Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

އައިޝަތު ރުވާ ރިފްޢަތު
49 ދުވަސް ކުރިން - 24 ޖުލައި 2026 12:55
ހުކުރު ހުތުބާގެ ވަގުތު. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުކުރު ހުތުބާގެ ވަގުތު. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ދުނިޔޭގައި ކުރާ ކޮންމެ ޢަމަލަކަށް މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ. އަދާކުރާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި، އަމިއްލަ ނަފުސަށް ލޯބިކުރާ ކަންތައް ތިމާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށްދާންދެން މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ހުތުބާގައި ހަދާންކޮށްދިން.

ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާ ބިނާކޮށްފައިވަނީ މަސްއޫލިއްޔަތު އަދާކުރުމާއި، މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރުމުގެ މައްޗަށެވެ.

މިއަދުގެ ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމީ ކޮންމެ މުސްލިމެއްގެ ދީނީ އަދި ޤައުމީ ވާޖިބެކެވެ. އަދި ކޮންމެ މީހަކީ ވެސް އެ މީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ކަންކަމާ މެދު ޒިންމާވާންޖެހޭނެ ބެލެހެއްޓުންތެރިއެއްކަން ރަސޫލާގެ ޙަދީޘްފުޅުތަކުން ހަނދާންކޮށްދީފައިވެއެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ދުނިޔޭގައި ކުރާ ކޮންމެ ޢަމަލަކަށް މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެއެވެ. ވަކީން ޚާއްޞަކޮށް، އެކި ފެންވަރުގެ މަސްއޫލިއްޔަތުތަކާއި ވަޒީފާތަކާ ޙަވާލުވެތިބި މީހުން، އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތި މިންވަރާ މެދު ޤިޔާމަތް ދުވަހުން ސުވާލުވެވޭނެކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެ ދުވަހަކީ މުދަލެއް ނުވަތަ ދަރީންނެއްގެ މަންފާއެއް ކުރާނޭ ދުވަހެއް ނޫން ކަމާއި، ހަމައެކަނި މަންފާކުރާނީ ތިމާ ކުރި ހެޔޮ ޢަމަލަކުންކަން ފާހަގަކުރިއެވެ.

Advertisement

Advertisement 1

މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީ ބިނާވެގެންވަނީ ޢަދުލުއިންޞާފުގެ މައްޗަށް ކަމަށް ޚުޠުބާގައި ބުންޏެވެ. ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަން ބަޔާންކޮށްދިނުމުގެ ގޮތުން، ރަސޫލު الله ﷺ ގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވި ކަމުގައި ވިޔަސް، އެކަމަނާގެ މައްޗަށް ޝަރުޢީ ޙައްދު ޤާއިމުކުރައްވާނެ ކަމަށް ޙަދީޘްކުރެއްވި ބަސްފުޅު ޚުޠުބާގައި ގެނެސްދީފައިވެއެވެ.

މީގެ އިތުރުން، އަދާކުރާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި، އަމިއްލަ ނަފުސަށް ލޯބިކުރާ ކަންތައް ތިމާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށްދާންދެން މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ. ޚުޠުބާ ނިންމާލަމުން ވަނީ، ޤައުމުގެ ވަޙުދަތު ދެމެހެއްޓުމަށްޓަކައި ދެކޮޅުވެރިކަމާއި އަރައިރުންތަކުން ދުރުހެލިވެ، އަމާނާތްތަކަށް ޚިޔާނާތްތެރިނުވުމަށް އެންމެހައި މުސްލިމުންނަށް ގޮވާލާފައެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި، އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

4 ގަޑިއިރު ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

7 ދުވަސް ކުރިން - 12:54

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

21 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

28 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

35 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

42 ދުވަސް ކުރިން - 12:57