
މި ދަނޑު ހުޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު. މި ފުޓްސަލް ދަނޑުގެ ބިންގާ އަޅުއްވާފައިވަނީ މިދިޔަ އަހަރު އެ ރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގެ ތެރެއިން. މިފަދަ ތަރައްގީ ގެނައުމުން ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދޭހަވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ.
9 ދުވަސް ކުރިން - 00:29

ހެލްތު މިނިސްޓަރު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން މި މަސައްކަތުގައި ނުހަނު މުހިންމު ކަމަށް.
55 ދުވަސް ކުރިން - 17:03

މިއީ މާލެ ސިޓީން ބޭރުގައި މިފްކޯއިން ހުޅުވި ފުރަތަމަ މަސްފިހާރަ. މި މަސްފިހާރަ ހުންނާނީ ހިތަދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓް ކައިރިން، ލިންކް ރޯޑަށް ވާގޮތަށް.
61 ދުވަސް ކުރިން - 00:42

ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު މިހާރު އެ މިނިސްޓްރީއަށް ދީފައިވާ ނަމަކީ "މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް".
102 ދުވަސް ކުރިން - 19:51

މި ވަގުތު ވެސް ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީއާއި އެމްއޭސީއެލްއާ ދެމެދު ވަނީ ސޮއިކޮށްފަ
185 ދުވަސް ކުރިން - 09:41

މިހާރުގެ ރަސްމީ ބޯޅަދަނޑު ތަޅާލުމަށްފަހު އެތަނުގައި ގާއިމުކުރާ ކުޅިވަރު މަރުކަޒުގެ ކޮންސެޕްޓް ކުރެހުންތައް މިހާރު ވަނީ ނިމިފައިކަމަށް މިނިސްޓަރު ވިދާޅުވި.
186 ދުވަސް ކުރިން - 23:17

ރާއްޖޭގެ ކުޅިވަރަށް ލިބިފައިވާ ކާމިޔާބީތަކާއި، ކުޅިވަރަށް ހިދުމަތްކޮށްފައިވާ ބޭފުޅުންގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސްގެ ގެ ވިސްނުންފުޅުގެ ދަށުން މި މަސައްކަތް ފަށައިފި.
361 ދުވަސް ކުރިން - 16:23

މާޅެންދޫގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިއު.
368 ދުވަސް ކުރިން - 14:45

ރައީސްގެ އިރުޝާދުގެ ދަށުން ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް 10 ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ.
426 ދުވަސް ކުރިން - 12:32

ޗަމްޕާ އަފީފް ވިދާޅުވީ ގޮލްފް މުބާރާތް ފައްޓަވާދެއްވުމަށް ކުޅިވަރު ވަޒީރު ރާފިއު ސްރީލަންކާއަށް ވަޑައިގެންދެއްވުމަކީ ގޮލްފް ކުރިއެރުވުމަށް ލިބިގެންދާ ހިތްވަރެއް ކަމަށެވެ.
456 ދުވަސް ކުރިން - 16:38

ހަތަރު ބުރިއަށް ހަދާ މި ސްވިމިން ކޮމްޕްލެކްސްގައި 50 މީޓަރުގެ ޕޫލެއް އަދި 25 މީޓަރުގެ ޕޫލެއް ޤާއިމްކުރާނެ.
470 ދުވަސް ކުރިން - 14:27

ލިވަޕޫލްގެ އެކެޑަމީއެއް ރާއްޖޭގައި ހުޅުވުމަށް ލިވަޕޫލުން ޝައުގުވެރިކަން ފާޅުކުރި ކަމަށް ވަޒީރު ރާފިޢު ވިދާޅުވި
476 ދުވަސް ކުރިން - 22:42

މިމެޗުގައި ވަނީ އެމް.އެމް.ޕީ.އާރް.ސީ / ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ރަސްމީކޮށް ފަށާފަ.
478 ދުވަސް ކުރިން - 15:49