Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލިވަޕޫލާއެކު ރާއްޖެ ޕްރޮމޯޓުކޮށް ފުޓްބޯޅަ ތަރައްޤީކުރުމަަށް އެހީތެރިކަން ލިބޭނެ: ވަޒީރު ރާފިޢު

ލިވަޕޫލާއެކު ރާއްޖެ ޕްރޮމޯޓުކޮށް ފުޓްބޯޅަ ތަރައްޤީކުރުމަަށް އެހީތެރިކަން ލިބޭނެ: ވަޒީރު ރާފިޢު

އައިޝަތު ރުވާ ރިފްޢަތު
431 ދުވަސް ކުރިން - 5 އޭޕްރިލް 2025 22:42
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ޚުލާސާ

ލިވަޕޫލްގެ އެކެޑަމީއެއް ރާއްޖޭގައި ހުޅުވުމަށް ލިވަޕޫލުން ޝައުގުވެރިކަން ފާޅުކުރި ކަމަށް ވަޒީރު ރާފިޢު ވިދާޅުވި

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތްތަކުގެ އިތުރުން އެ ކުލަބުގެ ޓެކްނިކަލް އެހީތެރިކަން ދިވެހި ފުޓްބޯޅައަށް ލިބިގެންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ދެއްވި އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ މި ދަތުރުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ. ފުޓްބޯޅަ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށްވެސް ލިވަޕޫލުގެ އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި ކަންކަމަކީ ކުރެވުނު މަޝްވަރާތަކުގެ އަލީގައި ދެފަރާތުން އެއްބަސްވެވުނު ކަންތައްތައް ކަމަށެވެ.

ވަޒީރު ރާފިޢު ވިދާޅުވީ، ލިވަޕޫލް އިންޓަނޭޝަނަލް އެކެޑަމީގެ އިސްވެރިންނާއެކު ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ބައްދަލުވުމެއް ބޭއްވުނުކަމަށެވެ. މި ބައްދަލުވުމުގައި އެކެޑަމީގެ ވައިސް ޕްރެޒިޑެންޓް، އެންމެ ސީނިއަރ ޑިވެލޮޕްމެންޓް ކޯޗު އަދި ސީނިއަ ބިޒިނަސް މެނޭޖަރ ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

ލިވަޕޫލުން މިފަދަ މަޝްރޫޢުތައް އެހެން ގައުމުތަކުގައިވެސް ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ކޯޗުން އުފެއްދުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ފަރާތުން ވާހަކަދެކެވުނު ކަމަށެވެ. އަދި ލިވަޕޫލްގެ އެކެޑަމީއެއް ރާއްޖޭގައި ހުޅުވުމަށް ލިވަޕޫލުން ޝައުގުވެރިކަން ފާޅުކުރި ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ރާފިޢު އިތުރަށް ވިދާޅުވީ މި މަޝްރޫޢުގެ ތަޢުލީމީ ބައިތައް ތަރައްގީކޮށް ކުރިއަށްގެންދާނީ ލިވަޕޫލުން ކަމަށާއި، އެކަމަށްޓަކައި ލިވަޕޫލުގެ ޚާއްސަ ކޯޗެއް ރާއްޖޭގައި ހުންނާނެއެވެ.

މި ދަތުރުފުޅުގައި ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕރޮމޯޓުކުރުމުގެ ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވިއެވެ. މީގެ އިތުރުން ވަޒީރު ރާފިޢު ވަނީ ލިވަޕޫލުގެ އަކްސާ ހައިޕާފޯމެންސް ސެންޓަރަށްވެސް ޒިޔާރަތްކުރައްވާފައެވެ. މިއީ އިނގިރޭސިވިލާތުގައި އެންމެ ފަހުން ހުޅުވުނު އެންމެ ޒަމާނީ ހައިޕާފޯމެންސް ސެންޓަރެވެ.

ވަޒީރު ރާފިޢު ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ދެފަރާތުގެ މެދުގައި އެއްބަސްވުމެއްގެ ކަރުދާހާ ހަމައަށް ވާސިލުވުމުގެ ފެށުން ކަމުގައި ބެލެވޭކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމުގެ މަޢުލޫމާތު ލިވަޕޫލުން ދިވެހި ސަރުކާރާ ހިއްސާކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބިގެންދާނެ މުހިންމު ފައިދފައިދާތަކުގެ ތެރޭގައި:

  1. ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރެވިގެންދިއުން.
  2. ދިވެހި ފުޓްބޯޅައަށް ލިވަޕޫލުގެ ޓެކްނިކަލް އެހީތެރިކަން ލިބިގެންދިއުން.
  3. ރާއްޖޭގައި ލިވަޕޫލްގެ އެކެޑަމީއެއް ޤާއިމުކުރުމުގެ ފުރުސަތު ލިބިގެންދިއުން.
  4. ދިވެހި ކޯޗުންނަށް ލިވަޕޫލުގެ ކޯޗުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދިއުން.

ވަޒީރު ވިދާޅުވީ، މި އެއްބަސްވުމަކީ ދިވެހި ފުޓްބޯޅައަށް އައު ހަރުފަތަކަށް އަރައިގަތުމުގެ ފުރުސަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު އަބްދުﷲ ރާފިއު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

10 ދުވަސް ކުރިން - 17:03

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

16 ދުވަސް ކުރިން - 00:42

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

57 ދުވަސް ކުރިން - 19:51

މާލޭ ސަރަހައްދުގައި 3 މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލެ ސަރަހައްދުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އެޅުމަށް 'އެމްއޭސީއެލް'އަށް!

139 ދުވަސް ކުރިން - 09:41

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް ބަދަލުކުރަނީ

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް

141 ދުވަސް ކުރިން - 23:17

ރައީސްގެ ދުރުވިސްނުންފުޅާ އެއްގޮތަށް ރާއްޖޭގެ ކުޅިވަރުގެ ރަން ތާރީހް އަރުޝީފު ކުރަން ފަށައިފި

ރާއްޖޭގެ ކުޅިވަރުގެ ތާރީހް އަރުޝީފު ކުރަން ފަށައިފި

316 ދުވަސް ކުރިން - 16:23