Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

246 ވަނަ މަރސޭސައިޑް ޑަރބީގައި ވިޒިޓްމޯލްޑިވްސް ލިޔެފައިވާ ޖަރޒީ ރައީސް ދައްކަވާލައްވައިފި

246 ވަނަ މަރސޭސައިޑް ޑަރބީގައި ވިޒިޓްމޯލްޑިވްސް ލިޔެފައިވާ ޖަރޒީ ރައީސް ދައްކަވާލައްވައިފި

ހުސައިން އިސްމާއިލް
478 ދުވަސް ކުރިން - 3 އޭޕްރިލް 2025 15:49
ރައީސުލްޖުމްހޫރިއްޔާ އާއި ފަތުރުވެރިކަމާބެހޭ ވަޒީރު (ކ) އަދި އެމް.އެމް.ޕީ.އާރު.ސީގެ އެމްޑީ ރޭގެ މެޗު ފެށުމުގެ ކުރިން ލިވަޕޫލްގެ ޖަރޒީ ދައްކާލާއިރު ކައިރީގައި ސްޕޯޓްސް މިނިސްޓަރު.
ރައީސުލްޖުމްހޫރިއްޔާ އާއި ފަތުރުވެރިކަމާބެހޭ ވަޒީރު (ކ) އަދި އެމް.އެމް.ޕީ.އާރު.ސީގެ އެމްޑީ ރޭގެ މެޗު ފެށުމުގެ ކުރިން ލިވަޕޫލްގެ ޖަރޒީ ދައްކާލާއިރު ކައިރީގައި ސްޕޯޓްސް މިނިސްޓަރު.
ޚުލާސާ

މިމެޗުގައި ވަނީ އެމް.އެމް.ޕީ.އާރް.ސީ / ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ރަސްމީކޮށް ފަށާފަ.

246 ވަނަ މަރސޭސައިޑް ޑަރބީގައި ވިޒިޓްމޯލްޑިވްސް ލިޔެފައިވާ ޖަރޒީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައއކަވާލައްވައިފިއެވެ،

ރޭ އެމަނިކުފާނު ވަނީ މި އިވެންޓަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ވެސް ބައްލަވާލައްވާފައެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) ބައްދަލުކުރި މި މެޗުގައި ވަނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) / ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފައެވެ.

ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީގެ މި ކެމްޕެއިންގެ ދަށުން، ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ އިތުރުން ދިވެހިރާއްޖެއަށް މުހިންމު އިޤްތިޞާދީ މަންފާތައް ހޯދޭނޭ މަގުފަހިވެގެންދާނެއެވެ.

Advertisement

Advertisement 1

ލިވަރޕޫލް އެފް.ސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކީ އެމް.އެމް.ޕީ.އާރް.ސީ/ ވިޒިޓް މޯލްޑިވްސް ކަމަށް، ނިމިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ވަނީ އިޢުލާންކޮށްފައެވެ. މި ޕާޓްނަރޝިޕުގެ ދަށުން ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަޤުވާމީ ކެމްޕެއިނެއް ކުރިއަށްގެންދާނެއެވެ.

އެލް.އެފް.ސީ އާ އެކު ޤާއިމުކުރި ޕާޓްނަރޝިޕްގެ ދަށުން، މާރިޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއްވެސް ފަށާފައެވެ. ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ ޢަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެއެވެ.

މީގެ އިތުރުން، ޕްރިމިއަރ ލީގް މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، އެލް.އެފް.ސީގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަޤުވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އާއި، އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އަދި ސަރުކާރުގެ ބައެއް އިސްވެރިން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ލިވަޕޫލްރައީސް ޑރ. މުޙައްމަދު މުއިއްޒުއެމްއެމްޕީއާރުސީމިނިސްޓަރު އަބްދުﷲ ރާފިއުމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންމިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

4 ދުވަސް ކުރިން - 13:55

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

9 ދުވަސް ކުރިން - 00:29

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

55 ދުވަސް ކުރިން - 17:03

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

61 ދުވަސް ކުރިން - 00:42

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01