Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

އައިޝަތު ރުވާ ރިފްޢަތު
9 ގަޑިއިރު ކުރިން - 26 ޖޫން 2026 13:33
ސަލްމާން މިސްކިތް. / ފޮޓޯ: މިނިސްޓްރީ
ސަލްމާން މިސްކިތް. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

އަމާނާތަކީ ހަމައެކަނި މުދާ ރައްކާކުރުން ނޫންކަމާއި، اللهގެ ހައްގުތަކާއި، ގުނަވަންތަކާއި، އަނބިދަރިންނާއި، ރައްޔިތުންގެ މުދަލަކީވެސް އަމާނާތްތަކެއްކަން ފާހަގަކުރި. އަދި އަމާނާތަށް ހިޔާނާތްތެރިވުމަކީ މުނާފިގުންގެ ސިފައެއްކަމާއި، އަމާނާތްތަކަށް ރައްކާތެރިވުމަކީ ސުވަރުގެ ލިބުމުގެ ސަބަބެއްކަމަށް ހުތުބާގައި ބަޔާންކޮށް، އެންމެހައި ކަންކަމުގައި އަމާނާތްތެރިވުމަށް ނަސޭހަތްތެރިވި.

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ.

މިއަދު ރާއްޖޭގެ އެކިކޮޅުތަކުގައި އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ "އަމާނާތްތަކަށް ރައްކާތެރިވުން" މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބަޔާންކުރި ގޮތުގައި، އަމާނާތަކީ ހަމައެކަނި މީހަކު ރައްކާކުރަން ހަވާލުކުރާ މުދަލެއް ނޫނެވެ. އޭގެ މާނަ މާ ފުޅާވެގެންވާ ކަމަށާއި، އޭގެ ތެރޭގައި މާތް اللهގެ ހައްގުތަކާއި މީސްތަކުންގެ ހައްގުތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ނަމާދު ގާއިމުކުރުމާއި، ޒަކާތް ދިނުމާއި، ތެދުބަސް ބުނުމާއި، ދަރަނި އަދާކުރުމުގެ އިތުރުން މާތް الله އިންސާނާއަށް ދެއްވާފައިވާ ލޮލާއި، ކަންފަތާއި، ދުލާއި ގުނަވަންތަކަކީވެސް އަމާނާތްތަކެއް ކަމަށް ހަނދާންކޮށްދިނެވެ.

Advertisement

Advertisement 1

ހުތުބާގައި ވަނީ ވަޒީފާއާއި މަސްއޫލިއްޔަތުތަކަށް އިހުމާލުވުމުގެ ނުރައްކާތެރިކަމަށް އަލިއަޅުވާލާފައެވެ. ދައުލަތާއި ރައްޔިތުންގެ މުދަލާއި ފައިސާއަކީ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އެ އަމާނާތަށް ހިޔާނާތްތެރިވުން ކަމަށް ހުތުބާގައި ބަޔާންކުރިއެވެ. އަދި މީހެއްގެ އަމިއްލަ މުދަލަށް ހިޔާނާތްތެރިވުމަށްވުރެ، މުޅި މުޖުތަމައުގެ ހައްގު އެކުލެވޭ ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑުކަންވެސް ފާހަގަކުރެއްވިއެވެ.

މާތް ނަބިއްޔާ ﷺ ގެ ހަދީޘްފުޅުތަކާ ހަވާލާދީ ހުތުބާގައި ބަޔާންކުރީ، އަމާނާތަށް ހިޔާނާތްތެރިވުމަކީ މުނާފިގުންގެ ސިފައެއް ކަމަށެވެ. އަދި އަމާނާތްތަކަށް ރައްކާތެރިވުމަކީ ފިރުދައުސޭ ކިޔުނު މަތިވެރި ސުވަރުގޭގެ ވާރުތަވެރިންގެ ސިފައެއް ކަމަށް މާތް الله ވަހީކުރައްވާފައިވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

އަމާނާތުގެ ބުރަދަނާ ގުޅޭގޮތުން ވާހަކަދައްކަމުން ހުތުބާގައި ބަޔާންކުރީ، އުޑުތަކާއި ބިމާއި ފަރުބަދަތަކަށް މި އަމާނާތް ހުށަހެޅުމުން، އޭގެ މަސްއޫލިއްޔަތު ބޮޑުކަމުން އެ ތަކެތި އެކަމާ ބިރުވެތިވެ އިންކާރު ކުރި ކަމަށެވެ. ނަމަވެސް ބަލިކަށި އިންސާނާ އެ ބުރަ އަމާނާތާ ހަވާލުވީ ކަމަށާއި، އެހެންކަމުން ގިޔާމަތް ދުވަހުން މި ހުރިހާ އަމާނާތަކާ މެދު ސުވާލުކުރެވޭނެ ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.

ހުތުބާ ނިންމާލަމުން، ތިމާގެ ނަފުސަށާއި، އަނބިދަރިންނަށާއި، އަދާކުރާ ވަޒީފާއަށާއި، ރައްޔިތުންގެ މުދަލަށް ފުރިހަމައަށް އަމާނާތްތެރިވުމަށް ވަނީ ގޮވާލާފައެވެ. އަދި ގުދުރަތީ ވެށްޓާއި ދިރޭތަކެއްޗަކީވެސް އަންނާން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކުރަންޖެހޭ އަމާނާތެއްކަން ހަނދާންކޮށްދީ، ހުރިހާ ކަމެއްގައިވެސް މާތް الله އަށް ބިރުވެތިވުމަށް ނަސޭހަތްތެރިވިއެވެ.

ހުކުރު ޚުޠުބާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

7 ދުވަސް ކުރިން - 13:30

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

14 ދުވަސް ކުރިން - 13:05

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ހުތުބާގައި ގޮވާލައިފި

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރޭ"

21 ދުވަސް ކުރިން - 13:00

ރިޝްވަތު ދިނުމާއި ޓެކުމާއި ޖުވާކުޅެގެން މުދާ ހޯދާ މީހުންނަށް ގިޔާމަތް ދުވަހުގައި އޮތީ ނަރަކައިގެ އަޒާބު: ހުތުބާ

"ހަރާމް ގޮތުގައި މުދާ ހޯދާ މީހުންނަށް ގިޔާމަތްދުވަހުގައި އޮތީ ނަރަކައިގެ އަޒާބު"

28 ދުވަސް ކުރިން - 13:03

ރުޅިވެރިކަމާއި، ނަފުރަތާއި، ހަސަދަވެރިކަން ދޫކޮށް ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

35 ދުވަސް ކުރިން - 13:08

ހައްޖުމަހުގެ 10 ދުވަހަށްވުރެ ހެޔޮ އަމަލުކުރަން ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވޭ: ހުތުބާ

ހައްޖުމަހުގެ 10ދުވަހު ހެޔޮއަމަލުކުރުން ގިނަކުރުމަށް ހުތުބާގައި އިލްތިމާސްކޮށްފި

42 ދުވަސް ކުރިން - 13:03