Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ހުކުރު ޚުޠުބާ

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

މިއަދުގެ ހުކުރު ހުތުބާގައި ވަނީ މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ، އަމާނާތްތެރިވުމަށް އިލްތިމާސްކުރައްވާފަ. އަދި އިސްރާފުނުކުރުމަށާއި، ރިބާއިން ދުރުހެލިވެ، ބޭނުމެއް ނެތި ދަރަނި ނުނެގުމަށާއި، އަގުދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެފަ.

1 ދުވަސް ކުރިން - 13:00

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

މިއަދުގެ ހުކުރު ޚުތުބާގައި އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި، ފިތުނައާއި ޓެރަރިޒަމުން ދުރުހެލިވެ، ހެޔޮކަންކަމަށް އަމުރުކުރުމުގެ އިޖުތިމާއީ ޒިންމާ އަދާކުރުމަށް ގޮވާލައި، ދަރިންނަށް އިސްލާމީ ތަރުބިޔަތު ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

8 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

ކުޑަކުދިންގެ ހައްގުތަކަށް ހާއްސަކުރި ހުކުރު ހުތުބާގައި، ކުދިންނަށް އަމާން ރައްކާތެރި މާހައުލެއް ހޯދައިދިނުމަށާއި، އިހުމާލުވާ ފަރާތްތަކަށް ގާނޫނީ ގޮތުންނާއި އިސްލާމީ ޝަރީއަތުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފި.

15 ދުވަސް ކުރިން - 12:54

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

ޖަހާލަތުގެ އަނދިރިކަމުން އިންސާނިއްޔަތު ސަލާމަތްކުރެއްވި ކައުއިތުރު ރަސޫލާގެ މަތިވެރި ސުންނަތުގައި ހިފެހެއްޓުމަށާއި، އަމިއްލަ ނަފުސަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވުމަކީ އީމާންކަމުގެ ޝަރުތެއްކަން ފާހަގަކުރެއްވި. އަދި ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ ލިބެން އޮތީ އެކަލޭގެފާނު ދޫކުރެއްވި ގުރްއާނާއި ސުންނަތުގައި ހިފަހައްޓައިގެން ކަމަށް ބަޔާންކުރެއްވި.

29 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ހުތުބާގައި ބުނީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު ކަމަށާއި، ސުންނަތަށް އިންކާރުކުރާ މީހަކީ މުސްލިމެއް ނޫން ކަމަށް. ނަމާދާއި ހައްޖު ފަދަ އަޅުކަންތަކުގެ ތަފްސީލު އެނގެނީ ސުންނަތުން ކަމަށްވާއިރު، ޤުރުއާނާއި ސުންނަތަކީ ވަކިނުކުރެވޭނެ ދެ އަސާސެވެ.

36 ދުވަސް ކުރިން - 12:56

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

މިއަދުގެ ހުކުރު ހުތުބާގައި ގޮވާލާފައިވަނީ މީހުންނާ މުޢާމަލާތުކުރުމުގައި މަޑުމައިތިރިކަން އިސްކުރުމަށް. ހަގީގީ މުސްލިމަކީ ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްކުރާ މީހާ ކަމަށާއި، މަޑުމައިތިރިކަމަކީ ސުވަރުގެ ލިއްބައިދޭ މަތިވެރި ސިފައެއްކަން ހުތުބާގައި ބަޔާންކުރި.

43 ދުވަސް ކުރިން - 13:00

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ހުތުބާގައި، ގިޔާމަތްދުވަހުގެ ބިރުވެރިކަން ހަނދުމަކޮށް، އާހިރަތަށް ތައްޔާރުވުމަށް ގޮވާލައްވާފައިވޭ. ގުނަވަންތައް ހެކިދޭނެ އެ ދުވަހު، ކޮންމެ މީހެއްގެ އަމަލުފަތް ހާމަކުރެވޭނެކަން ފާހަގަކުރެއްވި. ދުނިޔޭގެ ވަގުތީ އުފަލަށް ނުހެއްލި، ފާފަތަކަށް ތައުބާވެ، ހެޔޮ ޢަމަލުތައް ގިނަކުރުމަށް ހުތުބާގައި އިލްތިމާސްކުރެއްވި. ނަޞީބުވެރިއަކީ ނަރަކައިން ސަލާމަތްވެ، ސުވަރުގެ ލިބޭ މީހާކަމުގައި ބަޔާންކުރެއްވި.

50 ދުވަސް ކުރިން - 12:57

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ދުނިޔޭގައި ކުރާ ކޮންމެ ޢަމަލަކަށް މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ. އަދާކުރާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި، އަމިއްލަ ނަފުސަށް ލޯބިކުރާ ކަންތައް ތިމާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށްދާންދެން މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ހުތުބާގައި ހަދާންކޮށްދިން.

57 ދުވަސް ކުރިން - 12:55

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

ސިހުރުވެރިންނަކީ ގޮށްތަކަށް ފުމެ، މަންތަރުތަކާއި އަކަތައް ބޭނުންކޮށްގެން މީހުންގެ ހަށިގަނޑަށާއި، ވިސްނުމާއި ހިތަށް ނުބައި އަސަރު ފޯރުވާ ބައެއްކަން ޚުޠުބާގައި ފާހަގަކުރި. ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ޝިރުކުގެ ޢަމަލެއްކަމަށާއި، ސިހުރު އުނގެނުމާއި އުނގަންނައިދިނުމަކީވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއްކަން ހުތުބާގައި ހަނދާންކޮށްދެއްވި.

64 ދުވަސް ކުރިން - 13:00

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

ގުރްއާނަކީ ހުރިހައި ހެޔޮކަމެއްގެ އަސްލުކަމާއި، އެ ފޮތުގެ އަކުރަކަށް ދިހަ ޘަވާބު ލިބޭނެކަން ހުތުބާގައި ފާހަގަކުރި. ގުރްއާން ކިޔަވާ މީހުންގެ ވަށައިގެން މަލާއިކަތުން ހާސިރުވެ، މާތް ﷲގެ ރަޙުމަތް އެބައިމީހުންނަށް މިންވަރުކުރައްވާނެ. މީގެއިތުރުން، ގުރްއާނަކީ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ އަސާސްކަމަށް ހަނދާންކޮށްދެއްވި.

71 ދުވަސް ކުރިން - 13:00

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

އިންސާނާގެ ފިތުރަތަކީ އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުން ކަމަށްވީ ހިނދު، ކޮރަޕްޝަނަކީ އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް ކަމަށާއި ރިޝްވަތު ދޭ މީހާއާއި ހިފާ މީހާއަށް މާތް ރަސޫލާ ﷺ ލައުނަތް ލައްވާފައިވާ ކަމަށް ހުތުބާގައި ހަނދާންކޮށްދެއްވި.

78 ދުވަސް ކުރިން - 14:29

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

އަމާނާތަކީ ހަމައެކަނި މުދާ ރައްކާކުރުން ނޫންކަމާއި، اللهގެ ހައްގުތަކާއި، ގުނަވަންތަކާއި، އަނބިދަރިންނާއި، ރައްޔިތުންގެ މުދަލަކީވެސް އަމާނާތްތަކެއްކަން ފާހަގަކުރި. އަދި އަމާނާތަށް ހިޔާނާތްތެރިވުމަކީ މުނާފިގުންގެ ސިފައެއްކަމާއި، އަމާނާތްތަކަށް ރައްކާތެރިވުމަކީ ސުވަރުގެ ލިބުމުގެ ސަބަބެއްކަމަށް ހުތުބާގައި ބަޔާންކޮށް، އެންމެހައި ކަންކަމުގައި އަމާނާތްތެރިވުމަށް ނަސޭހަތްތެރިވި.

85 ދުވަސް ކުރިން - 13:33

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

މި ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުހެވިގެންދާނޭ މަތިވެރި ސުންނަތެއް. ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވަނީ އާޝޫރާ ދުވަހާއެކު އޭގެ ކުރީ ދުވަހު ނުވަތަ ފަހު ދުވަހު ރޯދަހިފުމަށް.

92 ދުވަސް ކުރިން - 13:30

12345Next