
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދެކުނު ސަރަހައްދުގައި ފަރުވާދިނުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަޝްވަރާކުރުމަށް ކެނަރީފް ރިސޯޓުގައި އިންޓަރ-އޭޖެންސީ ފޯރަމެއް ބާއްވައިފި. ފޯރަމްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ، ޕީޖީ އޮފީސް، ޑްރަގް ކޯޓް، އެންޑީއޭ އަދި ސައުތު ޕޮލިސްގެ އިސްވެރިން ބައިވެރިވި.
1 ދުވަސް ކުރިން - 11:24
ހައްޔަރުކުރީ އެ ނެޓްވޯކްގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކުރެވޭ މާމެންދޫ އަޒުހަދު ނަސީމް (29އ) އަދި ރިޝްފާން ރާމިޒު (29އ). ކޯޓުން މި ދެމީހުންގެ ބަންދަށް 5 ދުވަސް ދީފައިވާއިރު، އިތުރު ތަންތަން ފާސްކުރުމާއި ތަހުގީގުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.
5 ދުވަސް ކުރިން - 01:55
މަސްތުވާތަކެތީގެ މުގުލުގައި ބިދޭސީ ނެޓްވޯކްތައް ތިބެ، ކޮންމެ މަހަކު ކަޅުބާޒާރުން 30 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކުރާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، ޤައުމީ ސަލާމަތަށްޓަކައި، ކަމާބެހޭ އިދާރާތަކުން މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްތާލައި މިކަން ހުއްޓުވުމަށް އޭނާ ގޮވާލެއްވި.
14 ދުވަސް ކުރިން - 09:31
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރާނީވިލާ / ޅ. ނައިފަރު، މުޙައްމަދު މުބާރިކް (32އ) އާއި ސައިލުގެ / ޅ. ނައިފަރު, ޙަސަން ޤާސިމް (23އ). ކޯޓުން ވަނީ މުޙައްމަދު މުބާރިކް 15 ދުވަހަށް އަދި ޙަސަން ޤާސިމް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ.
17 ދުވަސް ކުރިން - 12:06
އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެއް. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތޫ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް 7 ދުވަސް ވަނީ ޖަހާފަ
19 ދުވަސް ކުރިން - 11:45
މި ތަކެތި އަތުލައިގެންފައިވަނީ ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖެއް ޝައްކު ކުރެވިގެން ބަލައިފާސްކުރުމުގެ ތެރޭގައި. ކަސްޓަމުން ބުނެފައިވަނީ އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ކެނަބިސް ކަމަށް. މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން.
22 ދުވަސް ކުރިން - 09:18
ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ދައުލަތުން މި ދައުވާ އަނބުރާ ގެންދިޔައީ މައްސަލައިގެ ގާނޫނީ ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު.
36 ދުވަސް ކުރިން - 00:57
ކަސްޓަމުން ބުނީ އެ އިދާރާއިން އަތުލައިގަތީ 4.4 މިލިއަން ރުފިޔާ އަށް އަރާ މަސްތުވާތަކެތި ކަމަށް. އެތަކެތި ފެނުނީ މުދާ އުފުލާ އުޅަނދެއް ބަލައި ފާސްކުރުމުގެ ތެރެއިން.
41 ދުވަސް ކުރިން - 14:40
ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަރުދަނާ ވުމުގެ ނަތީޖާއެއްގެ ގޮތުން ގޭންގުތަކުން ހިންގާ ކުށްތަކާއި މާރާމާރީތައް ތަފާސްހިސާބުތަކުން ބަލާއިރު މަދުވަމުންދާކަން ސާފުކޮށް ފާހަގަ ކުރެވޭ ކަމަށް.
41 ދުވަސް ކުރިން - 09:54
މިއީ އެތައް ޒަމާނެއް ވަންދެން އަޅާނުލެވި ދޫކޮށްލުމުގެ ސަބަބުން އިންތިހާއަށް ބޮޑުވެފައިވާ މައްސަލަތަކެއް ކަމަށާއި، މީގެ ކުރިން މިކަންކަމަށް މާނަހުރި، ނަތީޖާ ނެރެވޭ ފަދަ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށް ރައީސް ވިދާޅުވި.
44 ދުވަސް ކުރިން - 14:06
މި މައްސަލާގައި ޖުމްލަ ދެމީހުން ހައްޔަރުކޮށްފައިވޭ. އެއީ މާލެއިން މަސްތުވާތަކެތި ހިފައިގެން ދިޔަ ފ. ނިލަންދޫ، ނިރު، ޙަސަން ޢަބްދުالله (40އ) އާއި، ލަންކާގައި އެތަކެއްޗާއި ހަވާލުވާން ހުރި ހ. ޕާމޭރިއާ، މުޙައްމަދު ޝާފީ ބިން އަޙްމަދު (28އ).
46 ދުވަސް ކުރިން - 01:09
ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް، އިއްޔެ އަނެއްކާވެސް އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި.
53 ދުވަސް ކުރިން - 18:42
ހ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލް، މއ. ސެވަން އެންޑް ހައުސް، އަދި ހ.ކަނޑުފިނިގޭގައި ހިންގަމުން ގެންދިޔަ މަސްތުވާތަކެތީގެ އައްޑާތައް ކޯޓު އަމުރުގެ ދަށުން ފުލުހުން ވަނީ ބަންދުކޮށްފަ.
56 ދުވަސް ކުރިން - 14:14