Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ހުސައިން އިސްމާއިލް
46 ދުވަސް ކުރިން - 3 ޖޫން 2026 20:30
ފިޗް ރޭޓިންގ އެޖެންސީ. / ފޮޓޯ: ގެޓީ އިމޭޖަސް
ފިޗް ރޭޓިންގ އެޖެންސީ. / ފޮޓޯ: ގެޓީ އިމޭޖަސް
ޚުލާސާ

މި ނިންމުން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ ސޮވެރިން ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް އެ އެޖެންސީއަށް ފެންނާތީ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިންގ އެޖެންސީ ކަމަށްވާ ފިޗް ރޭޓިންގްސްއިން ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގ' މަތިކޮށްފިއެވެ. މިއަދު ނެރުނު ފިޗްގެ އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ ރޭޓިންގ ވަނީ 'ސީސީ' އިން 'ސީސީސީ-' އަށް މަތިކޮށްފައެވެ.

ފިޗުން މި ނިންމުން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ ސޮވެރިން ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް އެ އެޖެންސީއަށް ފެންނާތީއެވެ. އެ އެޖެންސީން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ބޭރުގެ ދަރަނި ކަމަށްވާ ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ދިމާވެދާނެ ނުރައްކާތައް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ރޭޓިންގ އަށް އައި މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކޮށް ރިޒާވް ވަރުގަދަކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ އާ ޤާނޫނު ހިމެނެއެވެ.

Advertisement

Advertisement 1

ފިޗްގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ބޭރުގެ ދަރަނި ދައްކަންޖެހޭ މިންވަރު މަދުވުމާއި، ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދިއުމަކީ، ރާއްޖޭގެ މާލީ ދަތިކަން ހައްލުވެ، ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަމެކެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްއިން ބުނީ، މި ރޭޓިންގ އަކީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.

ސަރުކާރުން ވަނީ ގައުމުގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ގާއިމުކުރުމަށާއި، މާލީ ސިޔާސަތުތައް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި ބޭރުގެ އިގްތިސާދީ ލޮޅުންތަކުން ގައުމުގެ އިގްތިސާދާއި ރައްޔިތުން ރައްކާތެރިކުރުމަށް ބޭނުންވާ އިތުރު ފިޔަވަޅުތައް ސާބިތުކަމާއެކު އަޅަމުންދާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ފިޗް ރޭޓިންގްރައީސް ޑރ. މުހައްމަދު މުއިއްޒުއިގްތިސޯދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

2 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

3 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

3 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

4 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

5 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

6 ދުވަސް ކުރިން - 22:50