Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް 10 ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރަނީ

ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް 10 ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރަނީ

އާނާ ފަހީމް
380 ދުވަސް ކުރިން - 26 މެއި 2025 12:32
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024" ގައި/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024" ގައި/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސްގެ އިރުޝާދުގެ ދަށުން ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް 10 ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ.

ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށްޓަކައި 10 ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފައެވެ.

ވަޒީރު މިހެން ވިދާޅުވީ ކުޅިވަރު ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވި ކުޅިވަރު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން ޤާނޫނަށް އައި ބަދަލުތަކާއެކު ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެހެންކަމުން އެކި ރަށްރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯޖިމްތަކާއި، އެކި ކުޅިވަރުތައް ކުޅޭ ކޯޓުތަކާއި ދަނޑުތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން 77 އަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސް ވަނީ އެމްޓީސީސީ އާއި ފެނަކަ އާއި އާރްޑީސީ އާއި ހަވާލުކޮށްފައެވެ.

Advertisement

Advertisement 1

ވަޒީރު ރާފިއު ފާހަގަކުރެއްވި ގޮތުގައި، މި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ސަބަބުން ސްޕޯޓްސް ޓޫރިޒަމް ފުޅާވެ، ރާއްޖޭގެ އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ކުރާނެއެވެ.

މިނިސްޓަރު އަބްދުﷲ ރާފިއު
Ad
Ad

ގުޅޭ ޚަބަރުތައް

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

10 ދުވަސް ކުރިން - 17:03

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

16 ދުވަސް ކުރިން - 00:42

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

57 ދުވަސް ކުރިން - 19:51

މާލޭ ސަރަހައްދުގައި 3 މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލެ ސަރަހައްދުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އެޅުމަށް 'އެމްއޭސީއެލް'އަށް!

139 ދުވަސް ކުރިން - 09:41

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް ބަދަލުކުރަނީ

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް

141 ދުވަސް ކުރިން - 23:17

ރައީސްގެ ދުރުވިސްނުންފުޅާ އެއްގޮތަށް ރާއްޖޭގެ ކުޅިވަރުގެ ރަން ތާރީހް އަރުޝީފު ކުރަން ފަށައިފި

ރާއްޖޭގެ ކުޅިވަރުގެ ތާރީހް އަރުޝީފު ކުރަން ފަށައިފި

316 ދުވަސް ކުރިން - 16:23

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%