ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި
މި ދަނޑު ހުޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު. މި ފުޓްސަލް ދަނޑުގެ ބިންގާ އަޅުއްވާފައިވަނީ މިދިޔަ އަހަރު އެ ރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގެ ތެރެއިން. މިފަދަ ތަރައްގީ ގެނައުމުން ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދޭހަވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ.
9 ދުވަސް ކުރިން - 00:29