ކުޅިވަރު ކުޅުންތެރިންގެ މެޑިކަލް އަދި އިންޝުއަރެންސްގެ ކަންކަމާއި ގުޅޭގޮތުން ކުޅިވަރުގެ ދާއިރާގެ ބޭފުޅުންނާއެކު މަޝްވަރާކުރައްވާފައިވާ ކަމަށާއި، ކުޅިވަރުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެންމެނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވި.
590 ދުވަސް ކުރިން - 11:00
ރަސްމީ ފުޓްބޯޅަ މުބާރާތްތައް އަލުން ފެށުމަށް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން ހިތްވަރު ލިބި، މި މުބާރާތުން ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް އޮތް ލޯބި ހާމަވެގެންދިޔަ ކަމަށް ކުޅިވަރާބެހޭ ވަޒީރު ރާފިޢު ވިދާޅުވި.
622 ދުވަސް ކުރިން - 13:51
ބައިނަލްއަޤްވާމީ ސްވިމިންގ ޕޫލެއް އެޅުމަށްޓަކައި ކުރީގެ ސަރުކާރުން ވެސް އަދި އޭގެ ކުރީ ސަރުކާރުން ވެސް މަސައްކަތްކުރި ނަމަވެސް ޢަމަލީ މަސައްކަތް ނުފެށުނު.
642 ދުވަސް ކުރިން - 16:19
މިއީ ބައިނަލްއަޤްވާމީ އެންމެ މަތީ ފަންތީގައި ރާއްޖެއަށް ވާދަކުރެވޭގޮތަށް ދެމެހެއްޓެނިވި ކާމިޔާބީއެއް ހޯދުމުގެ ބިންގަލަކަށް ވެގެންދާނެކަމަށް މިނިސްޓަރ އަބްދުﷲ ރާފިޢު ވިދާޅުވި.
646 ދުވަސް ކުރިން - 12:02
ޤައުމީ ކުޅިވަރު ފަންޑު ޤާއިމްކުރުމަށް ރައީސް ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު. މި ފަންޑު ޤާއިމުކުރެއްވުމަށް ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމުގެ މަޤްޞަދުގަ.
673 ދުވަސް ކުރިން - 16:02
ކުޅިވަރުގެ އެކި ރޮނގުތަކުން މީހުން ތަމްރީނު ކުރުމަށް އިންޑިއާއަށް ފޮނުވުމާ ގުޅޭގޮތުން ކުޅިވަރު ވަޒީރާއި އިންޑިއާ ސަފީރު މަޝްވަރާކޮށްފި. އެތުލެޓިކްސްއާއި ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތަކުގެ އެތުލީޓުން ދިގު މުއްދަތަށް އިންޑިއާގައި ތަމްރީނުކުރުމަށް ވަނީ މަޝްވަރާކުރެވިފަ.
718 ދުވަސް ކުރިން - 20:22