މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މާލެ ކޮމާޝަލް ހާބަރުން 2.2 ކިލޯގެ މެތްއެމްފެޓަމީން އަތުލައިގަނެފިއެވެ.
ކަސްޓަމުން ބުނީ އެ އިދާރާއިން އަތުލައިގަތީ 4.4 މިލިއަން ރުފިޔާއަށް އަރާ މަސްތުވާތަކެތި ކަމަށާއި، އެތަކެތި ފެނުނީ މުދާ އުފުލާ އުޅަނދެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.









