނަމަވެސް ސަރުކާރުގެ އައު ސިޔާސަތުގެ ދަށުން މި ހިދުމަތްތައް ދެން ކުރިއަށްދާނީ އަލަށް އުފެއްދި ކުންފުނީގެ ދަށުންނެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ(ކުރީގެ މިނިސްޓަރު) އަބްދުﷲ ނާޒިމްސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

10 ދުވަސް ކުރިން - 20:58

ދެ މަސްތެރޭ ބޭހުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެވޭނެ: ރައީސް

"ދެ މަސްތެރޭ ބޭހުގެ މައްސަލައަށް ހައްލެއް ލިބޭނެ"

18 ދުވަސް ކުރިން - 11:01

އައިޖީއެމްއެޗް އޯޕީޑީ ސަރަހައްދުގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

އައިޖީއެމްއެޗްގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

22 ދުވަސް ކުރިން - 13:35

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

46 ދުވަސް ކުރިން - 00:52

ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ނާޒުކު ހާލަތްތަކުގައި ހަގީގަތާހިލާފު ވާހަކަ ނުފަތުރުމަށް އިލްތިމާސްކޮށްފި

47 ދުވަސް ކުރިން - 20:47

މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް ރިޕޯޓުކޮށްފައިވޭ، އެންމެ ގިނައީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް

މާޗު މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް

50 ދުވަސް ކުރިން - 18:05