
މަހުޖަނު މިޚައިލް ޕްރޮޚޮރޮވްގެ މުއްސަނދިކަން ވަނީ 10.1 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފަ. ނޮރިލްސްކް ނިކަލްގެ ރައީސް ލަޑިމިއަރ ޕޮޓާނިންއަށް 3.73 ބިލިއަން ޑޮލަރު، މެޓަލޯއިންވެސްޓްގެ ހިއްސާދާރު އަލިޝޭރް އުސްމާނޯވްއަށް 2.92 ބިލިއަން ޑޮލަރު އަދި ޓެލެގްރާމްގެ ބާނީ ޕަވެލްގެ މިލްކިއްޔާތުން 2.56 ބިލިއަން ޑޮލަރު ދަށަށް ގޮސްފި.
8 ދުވަސް ކުރިން - 14:07
ކަންކަން ނިންމަނީ ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ހަރުދަނާ އުޞޫލުތަކުގެ ތެރެއިން ކަމަށާއި، އިގްތިސާދަށް ގެއްލުން ވާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ރައީސް ވިދާޅުވި.
13 ދުވަސް ކުރިން - 10:22
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކުގެ މުހިންމުކަން ގިނަ ބަޔަކު ޤަބޫލުކުރާ ކަމަށް. އަދި އިގްތިސާދު ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، މިކަމުގެ ފޮނި ނަތީޖާ މުޅި ގައުމަށް ފެންނާނެ ކަމަށް ރައީސް ވިދާޅުވި.
13 ދުވަސް ކުރިން - 22:31
މި އިސްލާހަކީ ފަތުރުވެރިކަމުގެ ޚިދުމަތް ވިއްކާ ބޭރުގެ ކުންފުނިތަކުން ނުނެގި ދޫވާ ޖީއެސްޓީ ހަމަހަމަކަމާއެކު ހޯދުމަށް ގެންނަ ބަދަލެއް. މިއީ އާ ޓެކްސެއް ނޫން ކަމުން، އާންމު ރައްޔިތުންގެ ޒަރޫރީ ހަރަދުތަކަށާއި ދިރިއުޅުމުގެ އަގުތަކަށް އެއްވެސް އަސަރެއް ނުކުރާނެ. މި ޓެކްސް ދައްކާނީ ރާއްޖެ އަންނަ ފަތުރުވެރިން.
23 ދުވަސް ކުރިން - 19:40
ދަރަނި އަނބުރާ ދައްކަންޖެހޭ ދުވަހު ގައުމުގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، ބޭރުގެ މާލީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމާއެކު، ސަރުކާރުން މިހާރުވެސް އަޅަމުންދާ ފަދަ ރިޒާވް ވަރުގަދަކުރުމުގެ މުހިންމު ސިޔާސަތުތަކުގެ ބޭނުން ހިފުން ބުއްދިވެރި ކަމަށް ޝަރުވަސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި.
27 ދުވަސް ކުރިން - 12:40
ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ސިނާއަތްތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއްކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށާއި، އެންމެ ބޮޑު އަސަރެއް ކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް. ބޭރުގެ ދަރަނިތަކުން ގައުމު ސަލާމަތްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިގްތިސާދެއް ބިނާކުރުމަކީ އަމާޒު ކަމަށް ރައީސް ވިދާޅުވި.
45 ދުވަސް ކުރިން - 12:27
މި ނިންމުން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ ސޮވެރިން ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް އެ އެޖެންސީއަށް ފެންނާތީ.
97 ދުވަސް ކުރިން - 20:30
ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، އާމްދަނީ އިތުރުކުރުމަށްޓަކައި އެސްޓީއޯ މެދުވެރިކޮށް އޮފްޝޯކޮށް ދެމުންދާ ހިދުމަތެއް
125 ދުވަސް ކުރިން - 12:44
ރައީސް މުއިއްޒު ވަނީ ވާރުތަވި ބޮޑު ދަރަނި މެނޭޖުކޮށް، ހަރުދަނާ މާލީ ސިޔާސަތުތަކުން ރާއްޖެ އިގުތިސާދީ ބަނގުރޫޓުވުމުން ސަލާމަތްކޮށް، އަމާން ބަނދަރަކަށް ގެންގޮސްދެއްވާފަ.
137 ދުވަސް ކުރިން - 13:23
ރާއްޖެއަށް މުދާ ގެނައުމުގެ މަގުތައް ހޯދުމުގައި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަަން މިނިސްޓަރު ފާހަގަކުރެއްވި
148 ދުވަސް ކުރިން - 12:16
ހަނގުރާމައިގެ ހާލަތު ރަނގަޅުވެ އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ތިން އިންސައްތައަށް އުފުލޭނެ ކަމަށް އޭޑީބީން ވަނީ އަންދާޒާކޮށްފަ
151 ދުވަސް ކުރިން - 15:17
އިތުރުގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫނީ ނުކުރުމަށާއި ޕްރޮމޯޝަން ދިނުން މިވަގުތަށް މަޑުޖައްސާލައި އާ މުވައްޒަފުން ނުނެގުމަށް ޕީސީބީން ވަނީ އަންގާފަ
153 ދުވަސް ކުރިން - 12:07
މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި
154 ދުވަސް ކުރިން - 18:54