Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގައި ޢިމާރާތް ކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލްގެ ބިންގާ އަޅައިފި

ރާއްޖޭގައި ޢިމާރާތް ކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލްގެ ބިންގާ އަޅައިފި

އަައިޝަތު ޒީނާ
425 ދުވަސް ކުރިން - 11 އޭޕްރިލް 2025 14:27
އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލްގެ ބިންގާ އެޅުން.
އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލްގެ ބިންގާ އެޅުން.
ޚުލާސާ

ހަތަރު ބުރިއަށް ހަދާ މި ސްވިމިން ކޮމްޕްލެކްސްގައި 50 މީޓަރުގެ ޕޫލެއް އަދި 25 މީޓަރުގެ ޕޫލެއް ޤާއިމްކުރާނެ.

ރާއްޖޭގައި އިމާރާތް ކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލްގެ ބިންގާ އިއްޔެ އަޅައިފިއެވެ.

މި ޕޫލްގެ ބިންގާ އަޅައިދެއްވީ ޕޫލަށް ފަންޑުކޮށްދެއްވާ ޗަމްޕާ ހުސައިން އަފީފް އާއި، ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި ސްވިމިންގ އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު އާއި، ޕޫލުގެ ކޮންޓްރެކްޓަރ، މާލާ ހައިރައިޒިންގ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑ ގެ މެނޭޖިންގ ޑިރެކްޓަރު، ޢަލީ އިސްމާޢީލް އާއި، ފެތުމުގެ ކުޅިވަރުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑަލް ހޯދައިދިން ފެތުންތެރިޔާ، އާމިނަތު ޝަޖަން އެވެ.

ޕޫލްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ގިނަ ޢަދަދެއްގެ ފެތުންތެރިންނާއި، ކޯޗުންނާއި ބެލެނިވެރިން ވެސް ބައިވެރިވެލެއްވިއެވެ.

Advertisement

Advertisement 1

ހުޅުމާލެ ސްޕޯސްޓް ކޮމްޕްލެކްސް ޢިމާރާތާ ޖެހިގެން އޮންނަ ބިމުގައި ޤާއިމްކުރާ މި ސްވިމިން ޕޫލަކީ ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މުސާގެ އެހީތެރިކަމުގައި ޤާއިމްކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ ސްވިމިން ޕޫލެކެވެ.

ހަތަރު ބުރިއަށް ހަދާ މި ސްވިމިން ކޮމްޕްލެކްސްގައި 50 މީޓަރުގެ ޕޫލެއް އަދި 25 މީޓަރުގެ ޕޫލެއް ޤާއިމްކުރާނެއެވެ. އަދި ފެތުމުގެ ތަމްރީނުތައް ހެދުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ވެސް އެތަނުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، ތަން ޑިޒަައިން ކޮށްފައިވަނީ އެއްފަހަރާ 1،500 މީހުންނަށް ބޭނުން ކުރެވޭ ގޮތަށެވެ.

މިނިސްޓަރު އަބްދުﷲ ރާފިއު
Ad
Ad

ގުޅޭ ޚަބަރުތައް

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

10 ދުވަސް ކުރިން - 17:03

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

16 ދުވަސް ކުރިން - 00:42

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

57 ދުވަސް ކުރިން - 19:51

މާލޭ ސަރަހައްދުގައި 3 މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލެ ސަރަހައްދުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އެޅުމަށް 'އެމްއޭސީއެލް'އަށް!

139 ދުވަސް ކުރިން - 09:41

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް ބަދަލުކުރަނީ

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް

141 ދުވަސް ކުރިން - 23:17

ރައީސްގެ ދުރުވިސްނުންފުޅާ އެއްގޮތަށް ރާއްޖޭގެ ކުޅިވަރުގެ ރަން ތާރީހް އަރުޝީފު ކުރަން ފަށައިފި

ރާއްޖޭގެ ކުޅިވަރުގެ ތާރީހް އަރުޝީފު ކުރަން ފަށައިފި

316 ދުވަސް ކުރިން - 16:23

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%