Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 17 ޖުލައި 2026 13:00
ހުކުރު ޚުޠުބާގެ ވަގުތު - އިސްލާމީ މަރުކަޒު---
ހުކުރު ޚުޠުބާގެ ވަގުތު - އިސްލާމީ މަރުކަޒު---
ޚުލާސާ

ސިހުރުވެރިންނަކީ ގޮށްތަކަށް ފުމެ، މަންތަރުތަކާއި އަކަތައް ބޭނުންކޮށްގެން މީހުންގެ ހަށިގަނޑަށާއި، ވިސްނުމާއި ހިތަށް ނުބައި އަސަރު ފޯރުވާ ބައެއްކަން ޚުޠުބާގައި ފާހަގަކުރި. ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ޝިރުކުގެ ޢަމަލެއްކަމަށާއި، ސިހުރު އުނގެނުމާއި އުނގަންނައިދިނުމަކީވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއްކަން ހުތުބާގައި ހަނދާންކޮށްދެއްވި.

ސިހުރުވެރިޔަކު ކޮންމެ ސިހުރެއް ހެދި ނަމަވެސް، މާތް ﷲ ތިބާއަށް ލިޔުއްވާފައިވާ ކަމެއް މެނުވީ ނުޖެހޭނެކަން ޔަޤީންކަމާއެކު ހިތުގެ އަޑީން ޤަބޫލުކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ސިހުރުހާހޫރައިގެ ނުބައިކަމުގެ މައްޗަށެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރަކީ އޭގައި ޙަޤީޤަތެއްވާ ކަމެއްކަން ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވެއެވެ. ސިހުރުވެރިންނަކީ ގޮށްތަކަށް ފުމެ، މަންތަރުތަކާއި އަކަތައް ބޭނުންކޮށްގެން މީހުންގެ ހަށިގަނޑަށާއި، ވިސްނުމާއި ހިތަށް ނުބައި އަސަރު ފޯރުވާ ބައެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ.

Advertisement

Advertisement 1

ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ޝިރުކުގެ ޢަމަލެއްކަން ބަޔާންކުރައްވަމުން ޚުޠުބާގައި ބުނީ، ސިހުރުވެރިޔަކަށް ވެވެނީ ޝައިޠާނާއަށް ކިޔަމަންވުމަށް ޢަހުދުކަށަވަރު ހިފައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާ ޚިލާފުވެގެން ކަމަށެވެ. މީގެ ތެރޭގައި ޤުރްއާނަށް އިހާނެތިކޮށް ހިތުމާއި، ނަޖިސް ތަންތަނުގައި އުޅުމާއި، ޖިންނި ޝައިޠާނުންގެ އެހީއަށް އެދުން ހިމެނެއެވެ.

"ސިހުރުވެރިޔާގެ ކާފިރުކަމާއި ނުބައިކަން ބޮޑުވެ، މާތް ﷲއާއި އެކަލާނގެ ރަސޫލާއަށާއި މުއުމިން އަޅުންނަށް ހުރި ޢަދާވާތްތެރިކަން ބޮޑުވިވަރަކަށް، އޭނާގެ ސިހުރު ބާރުގަދަވެފައި މާ އަވަހަށް އަސަރުކުރެއެވެ،"
ހުކުރު ޚުޠުބާ

މީގެ އިތުރުން، ސިހުރު އުނގެނުމާއި އުނގަންނައިދިނުމަކީވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއްކަމާއި، ސިހުރުވެރިޔާއަށް ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބެއް ނެތްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިންނާއި ކާހިނުންގެ ގާތަށް ދިއުމަކީ ނަހީކުރައްވާފައިވާ ކަމެއްކަމަށާއި، އެފަދަ މީހުންގެ ބަސް ޤަބޫލުކުރާ މީހާ މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ދީނަށް ކާފަރުވެއްޖެކަން ރަސޫލާގެ ޙަދީޘުން ސާބިތުވާކަން ފާހަގަކުރިއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ދިިރިއުޅުމުގައި ދިމާވާ ކަންކަމަކީ ސިހުރުގެ ސަބަބުންވާ ކަންކަން ކަމަށް ބަލައި ބާޠިލު ވަހުމްތަކުގެ މަގަށް ދިއުމުގެ ބަދަލުގައި، މުސްލިމުން ޖެހޭނީ މާތް ﷲއަށް ވަކީލުކުރާށެވެ. ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމާއި، ގޭގައި ސޫރަތުލް ބަޤަރާ ކިޔެވުމަކީ ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު އައްޑަނައެވެ.

ފަރުވާ ހޯދުމުގައި ސިހުރުވެރިންގެ ކިބައިން ސަލާމަތްވެ، ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ މަގު އިޚްތިޔާރުކުރުމަށް މިއަދުގެ ޚުޠުބާގައި މުޅި އިސްލާމީ އުންމަތަށް އިލްތިމާސްކުރެއްވިއެވެ.

ހުކުރު ޚުޠުބާސިހުރު ހެދުން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

7 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

14 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

21 ދުވަސް ކުރިން - 13:33

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

28 ދުވަސް ކުރިން - 13:30

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

35 ދުވަސް ކުރިން - 13:05

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ހުތުބާގައި ގޮވާލައިފި

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރޭ"

42 ދުވަސް ކުރިން - 13:00