Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިން އަހަރު ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފި: އިހުސާން

ތިން އަހަރު ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފި: އިހުސާން

އައިޝަތު އިމްސާ
21 ގަޑިއިރު ކުރިން - 17 ސެޕްޓެންބަރު 2026 15:17
ވަޒީރު އަލީ އިހްސާން----
ވަޒީރު އަލީ އިހްސާން----
ޚުލާސާ

މި ސަރުކާރުގެ ތިން އަހަރު ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެ، ބޮޑެތި ވިޔަފާރިވެރިންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ.

މި ސަރުކާރު ހަވާލުވިތާ ތިން އަހަރު ދުވަހުގެ ތެރޭގައި 1.3 ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތީގެ 23 މައްސަލައެއް މަނީ ލޯންޑަރިންގެ މައްސަލައިގެ ގޮތުގައި ތަހުގީގުކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ ތެރެއިން ބޭއްވި ދަންފަޅިއެއްގައި މައުލޫމާތު ދެއްވަމުންނެވެ.

އިހުސާން ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގާނޫނުން އެކަށީގެންވާ ފުރުސަތެއް ނެތެވެ. ނަމަވެސް މަސްތުވާތަކެތީގެ ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ސަޕްލައިކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން ދުރުކުރުމަށް ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މީގެ އިތުރުން، ރާއްޖެއަށް ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް، ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއެކު މިހާރު ގާނޫނީ ސިފަ އައިސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

އިހުސާންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިންތިހާބުތަކާ ދިމާކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ސިޔާސީ ފަރާތްތަކާ ގުޅުން ބަދަހިކޮށް ޖަލުން މިނިވަންވާ އާދަ މީގެ ކުރިން އޮތް ކަމަށެވެ. އަދި ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އެފަދަ މީހުން ހައްޔަރުކުރުމަށްފަހު، އަނެއްކާވެސް އިންތިހާބުތަކާ ދިމާކޮށް ދޫކޮށްލާ އުސޫލު ކުރިން އޮތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެތިކޮރަޕްޝަންމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

19 ގަޑިއިރު ކުރިން - 17:20

ގަލޮޅު ހުވަފެނީ ގޯޅީގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

ގަލޮޅުގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

23 ގަޑިއިރު ކުރިން - 12:28

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

5 ދުވަސް ކުރިން - 21:50

ފުލުހުންގެ ސައިބަރ ސެކިއުރިޓީ އާއި ކްރައިސިސް މެނޭޖްމަންޓް ފެންވަރު ހަރުދަނާކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

7 ދުވަސް ކުރިން - 23:15

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

9 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

10 ދުވަސް ކުރިން - 11:50