Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

އައިޝަތު ރުވާ ރިފްޢަތު
92 ދުވަސް ކުރިން - 19 ޖޫން 2026 13:30
ހުކުރު ހުތުބާ ވަގުތު---
ހުކުރު ހުތުބާ ވަގުތު---
ޚުލާސާ

މި ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުހެވިގެންދާނޭ މަތިވެރި ސުންނަތެއް. ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވަނީ އާޝޫރާ ދުވަހާއެކު އޭގެ ކުރީ ދުވަހު ނުވަތަ ފަހު ދުވަހު ރޯދަހިފުމަށް.

އާޝޫރާ ދުވަހަކީ ހެޔޮކަމާއި ޢިބުރަތުން ފުރިގެންވާ ދުވަހެއްކަން ހުކުރު ހުތުބާގައު ބަޔާންކޮށްދީފައިވެއެވެ.

ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، އާޝޫރާ ދުވަހަކީ އަނިޔާވެރި ފިރުއައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން (ބަނީ އިސްރާއީލުން) މާތް الله ސަލާމަތްކޮށްދެއްވި ދުވަހެވެ. އަދި ފިރުއައުނާއި އޭނާގެ ލަޝްކަރު ކަނޑަށް އަރަގުކުރެއްވީވެސް އެ ދުވަހުއެވެ. މި މަތިވެރި ނިއުމަތަށް ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނު އެ ދުވަހު ރޯދަހިއްޕެވި ކަމަށާއި، ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އެކަލޭގެފާނުވެސް އެ ދުވަހު ރޯދަހިއްޕަވައި މުސްލިމުންނަށް އެކަމަށް އަމުރުކުރެއްވިކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.

އާޝޫރާ ދުވަހުގެ ރޯދައިގެ ސަވާބާ ބެހޭގޮތުން ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް މާތް الله ފުއްސަވައިދެއްވާނެ ކަމެއްކަމުގައި ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." އަދި ޔަހޫދީންނާ ހިލާފުވުމުގެ ގޮތުން، 10 ވަނަ ދުވަހުގެ އިތުރުން އޭގެ ކުރީ ދުވަހު (9 ވަނަ ދުވަހު) ނުވަތަ ފަހު ދުވަހު (11 ވަނަ ދުވަހު) ރޯދަހިފުމަކީ ސުންނަތްވެގެންވާ ގޮތްކަން ހުތުބާގައި ތަފްސީލުކޮށްދެއްވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މިއަދުގެ ހުތުބާގައި ވަނީ ދީނުގެ ނަމުގައި ހިންގޭ ބައެއް ބިދުޢަތަކާއި ނުރަނގަޅު އާދަކާދަތަކަށް ސަމާލުވުމަށް ގޮވާލައްވާފައެވެ. ހާއްސަކޮށް ޢާޝޫރާ ދުވަހާ ދިމާކޮށް ހިތާމަފާޅުކުރުމުގެ ގޮތުން ހިންގާ ދީނާ ހިލާފު ކަންކަމަކީ އިސްލާމީ ޝަރީއަތުގައި އޮތް ކަންކަން ނޫން ކަމަށާއި، އެފަދަ ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވިއެވެ.

ހުތުބާ ނިންމަވާލައްވަމުން، މުސްލިމް އުންމަތަށް ގޮވާލެއްވީ މާތް اللهއަށް ބިރުވެތިވެ، ތަޤުވާވެރިވުމަށެވެ. އަދި އާޝޫރާ ދުވަހުގެ މަތިވެރި ފުރުސަތުގެ ބޭނުން ހިފައި، ރޯދަހިފުމާއި ހެޔޮ އަމަލުތައް ކުރުމުގައި ދެމިތިބުމަށް ބާރުއެޅުއްވިއެވެ. މި ދުވަސްވަރަކީ މުހައްރަމު މަސް ނުވަތަ އިސްލާމީ އާ އަހަރުގެ ފެށުން ކަމަށްވާއިރު، މިއީ ހުރުމަތްތެރިވެގެންވާ މައްސަރެއްކަންވެސް ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލީ މުޢާމަލާތްތަކުގައި ތެދުވެރިވެ، ދަރަނިންނާއި ރިބާއިން ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

1 ދުވަސް ކުރިން - 13:00

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި، އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

8 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

15 ދުވަސް ކުރިން - 12:54

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

29 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

36 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

43 ދުވަސް ކުރިން - 13:00