Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ދުރުވިސްނުންފުޅާ އެއްގޮތަށް ރާއްޖޭގެ ކުޅިވަރުގެ ރަން ތާރީހް އަރުޝީފު ކުރަން ފަށައިފި

ރައީސްގެ ދުރުވިސްނުންފުޅާ އެއްގޮތަށް ރާއްޖޭގެ ކުޅިވަރުގެ ރަން ތާރީހް އަރުޝީފު ކުރަން ފަށައިފި

އާނާ ފަހީމް
361 ދުވަސް ކުރިން - 29 ޖުލައި 2025 16:23
ކުޅިވަރު ވަޒީރުންގެ ޚިދުމަތުގެ އަގުވަޒަންކުރުމާއި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފްކުރަން ފެށުމުގެ ރަސްމިއްޔާތު/ ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ
ކުޅިވަރު ވަޒީރުންގެ ޚިދުމަތުގެ އަގުވަޒަންކުރުމާއި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފްކުރަން ފެށުމުގެ ރަސްމިއްޔާތު/ ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ
ޚުލާސާ

ރާއްޖޭގެ ކުޅިވަރަށް ލިބިފައިވާ ކާމިޔާބީތަކާއި، ކުޅިވަރަށް ހިދުމަތްކޮށްފައިވާ ބޭފުޅުންގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސްގެ ގެ ވިސްނުންފުޅުގެ ދަށުން މި މަސައްކަތް ފަށައިފި.

ރާއްޖޭގެ ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ކުރަންފެށި މަސައްކަތެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަސައްކަތް ފެށިއިރު ގިނަ އުނދަގޫތަކަކާ ކުރިމަތިވި ކަމަށާއި، ކުޅިވަރާ ބެހޭ ވުޒާރާގައިވެސް މިފަދަ މައުލޫމާތުތަކެއް ފެންނަން ނެތުމަކީ ދިމާވި ބޮޑު ދައްޗެއް ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. ރާއްޖެއަށް ކުޅިވަރުގައި ލިބިފައިވާ ކާމިޔާބީތަކާއި، މިފަދަ މައުލޫމާތު އެއްތަނަކުން ފެންނަން ނެތްކަމަށާއި، ހުރި ތަންތަނުގައިވެސް ހުރީ ވަރަށް މަދު މައުލޫމާތެއް ކަމަށް ކުޅިވަރު ވަޒީރު ވިދާޅުވި އެވެ.

މިހާރު މި މައުލޫމާތުތައް ހޯދަމުން ގެންދަނީ އެކި މީހުންގެ އަތުން ވަރަށް އުނދަގުލުން ކަމަށް ވީނަމަވެސް، މި މައުލޫމާތުތައް ފެންނަން ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވަޒީރު ބަޔާންކުރެއްވި އެވެ.

Advertisement

Advertisement 1

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގެ ދަށުން ކުޅިވަރުގެ ޖީލުތައް ބިނާ ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި،" ވަޒީރު ވިދާޅުވި އެވެ.

ހާއްސަކޮށް ކުޅިވަރުގެ ވުޒާރާއިން މި މައުލޫމާތުތައް ފެންނަން ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ މިހާރުގެ ޒުވާން އެތުލީޓުންނަށް ރާއްޖެއަށް ހިދުމަތްކޮށްފައި ތިބި އެތުލީޓުންގެ މައުލޫމާތާއި، އެ ކާމިޔާބީ ހޯދުނު ގޮތްތައް އިނގެންޖެހޭނެތީ އެވެ.

"މޮޅެތި އެތުލީޓުންނަށް އެ ކާމިޔާބީތައް ހޯދުނީ ކިހިނެތްތޯ. ކޮބާތޯ އެ ސަކްސަސް ފޯމިއުލާއަކީ. އަދި ހަމަ އެއާއެކު ކުޅިވަރަށް ހިދުމަތްކޮށްފައި ތިއްބެވި ބޭފުޅުން އެބޭފުޅުންގެ މަސައްކަތްތައްވެސް އެނގުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އަޅުގަނޑު ދެކެން،" ވަޒީރު ވިދާޅުވި އެވެ.

ސަބަބަކީ ކުޅިވަރެއް ކުރިއަރައިގެން މި ދަނީ އެކި ރޮނގުރޮނގުން ވަރަށް ގިނަ ބަޔަކު މަސައްކަތްކޮށްގެން ކަމަށެވެ. އެތުލީޓުންނާއި، އެތުލީޓުންނަށް އެކި ގޮތްގޮތުން އެހީތެރިވެދޭން ތިބޭ މީހުންނާއި، ރާއްޖޭގައި މި ދާއިރާތަކުން މަސައްކަތްކޮށްފައި ތިބި މީހުން ކަންކަން ކޮށްފައި ހުރި ގޮތް އެނގެންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

މުޅި އުމުރު ކުޅިވަރުގެ ދާއިރާއަށް ހިދުމަތްކުރުމުގައި ހޭދަކުރި މީހުންގެ އެ ޝައުގުވެރިކަން އަލުން ގެންނަންޖެހޭ ކަމަށާއި، ކަމެއް ކާމިޔާބުވަނީ އެކަމެއް ކުރާ ހިތުން ކުރީމަކަން ކުދިންނަށް އިނގެންޖެހޭ ކަމަށް ވަޒީރު ވަނީ ހާމަކުރައްވާފަ އެވެ.

މިނިސްޓަރު އަބްދުﷲ ރާފިއު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

9 ދުވަސް ކުރިން - 00:29

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

55 ދުވަސް ކުރިން - 17:03

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

61 ދުވަސް ކުރިން - 00:42

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

102 ދުވަސް ކުރިން - 19:51

މާލޭ ސަރަހައްދުގައި 3 މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލެ ސަރަހައްދުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އެޅުމަށް 'އެމްއޭސީއެލް'އަށް!

185 ދުވަސް ކުރިން - 09:41

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް ބަދަލުކުރަނީ

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް

186 ދުވަސް ކުރިން - 23:17