Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

އައިޝަތު އިމްސާ
8 ގަޑިއިރު ކުރިން - 21 އޯގަސްޓް 2026 13:25
ހުކުރު މިސްކިތް. / ފޮޓޯ: ޚުލާސާ
ހުކުރު މިސްކިތް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޖަހާލަތުގެ އަނދިރިކަމުން އިންސާނިއްޔަތު ސަލާމަތްކުރެއްވި ކައުއިތުރު ރަސޫލާގެ މަތިވެރި ސުންނަތުގައި ހިފެހެއްޓުމަށާއި، އަމިއްލަ ނަފުސަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވުމަކީ އީމާންކަމުގެ ޝަރުތެއްކަން ފާހަގަކުރެއްވި. އަދި ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ ލިބެން އޮތީ އެކަލޭގެފާނު ދޫކުރެއްވި ގުރްއާނާއި ސުންނަތުގައި ހިފަހައްޓައިގެން ކަމަށް ބަޔާންކުރެއްވި.

މާތް ނަބިއްޔާ މުހައްމަދު ﷺ ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "މާތް ނަބިއްޔާ ﷺ ދެކެ ލޯބިވުން" މި މައުޟޫއަށެވެ.

ހުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ކީރިތި ރަސޫލާ ﷺ ދުނިޔެއަށް ފޮނުއްވުމުގެ ކުރިން މީސްތަކުން ތިބީ ޖަހާލަތުގެ އަނދިރިކަމުގައެވެ. ބުދަށާއި، ގަސްގަހާގެއްސަށާއި އަލިފާނަށް އަޅުކަންކުރުމާއި، އިންސާނުން އަޅުވެތިކޮށް ވިއްކުމާއި، އަންހެން ދަރިން ދިރިތިއްބައި ވަޅުލުން ފަދަ ލާއިންސާނީ އެތައް ކަމެއް އޭރު އޮތީ އާންމުވެފައެވެ. ނަމަވެސް، މުޅި އިންސާނިއްޔަތު އެ އަނދިރިކަމުން ސަލާމަތްކުރައްވައި، އާލަމްތަކަށް ރަހްމަތެއްގެ ގޮތުގައި އަދި ހިދާޔަތުގެ އަލިގަދަ ދަންމަރެއްގެ ގޮތުގައި މާތް ﷲ އެކަލޭގެފާނު ފޮނުއްވި ކަމަށް ހުތުބާގައި ބުންޏެވެ.

Advertisement

Advertisement 1

މީގެއިތުރުން، ކައުއިތުރު މާތް ނަބިއްޔާ ﷺ އަށް އީމާންވުމުގެ މާނައަކީ، އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ ސުންނަތަށާއި މަގާމަށް ގަދަރުކޮށް އިހުތިރާމު ކުރުމެވެ. އަދި އެ މީހެއްގެ އަމިއްލަ ނަފުސާއި، މައިންބަފައިންނާއި، އަނބިދަރީންނާއި މުދަލަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެކަން ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ދަލީލު ދައްކަވައި ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. އެކަލޭގެފާނަށް ނަފުރަތުކުރުމާއި ފުރައްސާރަކުރުމަކީ އިސްލާމްދީނުން ބޭރުވާނޭ ކަމެއް ކަމަށާއި، އެ ފަދަ މީހުންނަށް އާހިރަތުގައި ގަދަފަދަ އަޒާބު ހުރިކަން ވެސް ބަޔާންކުރެއްވިއެވެ.

ހުތުބާ ނިންމަވާލައްވަމުން ގޮވާލައްވާފައިވަނީ، އިސްލާމީ އުންމަތަށް ކީރިތި ރަސޫލާ ﷺ ދޫކުރެއްވި އެންމެ އަގުބޮޑު ތަރިކަ ކަމުގައިވާ ކީރިތި ގުރްއާނާއި އެކަލޭގެފާނުގެ މާތް ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށެވެ. އަދި އަޅުކަމާއި، މުއާމަލާތާއި، އަހުލާގީ އެންމެހައި ކަންކަމުގައި އެކަލޭގެފާނު ދެއްކެވި ރިވެތި ނަމޫނާއާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ.



ހުކުރު ޚުޠުބާމުހައްމަދު ރަސޫލުﷲ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

7 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

14 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

21 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

28 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

35 ދުވަސް ކުރިން - 13:00

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

42 ދުވަސް ކުރިން - 13:00