Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 3 ޖުލައި 2026 14:29
ހުކުރު ހުތުބާގެ ވަގުތު. / ފޮޓޯ: މިނިސްޓްރީ
ހުކުރު ހުތުބާގެ ވަގުތު. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

އިންސާނާގެ ފިތުރަތަކީ އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުން ކަމަށްވީ ހިނދު، ކޮރަޕްޝަނަކީ އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް ކަމަށާއި ރިޝްވަތު ދޭ މީހާއާއި ހިފާ މީހާއަށް މާތް ރަސޫލާ ﷺ ލައުނަތް ލައްވާފައިވާ ކަމަށް ހުތުބާގައި ހަނދާންކޮށްދެއްވި.

މަގާމުގެ ނުފޫޒާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހޯދާ މަންފާއަކީ އިންސާނާގެ ދިރިއުޅުން އަބާއްޖަވެރިކޮށްލާނެ ކަމެއްގެ ގޮތުގައި ސިފަކޮށް، އެފަދަ އަމަލުތަކުން ދުރުހެލިވުމަށް މުޅި އިސްލާމީ އުންމަތަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

"ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައި ވަބާ" މި މައުޟޫއުށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮރަޕްޝަނަކީ މަގާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިހުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ހިޔާނާތްތެރި އަމަލެކެވެ. މިއީ މާތް ﷲ ނަހީކުރައްވާފައިވާ، އަދި އެކަލާނގެ ކޯފާއަށް ހުށަހެޅޭނެ ބޮޑުވެގެންވާ ފާފައެކެވެ.

ހުތުބާގައި ބަޔާންކުރި ގޮތުގައި، އިންސާނާގެ ފިތުރަތަކީ އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުން ކަމަށްވީ ހިނދު، ކޮރަޕްޝަނަކީ އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ބިން ފަސާދަވެ، ނަފުސުގެ އިއްޒަތް ގެއްލިގެންދެއެވެ. މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ބިމުގައި ފަސާދަ އުފެއްދުމަށް އެދިނޫޅުމަށާއި، ފަސާދަކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެން ނުވާކަމަށެވެ.

Advertisement

Advertisement 1

ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި ބާވަތަކީ ރިޝްވަތުކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ރިޝްވަތު ދޭ މީހާއާއި ހިފާ މީހާއަށް މާތް ރަސޫލާ ﷺ ލައުނަތް ލައްވާފައިވާ ކަމަށެވެ. އަދި ކިތަންމެ ކުޑަ އަމާނާތަކަށް ހިޔާނާތްތެރިވި ކަމުގައިވިޔަސް، ގިޔާމަތް ދުވަހު އެ ހިޔާނާތަކާ އެކު އެ މީހަކު މަހުޝަރު ކުރެވޭނެކަމުގެ އިންޒާރު ހުތުބާގައި ދީފައިވެއެވެ.

ނަހަމަ މަންފާއަށް ދަހިވެތިވުމުގެ ނަތީޖާއަކީ އިޖުތިމާޢީ ޢަދުލުވެރިކަން ނެތިދިއުމާއި، ފަގީރުކަން އިތުރުވުމާއި، ގައުމުގެ އިގުތިސާދީ ތަނބުތައް ވެއްޓުމެވެ. "މުއްސަނދިކަމަކީ މުދާ ގިނަވުމެއް ނޫން، އެހެނެއްކަމަކު އެއީ ނަފުސުގެ ފުދުންތެރިކަން،" ކަމަށް ބަޔާންކުރާ ހަދީޘްފުޅަށް ރިއާޔަތްކޮށް، ހުތުބާގައި ނަސޭހަތްތެރިވީ ދީނާއި ނަފުސުގެ ކަރާމާތް ހަރާމް މަންފާއަށް ވިއްކާނުލުމަށެވެ.

ހުތުބާ ނިންމާލަމުން ގޮވާލާފައިވަނީ، ދުނިޔެވީ ހަޔާތުގެ ބާއްޖަވެރިކަމާއި އާހިރަތުގެ ފަލާހާއި ކާމިޔާބަށް އެދޭނަމަ، ކޮރަޕްޝަނާއި ރިޝްވަތުގެ ނޭއްގާނީ އަމަލުތަކުން ދުރުހެލިވުމަށެވެ. އަދި މުއުމިނުންނަކީ ކޮންމެ ކަމެއްގައިވެސް މާތް ﷲގެ ރުހިވޮޑިގަތުން އިސްކުރާ ބަޔަކަށް ވުމަށެވެ.

މިއަދުގެ ހުތުބާއަކީ މުޖުތަމައުގައި އަށަގަންނަމުންދާ ނޭދެވޭ އާދަތަކާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ދީފައިވާ މުހިންމު މެސެޖެކެވެ.

ހުކުރު ޚުޠުބާރިޝްވަތުކޮރަޕްޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

4 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

11 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

18 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

25 ދުވަސް ކުރިން - 12:55

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

31 ދުވަސް ކުރިން - 05:40

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

32 ދުވަސް ކުރިން - 13:00