Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
47 ދުވަސް ކުރިން - 18 ޖުލައި 2026 18:42
1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި އާމިނަތު ރޫނާ---
1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި އާމިނަތު ރޫނާ---
ޚުލާސާ

ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް، އިއްޔެ އަނެއްކާވެސް އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި.

ދިވެހިރާއްޖެއަށް 1.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ އާމިނަތު ރޫނާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައަކީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނާއި ހުޅުމާލެއިން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފަޅާ އަރުވާލި މައްސަލައެކެވެ. މި އޮޕަރޭޝަންގައި ރޫނާގެ އިތުރުން ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25އ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ރޫނާ ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް، އިއްޔެ އަނެއްކާވެސް އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ.

Advertisement

Advertisement 1

ފުލުހުންގެ ތަހުގީގާ ހަވާލާދީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ މުޅި މުއާމަލާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ރޫނާ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކު ގެނައި ލަގެޖެއްގެ ތެރެއިން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ތުހުމަތުކުރި އެވެ. މީގެ އިތުރުން، ރޫނާ ދިރިއުޅޭ ގެއިން ފެނުނު ލަގެޖެއްގައި ހުރި ތަކެއްޗާއި، ފުލުހުން ހިންގި 'ކޮންޓްރޯލް ޑެލިވަރީ' އޮޕަރޭޝަންގައި ބޭނުންކުރި ފޮށީގައި ހުރި ތަކެތި އެއްގޮތްކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި އަލްޔާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު، އޭނާއަކީ ކައިރިކައިރީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހެއްކަން އެނގެން އޮތް ކަމަށް ކޯޓުން ބުނެފައިވެ އެވެ. އަދި އޭނާގެ ފޯނުންވެސް މި މައްސަލައާ ގުޅުންހުރި މުހިންމު ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އަލްޔާއަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދާ މީހަކަށްވާތީ، އޭނާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.

މި ދެ މީހުންގެ މައްޗަށްވެސް ފުލުހުން ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެ ތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި ވިޔަފާރިކޮށް ޓްރެފިކް ކުރިކަމުގެ ސީރިއަސް ތުހުމަތުތަކެކެވެ. ފުލުހުން ފުރަތަމަ ލަފާކުރި ގޮތުގައި މި ތަކެތީގެ ބަރުދަނުގައި 1.820 ކިލޯގްރާމް ހުއްޓެވެ. ނަމަވެސް، ފަހުން ކުރި ތަހުގީގުން އެއީ 1.5 ކިލޯކަން ވަނީ ކަށަވަރުކޮށްފަ އެވެ.

ކޯޓުގައި ރޫނާގެ ފަރާތުން ދިފާއުގައި އެދިފައިވަނީ، ފުލުހުން އޭނާ ހައްޔަރުކުރި ވަގުތު ހަރަކާތްތެރިވި ފުލުހުންގެ ބޮޑީ ކެމެރާ ރެކޯޑިންތައް ހޯދައިދިނުމަށެވެ. ފުލުހުން މިހާރު ދަނީ މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

ކްރިމިނަލް ކޯޓުމޯލްޑިވްސް ޕޮލިސް ސަރވިސްމަސްތުވާތަކެތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

25 މިނެޓު ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

5 ގަޑިއިރު ކުރިން - 20:53

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

10 ގަޑިއިރު ކުރިން - 15:41

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

1 ދުވަސް ކުރިން - 14:41

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 12:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

1 ދުވަސް ކުރިން - 10:57