Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

އައިޝަތު އީމާން
49 ދުވަސް ކުރިން - 31 ޖުލައި 2026 12:57
ހުތުބާގެ ވަގުތު - އިސްލާމީ މަރުކަޒުގައި---
ހުތުބާގެ ވަގުތު - އިސްލާމީ މަރުކަޒުގައި---
ޚުލާސާ

ހުތުބާގައި، ގިޔާމަތްދުވަހުގެ ބިރުވެރިކަން ހަނދުމަކޮށް، އާހިރަތަށް ތައްޔާރުވުމަށް ގޮވާލައްވާފައިވޭ. ގުނަވަންތައް ހެކިދޭނެ އެ ދުވަހު، ކޮންމެ މީހެއްގެ އަމަލުފަތް ހާމަކުރެވޭނެކަން ފާހަގަކުރެއްވި. ދުނިޔޭގެ ވަގުތީ އުފަލަށް ނުހެއްލި، ފާފަތަކަށް ތައުބާވެ، ހެޔޮ ޢަމަލުތައް ގިނަކުރުމަށް ހުތުބާގައި އިލްތިމާސްކުރެއްވި. ނަޞީބުވެރިއަކީ ނަރަކައިން ސަލާމަތްވެ، ސުވަރުގެ ލިބޭ މީހާކަމުގައި ބަޔާންކުރެއްވި.

ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ ފަރާތެއްކަން ހަނދުމަކޮށް، ފާފަތަކަށް ތައުބާވެ، އެފަދަ ކަންކަމާ ދުރުހެލިވުމަށް ވަރުގަދަ އަޒުމެއް ކަނޑައެޅުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާ ބިނާކޮށްފައިވަނީ "ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!" މި މައުޟޫއުގެ މައްޗަށެވެ.

މިއަދުގެ ހުތުބާގައި ގިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، އެ ދުވަހުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެއް ކަމަށެވެ. އެގޮތުން، ކިރުދޭ މައިން އެކުދިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ދަރި ވިހައި، މީސްތަކުން މަސްތުވެފައިވާ ފަދަ ބިރުވެރި ހަލަތެއްގައި ތިބޭނެކަން މާތް ﷲގެ ވަހީ ބަސްފުޅުތަކުން ހަނދާންކޮށްދެއްވިއެވެ.

Advertisement

Advertisement 1

ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، މަހުޝަރު މައިދާނަކީ އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ދުވަހެއް ނޫނެވެ. އެންމެ ގާތްމީހުން ކަމުގައިވާ އަހުންނާއި، މައިންބަފައިންނާއި، އަނބިދަރިންގެ ކިބައިން ވެސް އިންސާނާ ފިލަން މަސައްކަތް ކުރާނެއެވެ. އަދި އެ ދުވަހުގެ ބިރުވެރިކަމުން ކުޑަކުދިން މުސްކުޅިންނަށް ހަދާލާނެ ކަމަށާއި، އުޑުތައް އިރައިގެންދާނެ ކަމަށް ވެސް ހުތުބާގައި ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، ގިޔާމަތް ދުވަހު މީސްތަކުން ދެބަޔަކަށް ބެހިގެންދާނެކަން ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ، އީމާންވެ ހެޔޮ އަމަލުކުރި މީހުން ތިބޭނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގައި ކަމަށެވެ. ނަމަވެސް، ކާފިރު ފާޖިރުންގެ މޫނުތަކަށް ކަޅު އަނދިރިކަމާއި ހިރަފުސް ވެރިވެ، ބޮޑުވެގެންވާ ހިތާމައެއްގެ ތެރޭގައި އެމީހުން ވާނެއެވެ

އިންސާނާގެ ގުނަވަންތައް އޭނާގެ އަމަލުތަކަށް ހެކިދޭނެ ދުވަހުގެ މުހިންމުކަން ބަޔާންކުރައްވަމުން ހުތުބާގައި ވިދާޅުވީ، އެ ދުވަހުން އަނގަ ބަންދުކުރެވޭނެ ކަމަށާއި، އަތާއި ފައި އަދި ހަންގަނޑު ވެސް އިންސާނާ ކުޅަ ކަންތައްތަކަށް ހެކިދޭނެ ކަމަށެވެ. އަދި ކޮންމެ މީހެއްގެ ޢަމަލުތައް ހިމެނޭ ފަތް ނިއުޅާލެވޭނެ ކަމަށާއި، ކިތަންމެ ކުޑަ ކަމެއް ވެސް އެ ފަތުން އުނިނުވާނެ ކަމަށް ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގިޔާމަތް ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލީ މުޢާމަލާތްތަކުގައި ތެދުވެރިވެ، ދަރަނިންނާއި ރިބާއިން ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

2 ގަޑިއިރު ކުރިން - 13:00

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި، އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

7 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

14 ދުވަސް ކުރިން - 12:54

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

28 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

35 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

42 ދުވަސް ކުރިން - 13:00