Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޯލްޑް ކަޕުން ރައްޔިތުން ފުޓްބޯޅައަށް އޮތް ލޯބި ހާމަވެއްޖެ: ރާފިޢު

ގޯލްޑް ކަޕުން ރައްޔިތުން ފުޓްބޯޅައަށް އޮތް ލޯބި ހާމަވެއްޖެ: ރާފިޢު

އާނާ ފަހީމް
577 ދުވަސް ކުރިން - 26 ޑިސެންބަރު 2024 13:51
ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފައިނަލް މެޗްގައި ރައީސް އަދި ސަރުކާރުގެ އިސް ވަޒީރުން. / ފޮޓޯ: ރައީސް އޮފީސް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފައިނަލް މެޗްގައި ރައީސް އަދި ސަރުކާރުގެ އިސް ވަޒީރުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރަސްމީ ފުޓްބޯޅަ މުބާރާތްތައް އަލުން ފެށުމަށް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން ހިތްވަރު ލިބި، މި މުބާރާތުން ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް އޮތް ލޯބި ހާމަވެގެންދިޔަ ކަމަށް ކުޅިވަރާބެހޭ ވަޒީރު ރާފިޢު ވިދާޅުވި.

ނިމިގެންދިޔަ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ރަސްމީ ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފެށުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އަންގާރަ ދުވަހުގެރޭ ކުޅުނު ގޯލްޑް ކަޕުގެ ފައިނަލް މެޗަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް އޮތް ލޯބި މި މުބާރާތުން ހާމަވެގެންދިޔަ ކަމަށެވެ. އަދި ރަސްމީ ފުޓްބޯޅަ މެޗެއް ވަރަށް ގިނަ ދުވަސްތަކަކަށްފަހު ކުޅެވިގެން ދިޔައިރު، އެ ފޯރި އަލުން ގެނެސް، ދަނޑު ފުރިގެންދިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުއްމީދެއް ކަމަށްވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ވަޒީރު ވިދާޅުވީ ގަލޮޅު ރަސްމީ ބޯޅަ ދަނޑު މާރާމާތުކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ދަނޑުގެ ޖާގައަށް ވުރެ އިތުރަށް މީހުން ދަނޑަށް ވަންނަށް ޑިމާންޑް ކުރުމަކީ ދަނޑު އިތުރަށް މަރާމާތުކޮށް، ތަރައްޤީކުރަން ޖެހޭ ސަބަބެއް ކަމަށެވެ. އަދި ރާއްޖޭގައި ފެންވަރު ރަނގަޅު އިތުރު ބޯޅަ ދަނޑެއް އޮންނަން ޖެހޭ ކަމަށާއި، އުއްމީދަކީ ހުޅުމާލެ ފޭސް އެކެއްގައި އެފަދަ ދަނޑެއް ޤާއިމުވެގެން ދިޔުން ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މުބާރާތުން އެނގި ހާމަވެގެންދިޔައީ އުފާވެރިކަމާއި، އެކުވެރިކަމުގެ މާޙައުލަކުން ކުރިން ފުޓްބޯޅައިގެ އޮތް ފޯރި އަލުން އަނބުރާ އައުމުގެ މަންޒަރު ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި މިކަހަލަ މުބާރާތެއް ބޭއްވި ނަމަވެސް، ކުޅިވަރު ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ހަރަކާތްތައް ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ސަރުކާރުން އަންނަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ރާއްޖޭގެ ކުލަބުތަކާއެކު މަސައްކަތްކުރަމުންނެވެ. އެގޮތުން ވަޒީރު ވަނީ އިއްޔެ ރާއްޖޭގައި ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކުލަބުތަކާ ބައްދަލުކޮށް، ފުޓްބޯޅަ އަލުން ފެށުމަށް ވުޒާރާއިން ފޯރުކޮށްދެވޭނެ އެހީތެރިކަމާއި، މިހާރު ހުރި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މުސްތަގުބަލުގައި މި ކަހަލަ މުބާރާތްތައް އަދި މިއަށްވުރެ މާ ފޯރިގަދަކޮށް އަޅުގަނޑުމެންނަށް ފެނިގެންދާނެ ކަމަށް." ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު އަބްދުﷲ ރާފިއު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

9 ދުވަސް ކުރިން - 00:29

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

55 ދުވަސް ކުރިން - 17:03

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

61 ދުވަސް ކުރިން - 00:42

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

102 ދުވަސް ކުރިން - 19:51

މާލޭ ސަރަހައްދުގައި 3 މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލެ ސަރަހައްދުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އެޅުމަށް 'އެމްއޭސީއެލް'އަށް!

185 ދުވަސް ކުރިން - 09:41

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް ބަދަލުކުރަނީ

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް

186 ދުވަސް ކުރިން - 23:17